ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން ނިންމައިފި

މަސްލަހަތު ގޯސްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޔަމަނުގެ ލީޑަރު ވަނީ ޔޫ.އޭ.އީ އާއެކު ވެފައިވާ ދިފާއީ އެއްބަސްވުން ބާތިލުކުރިކަން އިއުލާނުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫ.އޭ.އީގެ އެހީތެރިކަން މިހާރު އޮތީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށެވެ. އެހެންކަމުން 24 ގަޑިއިރުގެ ތެރޭގައި އެގައުމުގެ ހުރިހާ ސިފައިން ޔަމަނުން ފޭބުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އަލް-އަލީމީ ވަނީ ޔަމަނަށް ވަދެ ނުކުމެވޭ ހުރިހާ މަގުތަކެއް (ވައިގެ، އެއްގަމު އަދި ކަނޑުގެ) 72 ގަޑިއިރަށް ބަންދުކޮށް، 90 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ. އަދި މި މުއްދަތު އިތުރުކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަމަނުގެ މުކައްލާ ބަނދަރަށް ބޭލި ހަތިޔާރުގެ ޝިޕްމަންޓަކަށް ސައުދީ އިސްވެ ހަރަކާތްތެރިވާ ކޯލިޝަނުން ހަމަލާދިނުމާ ގުޅިގެން، 24 ގަޑިއިރުގެ ތެރޭގައި އެމިރޭޓްސްގެ ސިފައިން އެ ގައުމުން ފޭބުމަށް ޔަމަނުގެ ރިޔާސީ މަޖިލީހުން ކުރި ޑިމާންޑަށް ސައުދީ އަރަބިއްޔާއިން ވަނީ ތާއީދުކޮށްފައެވެ. ސައުދީން ބުނާ ގޮތުގައި އެ ހަތިޔާރުތަކަކީ އެމިރޭޓްސްގެ ތާއީދާއެކު ޔަމަނުން ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތަކަށް ފޮނުވި ތަކެއްޗެވެ.

ސައުދީ ޚާރިޖިއްޔާ އިން ތުހުމަތުކުރާ ގޮތުގައި، ޔަމަނުގެ އިރުމަތީގެ ޕްރޮވިންސްތައް ކަމަށްވާ ޙަޟްރަމައުތާއި އަލް-މަހްރާގައި މިފަހަކުން ދިން ހަމަލާތަކަކީ، ދެކުނު ޔަމަނުގެ މިނިވަންކަމަށް މަސައްކަތްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލަށް (އެސް.ޓީ.ސީ) އެމިރޭޓްސް އިން ބާރުއަޅައިގެން ދީފައިވާ ހަމަލާތަކެކެވެ. މިއީ އިންތިހާ އަށް ނުރައްކާތެރި އަމަލުތަކެއް ކަމަށް ސިފަކޮށް، މިފަދަ ކަންކަމާ ކުރިމަތިލުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފައެވެ.

މިކަމާ ގުޅިގެން އެމިރޭޓްސްގެ ޚާރިޖިއްޔާ އިން ވަނީ އެ ޝިޕްމަންޓުގައި ހަތިޔާރު ހުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި ސައުދީގެ ބަޔާނާ ގުޅިގެން ނުހަނު ބޮޑަށް ހިތާމަކުރާ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.

އަރަބި ކޯލިޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި، އެމިރޭޓްސް އިން ޔަމަނުގެ ދެކުނުގެ ބަނދަރެއް ކަމަށްވާ މުކައްލާ އަށް އެތެރެކުރި ޝިޕްމަންޓްގެ ކޮންޓޭނަރުތަކުގައި ހުރީ ހަތިޔާރާއި ގޮވާތަކެތީގެ ވަސީލަތްތަކެވެ. ކޯލިޝަނުން މި ބަޔާން ނެރެފައި ވަނީ، އެ ޝިޕްމަންޓުގައި ހަތިޔާރު ނުހުންނާނެ ކަމަށާއި އެއީ އެމިރޭޓްސްގެ ސިފައިންނަށް ހާއްސަކޮށްގެން ގެނައި ތަކެތި ކަމަށް ބުނެ އެމިރޭޓްސް އިން ކުރިން ނެރުނު ބަޔާނަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އާއަހަރު ފާހަގަކުރުމަށް ސޮނާކްޝީ ސިންހާ ރާއްޖެ

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މި އަހަރު ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.

ސޮނާކްޝީ އާއި އިގްބާލް މިދިޔަ ހޯމަ ދުވަހު ރާއްޖެ އައީ އާ އަހަރު ފާހަގަކުރުމަށެވެ. މި ފަހަރު އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ސޯ މޯލްޑިވްސް ރިސޯޓުގަ އެވެ.

ދަތުރުގެ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާކޮށްފަ އެވެ.

ސޮނާކްޝީ އާއި އިގްބާލް ވަނީ މިދިޔަ މެއި މަހު ވެސް ރާއްޖެ އަށް އައިސްފަ އެވެ. ދެ ދުވަހުގެ އެ ކުރު ދަތުރުގެ ވީލޮގް ވެސް ސޮނާކްޝީގެ ޔޫޓިއުބްގައި މިދިޔަ ޖޫން މަހު ހިއްސާކުރި އެވެ.

އެ ދެމަފިރިންގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސް އެ މީހުން އެ ފަހަރު ތިބީ މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓުގަ އެވެ.

އެ ވުލޮގުގައި ސޮނާކްޝީ ބުނީ ރާއްޖޭގެ ނޫ ކަނޑު ފެނުމާ އެކު، އޭނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އޭނާގެ އަމިއްލަ ގެއަށް ކަމަށް އޭނާ ބުންޏެވެ.

ސޮނާކްޝީއަކީ ވަރަށް ގިނައިން ޗުއްޓީއަށް ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ރޭގެ ފަތިހު އަވަހާރަވެއްޖެ އެވެ.

ހާލިދާ ޒިއާގެ ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުފުޅުން 80 އަހަރުގެ ހާލިދާ ޒިޔާ، ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.

ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.

އޭރު އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެންނެވެ. ނަމަވެސް، ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.

ބަންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ލައިފަ އެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކުރި އެވެ.

ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.

ސިއްހީ ހާލުކޮޅު ގޯސް ނަމަވެސް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ހާލިދާ ޒިއާ އޭރު ވަނީ ވިދާޅުވެފަ އެވެ.

ލޫޓުވައިފި މުޒާހަރާ އަންނަ އަހަރު ބާއްވަނީ

މިއަހަރުގެ ނޮވެންބަރު 17 ގައި ބާއްވަން އުޅުނު ބޮޑު މުޒަަހަރާ ކެންސަލް ނުކުރާ ކަމަށާއި އެ މުޒަަހަރާ މި ފެށޭ އަހަރު ބާއްވާނެ ކަން އެމްޑީޕީއިން އިއުލާން ކޮށްފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، އޭރު މުޒާހަރާ ފަސް ކުރީ ކަމަށާއި ނަމަވެސް ކެންސަލް ނުކުރާ ކަމަށެވެ.

“އިރާދަ ކުރެެއްވިޔާ މި ފެށޭ އަހަރު މުޒާހަރާ އޮންނާނެ.” މާޓޭ ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު “ލޫޓުވައިފި” ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.

އެމްޑީޕީން ބޭއްވި އެމުޒާހަރާގައި ފަސް ޑިމާންޑެއް ސަރުކާރަށް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމާއި ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓުވުމާއި، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުން އަދި ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުން ހިމެނެއެވެ.

އަދި އާސަންދަ އާއި ބޭސްފަރުވާ، ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 އާއި ހަމައަށް އޮތްގޮތަށް ދިވެހިންނަށް ލިބެމުން އައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުމަށް ވެސް ސަރުކާރަށް ޑިމާންޑްކޮށްފައިވެއެވެ.

ފްލެޓުތަކަށް އެދޭ ފަރާތްތަކަށް ލިބޭނީ ކިތައް ކޮޓަރީގެ ފްލެޓެއްތޯ ނިންމާނީ މިނިސްޓްރީން

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދޫކުރާ ފްލެޓުތަކަށް އެދޭ ފަރާތްތަކަށް ލިބޭނީ ކިތައް ކޮޓަރީގެ ފްލެޓެއްތޯ ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް، މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި ބުނެފިއެވެ.

ހައުސިން މިނިސްްޓްރީން މިއަދު އާންމުކުރި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގައި ބުނީ އެޕްލިކޭޝަން ހުށަހަޅާއިރު ދޭއް ނުވަތަ ތިން ކޮޓަރީގެ ފްލެޓުގެ ތެރެއިން ބޭނުންވަނީ ކިތައް ކޮޓަރީގެ ފްލެޓެއް ކަން ބަޔާންކުރުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ ކަމަށެވެ.

މިފަހަރުގެ އުސޫލު އެކުލަވާލާފައިވަނީ މާލޭގައި ދިރިއުޅޭތާ ގިނަ އަހަރުވީ މީހުންނަށް ޕޮއިންޓް ގިނަވާނެ ގޮތަށެވެ. އަދި ދެ ޖިންސުގެ ދަރިން ތިބި ނަމަ ޕޮއިންޓް ދިނުމުގައި ވެސް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. މި ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލެވޭނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ، އެ ފަރާތަކަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 7،500 ފްލެޓު އަޅަން ވަނީ ނިންމައިފަ އެވެ.

ފްލެޓަށް އެދޭ މީހުންގެ އަސާސީ ޝަރުތުތަކުގައި ހިމެނެނީ:

  • ދިވެއްސަކަށް ވުން
  • އުމުރުން 18 އަހަރު ވެފައިވުން.
  • 400 އަކަ ފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން.
  • ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން، ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން.
  • ސަރުކާރުން ކުރިން ހިންގާފައިވާ ސްކީމަކުން ބޯހިޔާވަހިކަމެއް ތިމާއަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ލިބިފައި ނެތުން.

މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓް ދޭނެ ދެ މޮޑެލްއެއް ވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް”ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.

މޮޑެލް 1: އެފޯޑެބަލް ހޯމް އޯނާޝިޕް މޮޑެލް

މިއީ ޑިވެލޮޕަރުންނާއި އިންވެސްޓަރުން ފައިނޭންސް ކޮށްގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލްއެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަށް ޝަރުތު ހަމަވާ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ މީހުންނެވެ.

މޮޑެލް 2: ރެންޓު-ޓު-އޯން މޮޑެލް

މިއީ، ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ. މި މޮޑެލްގެ ދަށުން ފްލެޓް ލިބޭނެ މީހުންނަކީ މަހަކު 60،000 އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންނެވެ.

މި ސަރުކާރުގެ ހައުސިން ސްކީމް، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ އިއުލާންކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، 7،500 ފްލެޓް ދޭނީ “ރެންޓު-ޓު-އޯން މޮޑެލް”ގެ ދަށުންނެވެ.

ސަރުކާރުން މިހާރު ވަނީ މި ސްކީމްގެ ދަށުން ގޯތި ދިނުމަށް 3،000 ފްލެޓް އަޅަން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ 1 އާއި 2 އަދި ވިލިމާލެއިން ބިން ހަމަޖައްސައި ދީފައެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް މިއަދު ކުރި އިއުލާނުގައިވެއެވެ.

ރައީސްގެ މަގާމަށް ވާދަކުރުމުގެ ޝަރުތުތައް

  • މުސްލިމަކު ކަމުގައިވުން
  • ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
  • ޕާޓީގެ މެންބަރެއް ކަމުގައިވުން
  • މީލާދީ ސަނަތުން 30 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
  • ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ހިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަހުލާގީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުސޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން
  • ސަނަދުގެ ފެންވަރު ބެލުމާ ބެހޭ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވާސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން ތިން އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެ މަގާމަށް އެންމެ މީހަކު ކުރިމަތިލި ކަމުގައިވީ ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާނަމަ ޖެނުއަރީ 31 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށެވެ.

ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖެނުއަރީ 8 ގެ 16:00 އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގައި މިހާރު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އެވެ.

ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނީ އެންމެ 282 މިލިއަން ރުފިޔާ

މި ސަރުކާރުން ފެށި ބަންކަރިންގ ޚިދުމަތުން މިހާރު 282 މިލިއަން ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ސެޕްޓެމްބަރު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތްފެށި ހިސާބުން މިހާ ހިސާބަށް 282،105،591 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ޚިދުމަތުގެ ސަބަބުން ޓެކުހުގެ ގޮތުގައި މިހާތަނަށް 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ދެއްވި ސަޢީދު ވިދާޅުވީ، ބަންކަރިން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ 76 އިންސައްތައަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ޚިދުމަތް ދޭ އުޅަނދުފަހަރު ކަމަށެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، ބަންކަރިންގ ޚިދުމަތުން ލިބުނު އާމްދަނީގެ ބޮޑު އިންސައްތަ އަކީ، ލޯ ސަލްފާ ފިޔުލް ކަމަށާއި އެއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކުރަމުންދާއިރު، އެންމެ ގިނައިން ޚިދުމަތް ދެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެ ޚިދުމަތުގެ ތަފާސް ހިސާބު ދައްކާގޮތުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ.

25ވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީގައި ފަށައިފި

25 ވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފަށައިފިއެވެ.

މި ކޭމްޕް އިފުތިތާހުކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.

 

މިރަސްމިއްޔާތުގައި ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު މަޢުމޫރެވެ. މީގެ އިތުރުން، ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު އަބޫބަކުރެވެ.

2025 ޑިސެންބަރު 27އިން ފެށިގެން 2026 ޖަނަވަރީ 8ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުންނެވެ.

މި ކޭމްޕަކީ، އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ރާވާ އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގައި ހިމެނޭ ސްކޫލް ކެޑޭޓް ކޯރތަކުން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް ހިންގޭ ކޭމްޕެކެވެ. މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ.

މި ކޭމްޕުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ވެޕަން ޓްރެއިނިންގ އެންޑް ޝޫޓްސް، ބޭސިކް ފީލްޑް ކްރާފްޓް، ކޮމްބެޓިވްސް، ލީޑަރޝިޕް، ބޭސިކް ފަޔަރފައިޓިންގ، މެރިޓައިމް ސްޓަޑީޒް، ބޭސިކް ފީލްޑް ފަސްޓްއެއިޑް، އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ބައިތައް ހިމެނެއެވެ.

ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމެވެ.

ދެއަހަރަށް ފަހު ދަނގަޑޭ ގަލޮޅު ދަނޑަށް އެނބުރި އައި މެޗުގައި ނިއު ރޭޑިއަންޓު މޮޅުވެއްޖެ

2 އަހަރާ 8 މަސްފަހުން ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ޢަލީ އަޝްފާޤު ނިކުމެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ދިރާގު ދިވެހިލީގުގައި ނިއުރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ 80 ވަނަ މިނެޓް ތެރޭގައި ޢަޝްފާޤު ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއް ގޮތުގައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެންމެ ފަހުން ކުޅުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. 2023 ވަނަ އަހަރު އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ދިވެހިލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި އީގަލްސް ކުޅުނު މެޗަށް ފަހު ދަގަނޑޭ ފުރަތަމަ ޑިވިޝަނުގެ މެޗަކުން ފެނިފައިނުވެއެވެ. މިއަހަރު ސީޒަނަށް ނިއުރޭޑިއަންޓް ވަރުގަދަކުރުމުގެ ގޮތުން މީގެ ހަމަސް ކުރިން ނިއުއާ ގުޅުނު ދަގަނޑޭ ފުރަތަމަކޮޅު ފެނުނީ ބެންޗުންނެވެ. ނަމަވެސް އޭގެ ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކޮށްގެން ކުޅުމާ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފެށީ މި ޑިސެމްބަރ މަހުއެވެ.

ފޮޓޯ – ސިޑިބަރި

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން 3 ލަނޑު 0 ލަނޑުން ބުރު ބަލިކޮށް ނިއު ވަނީ 23 ޕޮއިންޓާއެކު ތިން ވަނަޔަށް ޖެހިލާފައެވެ. މި މެޗުގައި ނިއު ޓީމުން ބަދަލުތަކެއް ފެނުނެވެ. އެގޮތުން މި ޓްރާންސްފަރ ނިއު އާ ގުޅުނު ނައިޖީރިޔާގެ އަލްހާޖީ ޖެރޮ އާއި ގޯލް ކީޕަރ އަހްމަދު ސަމީރު ފުރަތަމަ 11 އިން ފެނުނެވެ.

ނިއުގެ ފުރަތަމަ ގޯލު ޢަލީ ފާސިރު ( ސެންޓޭ ) ޕާހަކުން 25 ވަނަ މިނެޓްގައި ޖެހީ ޙަސަން ރާއިފް ( ހަންނަ އެވެ. ދެވަނަ ގޯލާއި ތިން ވަނަ ގޯލު ޖެހީ ފަހުހާފުގައި ޢަލީ ފާސިރު ( ސެންޓޭ )އެވެ.

