Advertisement

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ކަންބޮޑުވާ ދަރަޖައެއްގައި ހުރި ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނީ 2025 ވަނަ އަހަރު އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ޖުމުލަ 34 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އޭގެ އިތުރުން އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

Advertisement

އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި އިސްރަށްވެހިންނަށް ކުރާ އަނިޔާގެ ތެރޭގައި ޖިސްމާނީ ނަފްސާނީ މާލީ އަދި ޖިންސީ އަނިޔާގެ އިތުރުން އިހުމާލުވުމާއި ބާކީކޮށްލުން ހިމެނެއެވެ.

އެ ވުޒާރާއިން ބުނީ މިފަދަ ގިނަ މައްސަލަތައް މުޖުތަމަޢަށް ސިއްރުވެފައި އޮތުމަކީ މި ކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޤާނޫނީ ރައްކާތެރިކަން ވަރުގަދަކުރުމާއި މައްސަލަ ރިޕޯޓުކުރެވޭނެ ފަސޭހަ ނިޒާމުތައް ޤާއިމުކުރުމާއި އަޅާލާ މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް ފަންނީ ތަމްރީނު ދިނުމުގެ މުހިންމުކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ

ދިގު އިންތިޒާރެއްގެ ނިމުން، ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފި