Advertisement

އެމްޕީއެލް ގެ ސީއީއޯ ރިޝްވާންއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ކޮރަޕްޝަންގެ މައްސަލައެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިހާރުގެ ސީއީއޯ، އަދި ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފިއެވެ.

ޑިއުޓީ ޕްރޮސެކިއުޝަނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ކުރިން ކުރިއަށް ގެންދާ މަރުހަލާއެވެ.

Advertisement

މިކަމާ ގުޅިގެން އޭސީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން އެ ކޮމިޝަނުން ބަހެއް ނުބުނި ނަމަވެސް، ރިޝްވާންގެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް އަންގާރަ ދުވަހު ލިބިފައިވާކަން ކަށަވަރުކޮށްދީ ‘ސަން’އިން ސުވާލުކުރުމުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އޭސީސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް ކަމަށެވެ.

އެކަމަކު، އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަކުން ނުދެއެވެ.

ރިޝްވާން އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވީ ޔާމީންގެ ވެރިކަމުގެ ފަހުކޮޅެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގެ އިސް މަގާމެއް ފުރުއްވުމަށް ފަހު، އެމްޕީއެލްގެ ސީއީއޯ ކަމާ ހަވާލުވީ މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅެވެ.

މީގެ އިތުރުން ރިޝްވާނަކީ މީގެ ކުރިން ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެެއް ވެސް މެއެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަށް ފަހު، އޭނާ ރިޓަޔާކުރެއްވީ 2012ވަނަ އަހަރެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމަށްވާ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާ މައްސަލައިގައި އެ ދެ ކުންފުންޏާއި، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ޑރ. އިކުލީލް ޝަރީފާއި ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް އަންގާރަ ދުވަހު ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް