Advertisement

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

މި އަހަރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތްވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހޮނިހިރު ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން، ރާއްޖެއަށް މި އަހަރުތެރޭ ވަނީ 994,901 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއް މިލިއަން ހަމަކުރުމަށް މިހާރު ބޭނުންވަނީ 5,099 ފަތުރުވެރިން ކަމަށްވާއިރު، ރާއްޖެއަށް ދުވާލަކަށް އެވަރެޖުކޮށް 6,066 ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުގައިވެއެވެ.

Advertisement

މިދިޔަ އަހަރެކޭ އެއްގޮތަށް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމުތަކުގެ ނަންބަރުތަކަށް ބަލާއިރު:

  • ޗައިނާ: 153,790 ފަތުރުވެރިން
  • ރަޝިއާ: 136,495 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 82,850 ފަތުރުވެރިން
  • އިޓަލީ: 70,888 ފަތުރުވެރިން
  • ޖަރުމަނު: 64,075 ފަތުރުވެރިން
  • އިންޑިއާ: 57,184 ފަތުރުވެރިން

ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 694,411 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 231,189 މީހުން ގެސްޓްހައުސްތަކަށް ދިޔައިރު، ހޮޓެލްތަކާއި ޓޫރިސްޓު އުޅަނދުތަކުގައި 40،000އަށް ވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރަށް ވުރެ 4.9 ޕަސެންޓް މަދު އަދަދެކެވެ.

މި ދުވަސްވަރަކީ ފަތުރުވެރިން ރާއްޖެއަށް މަދުން އަންނަ ދުވަސްވަރެވެ. މީގެ އިތުރުން، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. އޭގެ ސަބަބުން ސިނާއަތަށް ގެއްލުންވެ، ގައުމަށް ޑޮލަރު ލިބޭ މިންވަރު ވެސް އަންނަނީ މަތިވަމުންނެވެ.

އެ ހަނގުރާމައިގެ ސަބަބުން، މިދިޔަ މާރިޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އޭޕްރިލް މަހު ވެސް ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވިއިރު، މިދިޔަ މެއި މަހު 1.7 ޕަސެންޓްގެ ކުޑަ އިތުރުވުމެއް ފެނިފައިވެއެވެ.

އެހެންނަމަވެސް، މި މަހުގެ އެކަކުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 ޕަސެންޓްގެ ދަށްވުމެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދިވެހި ވިޔަފާރިތަކުގެ މައުލޫމާތު ހިމަނައިގެން ހަދައިފައިވާ ސާވޭއަކުން ދެއްކި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ވަނީ، މި ހިނގަމުންދާ ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިއެރުން މަޑުޖެހޭނެ ކަމަށް ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ

ދިގު އިންތިޒާރެއްގެ ނިމުން، ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފި