ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކަމާގުޅިގެން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ މި ފަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވާން ޖެހެނޭ ކަމަށާއި މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ.
މި ވަޒީފާގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުރުން ހިމެނެ އެވެ.
އަދި ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ 03 (ތިނެއް) އަހަރުދުވަސް ވެފައިވާ މީހަކު ކަމުގައި ވުން ހިމެނެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުމާޢި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްހަތާއި އަހުލާާގާއި ގާބިލުކަން ހުރި މީހަކު ކަމުގައި ވުމުގެ އިތުރުން ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
ފުލުހުން ވަނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 2026 ފެބްރުވަރީ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް އެދިފައެވެ.
މި ވަޒީފާއަށް ނަގާނީ 35 ފަރާތެވެ. އަދި މުސާރައަކީ 17,175.00 ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު