ރައީސް އިއްވި ރިޔާސީ ބަޔާނަކީ އޮއްޓަރެއް ނެތް ހާސަރެއް: ފައިސަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް “ހާސަރެއް” ކަމަށް ސިފަކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އާބާދީ ފަސްލައްކައަށްވުރެ މަތިވާނެކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ކޮންމެ މީހަކަށް 400 ޑޮލަރު ބަހަން ޖުމްލަ 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެއްވެސް ހިސާބަކުން ނުފެންނަ ކަމަށެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، މާލޭ ކައިރީގައި 150 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ހެދުމަށް މިހާރުގެ މާކެޓް އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވެއެވެ. އެހެންކަމުން 10 ރިސޯޓު ހަދަން 800 މިލިއަނެއްހައި ޑޮލަރު ބޭނުންވާނެ ކަމަށާއި، ސޯޝަލް ހައުސިންއަށް ވެސް ފައިސާ ނުހޯދިގެން އުޅޭ ދަނޑިވަޅެއްގައި ސަރުކާރުން މިފަދަ ބޮޑު އަދަދެއް ހޯދާނެ ގޮތެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، 500 ޑޮލަރަށް ކޮޓަރިއެއް ވިއްކައިގެން، 65 އިންސައްތަ އޮކިއުޕަންސީގައި ލިބޭނީ ގިނަވެގެން 17 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ކަމަށެވެ. އަދި ޓެކުހާއި މުސާރަ އަދި ހިންގުމުގެ ޚަރަދު ކަނޑާފައި ލޯނު ދެއްކުމަށް އެތައް އަހަރެއް ނަގާނެ ކަމަށާއި، ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން މިހާތަނަށް ލިބިފައިވަނީ ބޮޑެތި ގެއްލުންތައް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުތަކަށް ފާޑުވިދާޅުވަމުން ފައިސަލް ވަނީ ބިއްލޫރި ޓަނަލް އާއި، އައްޑޫ ބްރިޖާއި، ބަންކަރިން އަދި ޑިވެލޮޕްމަންޓް ބޭންކު ފަދަ މަޝްރޫއުތަކަށް ވީގޮތާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގައި ހަދާނެކަމަށް ވައުދުވެވަޑައިގެންނެވި އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ޚަބަރެއްނެތްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ،” ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަންވީ ކަމަކީ ބޭކާރު ޚަރަދުތައް ކުޑަކޮށް، ސިޔާސީ ވަޒީފާތައް އިތުރުކުރުން ހުއްޓާލައި، އިޤްތިޞާދު ރަނގަޅުކޮށް އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އުންމީދެއް ލިބޭ، ހަގީގީ ސިޔާސަތުތަކެއް ހާމަކުރާ އެއްޗަކަށް ވާންޖެހޭނެކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓު ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް, މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވަމުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުلله މައުސޫމް ވެސް ވަނީ، ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުމުން އެ ސިނާއަތް “ޚަރާބުވާނެ” ކަމަށާއި އެ ކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ވަންނަކަން އިއުލާނުކުރިއިރު، ފައިދާވާ ގޮތަށް ސަރުކާރު ކުންފުންޏެއް ވެސް ނުހިންގޭ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ބަދަލުކުރަނީ

20 ބިދޭސީންނަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ނެގުން ހުއްޓާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ މާރޗު މަހުން ފެށިގެން 20 ބިދޭސީންނަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން ކޯޓާ ފީ ނެގުން ހުއްޓާލުމަށް ބޭނުންވާ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

ހަމަމިއާއިއެކު މިވިޔަފާރިތައް ތަރައްޤީ ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި އިމްޕޯޓްކުރާ މުދާ އެއަރޕޯޓުން ކްލިއަރ ކުރުމަށް އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް އިތުރުކުރުމާއި، ޑެމަރޭޖް ފީ ނާރާ، މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް މިހާރު އިތުރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ކެފޭ، ރެސްޓޯރަންޓްތައް ރަޖިސްޓަރީ ކުރުމަށް ނަގަމުންދިޔަ ފީ ކުރިއަށް އޮތް 2 އަހަރު ދުވަހަށް ފަންސާސް އިންސައްތަ އަށް ކުޑަކޮށްފައިވާ ކަންވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ނެތުމުންކަން ފާހަގަކުރައްވާ، އެކަން ހައްލުކުރެއްވުމަށް ޕޭޕަލް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ އިސްލާމިކް ފައިނޭންސިންގ އުސޫލުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މިފަދަ ވިޔަފާރިތަކަށް އެހީވުމަށް “ތިޖާރާ ރަށު ފަތުރު” ތަޢާރަފްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް “ވެސަލް ފައިނޭންސިންގ” ގެ ނަމުގައި ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސިންގ ޕްރޮޑަކްޓެއް ތަޢާރަފް ކުރުމާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ފަސް ލައްކަ ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ފެސިލިޓީ އެއް ތަޢާރަފް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަތާރަހާސް ރުފިޔާ ގެ މުސާރާއާއިއެކު ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު!

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކަމާގުޅިގެން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ މި ފަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވާން ޖެހެނޭ ކަމަށާއި މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ.

މި ވަޒީފާގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުރުން ހިމެނެ އެވެ.

 

އަދި ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ 03 (ތިނެއް) އަހަރުދުވަސް ވެފައިވާ މީހަކު ކަމުގައި ވުން ހިމެނެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުމާޢި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްހަތާއި އަހުލާާގާއި ގާބިލުކަން ހުރި މީހަކު ކަމުގައި ވުމުގެ އިތުރުން ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

ފުލުހުން ވަނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 2026 ފެބްރުވަރީ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް އެދިފައެވެ.

މި ވަޒީފާއަށް ނަގާނީ 35 ފަރާތެވެ. އަދި މުސާރައަކީ 17,175.00 ރުފިޔާއެވެ.

ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ޒިންމާއެއް: ޚުތުބާ

ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް ހަރުދަނާކުރާއިރު، ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ކަމާބެހޭ އިދާރާތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!” މިއެވެ.

ޚުތުބާގައި ބުނެފައިވަނީ، ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތައް ބިނާކުރަންވާނީ އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމުގެ ބަދަލުގައި، އެ ކުދިންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ވަށައިޖެހޭ ތަޢުލީމަކަށް ވާންޖެހޭނެ ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.

މުދައްރިސުންގެ ދައުރާ ގުޅޭގޮތުން ޚުތުބާގައި ބުނީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށްދޭ މޭސްތިރިން ކަމަށެވެ. އެހެންކަމުން، ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް އެކަންކަން ފެއްތުމަކީ މުދައްރިސުންގެ ބޮޑު އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ބެލެނިވެރިންނަށް އިލްތިމާސްކުރަމުން ޚުތުބާގައި ބުނީ، ދަރިން މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެކުދިންނަށް ހިތްވަރުދީ، ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިވާ ގާތް އެކުވެރިއަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޚުތުބާގައި ބުނީ، އުނގެނުމުގެ މަގަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް ކަމަށެވެ. އެހެންކަމުން މުދައްރިސުންނަށް އިޙުތިރާމުކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޢަޒުމާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ގޮވައިލިއެވެ.

ޚުތުބާ ނިންމާލަމުން ބުނީ، އުންމަތް މިއަދު ބޭނުންވަނީ ދީނީ އަދި ދުންޔަވީ ޢިލްމަށް މާހިރު، އިޚުލާޞްތެރި، އަދި ޤައުމީ މަޞްލަޙަތު އިސްކުރާނެ ޖީލެއް ކަމަށެވެ. މިފަދަ ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ދެ އިންތިހާބު އެއްކޮށްލާ އިސްލާހާ ބެހޭގޮތުން ޕާޓީތަކާއި އީސީ އާއި އޭޖީއާ ކޮމިޓީން ބައްދަލުކުރަނީ

ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލާ ބެހޭގޮތުން، ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލް (އޭޖީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާ މަޝްވަރާ ކުރުމަށް އެ ބިލް ރިޔާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ތާއީދު ކުރި ހުށަހެޅުން ފާސްކޮށްގެންނެވެ.

ޝުޖާ ވިދާޅުވީ، ރާއްޖެ ހިނގަމުން ދަނީ މަލްޓި ޕާޓީ ސިސްޓަމްގެ ތެރެއިން ކަމަށްވެފައި ގާނޫނު އަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ކުރިއަށްދާ އިރު، އެ އިސްލާހާ ބެހޭގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އިންތިހާބުތައް ބޭއްވުމުގެ ގާނޫނީ ޒިންމާ އަދާކުރަނީ އީސީން ކަމަަށްވާތީ، އެ އިސްލާހުގައި ގާނޫނީ ގޮތުން ހުރި ކަންކަމާ މެދު އީސީއާ މަޝްވަރާ ކުރަން ބޭނުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ އިސްލާހާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ބަހެއް ހޯދުމަށާއި އީސީގެ އިތުރުން އޭޖީ އާ ވަކިވަކިން ކޮމިޓީން ބައްދަލުކުރަން ޝުޖާ ހުށަހެޅުއްވިއެވެ.

އެ ބައްދަލުވުންތައް ބާއްވަން ޝުޖާ ހުށަހެޅުއްވީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަސް ކަމަށްވާ، އަންނަ ހޯމަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ފެށީ، ރައްޔިތުންގެ މަޖިލިސް އަހަރީ ޗުއްޓީގައި އޮއްވައި، މިމަހުގެ ފަސް ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގް ހާއްސަ ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހުއެވެ.

ބިލް ހުށަހެޅި ދުވަހު އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބިލް ބަލައިގަނެ، އިސްލާހު ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.

އެ ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ހުޅުވައިލީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށަން ވާއިރަށް ކޮމިޓީން ބިލްގެ މަސައްކަތް ނިންމުމަށް ޓާގެޓް ކޮށްގެން ކޮމިޓީގެ މިއަދުގެ ބައްދަލުވުން ބޭއްވީ ވެސް ޗުއްޓީގައި އޮވެއެވެ.

މި ބިލްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ބައި ކިލޯ ޑުރަގާއެކު ހައްޔަރުކުރި ޢަމްރުގެ ބަންދަށް 5 ދުވަސް

ބައި ކިލޯ ޑުރަގާއެކު ހައްޔަރުކުރި ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް އަމްރު ތައުފީގު (22އ)ގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހައިފިއެވެ.

ޢަމްރު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަމްރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ދަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރަމުންނެވެ.

ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް ފެނިއްޖެ

ކުޅުދުއްފުށި ސިޓީ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުުހުން ބުނީ ހދ.ކުޅުދުއްފުށި، ކުރިގަމުގެ، އަޙްމަދު އިރުޝާދު (42އ)، 2026 ޖެނުއަރީ 25 ވަނަ ދުވަހުގެ ހެނދުނު، ގޭގައި މަރުވެފައި އޮއްވައިނފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަަމަށެވެ

އަޙްމަދު އިރުޝާދުގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިތުރު ތަފްސީލު އަންނަނީ . . . .

ދ.މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ފޯނެއް ގެންދަން އުޅުމުން، އެކަމަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައެވެ. މި މަސައްކަތަށް ހުރަސްއެޅުމާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މީދޫގެ ބައެއް ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް، ފުލުހުން ބުނެފައިވަނީ މިހާރު ހައްޔަރުކޮށްފައިވަނީ އެންމެ މީހެއް ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ ގެވެށި އަނިޔާގެ މައްސަލައާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

އިޒުރޭލުގެ ދަނޑުވެރިކަން އިނދަޖެހެނީ

އިޒުރޭލުގެ ދަނޑުތަކުގައި ހައްދާ މޭވާތައް، ގަންނާނެ ބަޔަކުނުވެ، މޭވާތައް ކުނިވާން ފަށައިފިއެވެ. އިޒުރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ވިލާތުގެ ޤައުމުތަކުން އިޒުރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ސަބަބުން، އިޒުރޭލުގެ ދަނޑުވެރިކަމުގެ ސިނާޢަތް އެއްކޮށް ފުނޑުފުނޑުވުމުގެ ބިރު އުފެދިއްޖެއެވެ.

މޭވާ ހައްދާ އިޒުރޭލުގެ ކުންފުނިތަކުގެ، ޚާއްޞަކޮށް އަނބާއި، އޮރެންޖު ހައްދާ ފަރާތްތަކުގެ، އެކްސްޕޯޓް ދަށްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި، އިޒުރޭލާއި ދެކޮޅަށް ކުރިއަށް ގެންދާ ބޮއިކޮޓް ޙަރަކާތް ނުހުއްޓި ކުރިއަށްދާ ނަމަ، އިޒުރޭލުގެ ދަނޑުވެރިކަމުގެ ޞިނާޢަތު އެއްކޮށް ނެތިގެން ހިނގައިދާނެއެވެ.

އިޒުރޭލުގެ ޤައުމީ ޓީވީ ޗެނެލް ކާން 11 އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޣައްޒާގެ ހަނގުރާމައާ ގުޅިގެން ވިލާތުގެ ޤައުމުތަކުން ގިނަ ޢަދަދެއްގެ އޯޑަރުތައް ކެންސަލްކުރުމާއި، އަދި ކަމޭދުން ނުވަތަ ކަސްޓަމަރުން ހިންގާ ބޮއިކޮޓް ޙަރަކާތުގެ ސަބަބުން، އިޒުރޭލުގެ ދަނޑުތަކާއި، ގުދަންތަކުގައި ހުރި އެތައް ޓަނެއްގެ މޭވާ ވަނީ ކުނިވެ ހަލާކުވެފައެވެ.

ގެލިލީގައި އަނބު ހައްދާ، އިޒުރޭލުގެ ދަނޑުވެރިން ބުނާ ގޮތުގައި، އަނބުގެ ވިޔަފާރިކުރާ ވިލާތުގެ ގިނަ ކުންފުނިތަކުން، އިޒުރޭލުގެ އަނބުގެ ބަދަލުގައި، އެހެން ޤައުމުތަކުގެ އަނބު އިމްޕޯރޓްކުރަން ވަނީ ފަށާފައެވެ. ވިލާތުގެ ގިނަ ކަމޭދުން މިހާރު ބުނަނީ “އެމީހުން އިޒުރޭލުގެ އަނބު ބޭނުން ނުވާ” ކަމަށެވެ.

އިޒުރޭލުގެ “ސިޓްރަސް ގްރޯވަރސް އެސޯސިއޭޝަންގެ” ސެކްރެޓަރީ ޖެނެރަލް ޑެނިއަލް ކްލަސްކީ ފާހަގަކުރި ގޮތުގައި، ޣައްޒާގެ ހަމަނުޖެހުމާއި ގުޅިގެން ސްކެންޑިނޭވިއަން ޤައުމުތަކަށް އެކްސްޕޯޓްކުރުން ވަނީ މުޅިން ހުއްޓިފައެވެ. “ހަނގުރާމައިގެ ކުރިން އަހުރެމެން އެކްސްޕޯޓް ކުރިން؛ އެކަމަކު، އޭގެ ފަހުން އެންމެ ކޮންޓެއިނަރެއްވެސް އެކްސްޕޯޓެއް ނުކުރެވޭ.”

އިޒުރޭލުގެ މޭވާ ބަގީޗާއެއްގެ މެނޭޖަރެއް ކަމަށްވާ ނިޓްޒާން ވައިސްބަރގް ކިޔައިދިން ގޮތުގައި، އިޒުރޭލުގެ މޭވާގެ ފެންވަރު ކިތަންމެ ރަނގަޅު ނަމަވެސް “ވިލާތުގެ ޤައުމުތަކުގައި، އިޒުރޭލުގެ މޭވާ ގަންނަން ކަމޭދުން ދަނީ ދެކޮޅު ހަދަމުންނެވެ.” އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ ގެއްލުން ބޮޑުވެ، ދަނޑުވެރިކަމުގެ މަސައްކަތަށް މިވަނީ އެއްކޮށް ހުއްޓާލަން ޖެހިފައެވެ.

އިޒުރޭލުގެ ދަނޑުވެރިކަމުގެ ޙާލަތު މިހާ ގޯސްވެފައިވަނީ ޣައްޒާ އާއި، ހުޅަނގު އައްސޭރީގެ ބާޒާރުތައްވެސް ބަންދުވުމުގެ ސަބަބުންނެވެ. ހަނގުރާމައިގެ ކުރިން، އެ ބާޒާރުތަކުންވެސް، އިޒުރޭލުގެ އުފެއްދުމުގެ ބޮޑު ބައެއް ނަގަމުން ގޮސްފައިވެއެވެ. ބެލްޖިއަމް، އަޔަރލޭންޑް، އަދި އިނގިރޭސިވިލާތުގެ ސްޕަރމާކެޓް ޗެއިންތަކުން ވަނީ ބޮއިކޮޓުގެ ސަބަބުން، އިޒުރޭލުގައި އުފައްދާ ތަކެތި ގަތުން މަދުކޮށް، ނުވަތަ ގަތުން ހުއްޓާލާފައެވެ. ސަރުކާރުގެ އެހީތެރިކަން ނުލިބިއްޖެނަމަ، އެ ދާއިރާ އިނދަޖެހި، ދުރު ސަރަޙައްދުތަކުގައި ދިރިއުޅޭ އިޒުރޭލުގެ އެތައް ސަތޭކަ ޢާއިލާއަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް “ފުރޫޓް ގްރޯވަރސް އެސޯސިއޭޝަނުން” ވަނީ އިންޒާރު ދީފައެވެ.

މި ކާރިސާއިން ދައްކުވައިދެނީ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ނަސްލުހޭދައިގެ ޖަރީމާގެ ދިގުދެމިގެންދާ އިޤުތިޞާދީ އަސަރުތަކެވެ.

އިލެކެޝަން ކޮމިޝަން ޕޯޓަލްގެ އެކްސެސް ޕީއެންސީއަށް އެބައޮތް: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލަށް ވަދެ، މައުލޫމާތުތައް ބެލުމުގެ ބާރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވީ، އީސީގެ ތެރޭގައި ކައުންސިލް އިންތިޚާބާ ގުޅޭ ބައެއް ކަންކަން ހިނގާކަން ޔަގީންވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އީފާސް މެދުވެރިކޮށް ތާއިދުކުރުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ލިބޭ ކަމަށެވެ. އެއީ، ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

  • އިލެކްޝަންގެ ޕޯޓަލްއަށް އެކްސެސް އެބައޮތޭ ޕީއެންސީއަށް. އެކަން އަޅުގަނޑުމެނަށް ޔަގީން އެބަކުރެވޭ ބައެއް ކެންޑިޑޭޓުންނާއި އާންމުން އެ ވާހަކަ ހިއްސާކުރާތީ، އެމްޑީޕީގެ ގައުމީ މަޖްލިސް މެމްބަރު ހުސެއިން ހަސަން ވިދާޅުވިއެވެ.

އެ ފަދަ ކަމެއް ދައްކަވައި، ހުސައިން ވިދާޅުވީ، ތ. ވިލުފުއްޓަށް ކުރިމަތިލި އަމިއްލަ ކެންޑިޑޭޓަކަށް ތާއިދުކުރި ބައެއް މީހުންގެ މައުލޫމާތު ޕީއެންސީއަށް ލިބިފައި އެބަހުރި ކަމަށެވެ.

އެ މައުލޫމާތުތައް އިދާރާތަކަށް ހުށަހަޅަން ޖެހޭ އިދާރާތަކަށް ޝަކުވާ ހުށަހަޅާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ކަމުން ފެންނަނީ، ޕީއެންސީއަށް އީސީން ކަންކަން ފަހިކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔަ އޮފީހުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ބޭއްވި ބައްދަލުވުމުގެ ނަތީޖާ. ސިއްރު ބައްދަލުވުންތައް ބާއްވައިގެން މި އިންތިޚާބުގައި އަނެއްކާ ވެސް މި ވަނީ ނަހަމަ ކަންތައްތަކެއް ހިންގަން ފަށާފައި، އެމްޑީޕީގެ ގައުމީ މަޖްލިސް މެމްބަރު ހުސެއިން ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިއްރު ބައްދަލުވުންތައް ބާއްވައިގެން ވަކި މައުލޫމާތުތަކެއް ޕީއެންސީއަށް ދީގެން، އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އީސީން މަސައްކަތް ކުރާނަމަ، އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. ޕާޓީގެ ކެންޑިޑޭޓުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަން އެ ޕާޓީން ފާހަގަކުރިއެވެ.

އެމްޑީޕީން އެ ފަދައިން ތުހުމަތުކުރިއިރު، އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިންތިޚާބުތަކުގައި ވާދަކުރަން ހުށަހަޅަން ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ.

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު ފިޓް ޖެހުމުގެ ސަބަބުން މަރުވެއްޖެއެވެ.

އެމްޕީއެލުން މިއަދު ބުނީ ފިޓް ޖެހުމުގެ ސަބަބުން މަރުވެފައިވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު ފިޓް ޖެހިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

މަރުވެފައިވަނީ ފްލީޓް ސާވިސް ޑިޕާޓްމެންޓުގެ މެރިން ކްރާފްޓުގެ ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގައިހުރި އަމީން އަބްދުލްހަމީދު (30އ) ކަމަށް އެމްޕީއެލުން ބުންޏެވެ.

“ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލެ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތް ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، މި ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ އެމެޖެންސީ ރެސްޕޮންސް ޓީމުންވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑުވެ، އެމްބިއުލާންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަމީން ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ” އެމްޕީއެލުން ބުންޏެވެ.

އަމީން، އެމްޕީއެލްގައި މަސައްކަތް ކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައިކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލް ގެ ސީއީއޯ ރިޝްވާންއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ކޮރަޕްޝަންގެ މައްސަލައެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިހާރުގެ ސީއީއޯ، އަދި ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފިއެވެ.

ޑިއުޓީ ޕްރޮސެކިއުޝަނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ކުރިން ކުރިއަށް ގެންދާ މަރުހަލާއެވެ.

މިކަމާ ގުޅިގެން އޭސީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން އެ ކޮމިޝަނުން ބަހެއް ނުބުނި ނަމަވެސް، ރިޝްވާންގެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް އަންގާރަ ދުވަހު ލިބިފައިވާކަން ކަށަވަރުކޮށްދީ ‘ސަން’އިން ސުވާލުކުރުމުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އޭސީސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް ކަމަށެވެ.

އެކަމަކު، އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަކުން ނުދެއެވެ.

ރިޝްވާން އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވީ ޔާމީންގެ ވެރިކަމުގެ ފަހުކޮޅެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގެ އިސް މަގާމެއް ފުރުއްވުމަށް ފަހު، އެމްޕީއެލްގެ ސީއީއޯ ކަމާ ހަވާލުވީ މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅެވެ.

މީގެ އިތުރުން ރިޝްވާނަކީ މީގެ ކުރިން ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެެއް ވެސް މެއެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަށް ފަހު، އޭނާ ރިޓަޔާކުރެއްވީ 2012ވަނަ އަހަރެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމަށްވާ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާ މައްސަލައިގައި އެ ދެ ކުންފުންޏާއި، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ޑރ. އިކުލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް އަންގާރަ ދުވަހު ހުށަހަޅައިފައެވެ.