ދިރާގު ދިވެހިލީގުގެ 12 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ، މާޒިޔާ އަށް 34 ޕޮއިންޓް ލިބިފައިވާއިރު 28 ޕޮއިންޓާއެކު އޮޑިއަށް ލިބެނީ ދެވަނައެވެ. 23 ޕޮއިންޓާއި އެކު ނިއު ތިންވަނާގައި އަދި ބުރު ހަތަރު ވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. 5 ވަނައިގައި އޮތް ވިކްޓަރީއަށް 19 ޕޮއިންޓް ލިބިފައިވާއިރު ، 16 ޕޮއިންޓް ލިބިގެން އީގަލްސް އޮތީ ހަވަނައިގައެވެ. ޓީސީ އަށް 9 ޕޮއިންޓް އަދި ގްރީންއަށް 8 ޕޮއިންޓް ލިބިފައިވާ އިރު ފުލުގައި އޮތް ވެލެންސިޔާ އާއި ޔުނައިޓެޑް ވިކްޓަރީއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

ދެން އެންމެ އަވަހަށް ކުޅޭނީ 4 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހު ހަވީރު މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރާ މެޗެވެ.

“ދުރިޝްޔަމް 3” ފިލްމު ދޫކޮށްލުމުން އަކްޝޭ ކަންނާ އަށް ދައުވާކުރަނީ

ބޮލީވުޑްގެ ތުރިލާ ފިލްމު ސީރީޒް “ދުރިޝްޔަމް”ގައި އަކްޝޭ ކަންނާ ކުޅޭ ފުލުހެއްގެ ރޯލު، ތިންވަނަ ފިލްމުގައި ނުކުޅެން ނިންމުމުން އޭނާއާ ދެކޮޅަށް ދައުވާކުރަން ޕްރޮޑިއުސަރު ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، “ދުރިޝްޔަމް”ގެ ޕްރޮޑިއުސަރު ކުމާރް މަންގަތު ޕާޓަކް މިހާރު ވަނީ އެ މައްސަލާގައި އަކްޝޭ އަށް ދައުވާކުރަން ނިންމައިފަ އެވެ.

ބައެއް ނޫސްތަކުގައި ޕްރޮޑިއުސަރާ ހަވާލާދީ ބުނީ އަކްޝޭ “ދުރިޝްޔަމް 3″ގައި މަސައްކަތްކުރަން އެއްބަސްވެ، އެޑްވާންސް ޕޭމަންޓު ވެސް ނަގާފައިވާ ކަމަށެވެ. އެކަމަކު، އެއްވެސް ސަބަބެއް ބަޔާން ނުކޮށް އެ ފިލްމު ދޫކޮށްލަން ނިންމާ ޓެކްސްޓު މެސެޖަކުން ފިލްމުގެ ޕްރޮޑިއުސަރަށް އަކްޝޭ އެކަން އަންގާފައިވާ ކަމަށް ށެވެ.

“ދުރިޝްޔަމް 3″ގެ މަސައްކަތްތައް ކުރަމުން އަންނަތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި އެކަން ވަރަށް ރަނގަޅަށް އަކްޝޭ އަށް އެނގޭނެ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

ޕްރޮޑިއުސަރު ބުނީ ފިލްމުގެ ސްކްރިޕްޓު ވެސް އަކްޝޭ އަށް ކިޔާދީފައިވާ ކަމަށާއި އޭނާއަށް އޭނާގެ ރޯލު ކަމުދިޔަ ކަމަށެވެ. އަދި އަކްޝޭ އެދުނު ގޮތަށް ތިންވަނަ ފިލްމާ އެކު އޭނާގެ ފީ ވެސް ތިން ގުނަ ބޮޑުކޮށްދީފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ. އެހެންވެ، އަކްޝޭ އެއްބަސްވުމާ ހިލާފުވެފައި ވާތީ، އޭނާއާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

“ދުރިޝްޔަމް 3″ގެ ރޯލު ދޫކޮށްލަން ނިންމައިފި ކަމަށް ބުނެ އަކްޝޭގެ މެސެޖު ލިބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކާމިޔާބު ފިލްމު “ދުރަންދަރު” ރިލީޒްކުރިތާ ތިންވަރަކަށް ދުވަސް ފަހުން ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

“ދުރަންދަރު”ގައި އަކްޝޭ ކުޅުނު ރޯލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި، އަކްޝޭ “ދުރިޝްޔަމް 3” ދޫކޮށްލީ “ދުރަންދަރު” އިން ލިބުނު މަޝްހޫރުކަމާ އެކު އެވެ.

އަކްޝޭގެ ބަދަލުގައި “ދުރިޝްޔަމް 3″ގައި އެ ރޯލު ކުޅެން މިހާރު ވަނީ “ޕާޓަލް ލޮކް” އާއި “ދަ ފެމެލީ މޭން” ކަހަލަ ސީރީޒްތަކުން މަޝްހޫރުވި އެކްޓަރު ޖައިދީޕް އަހަލަވަތު ހަމަޖައްސައިފަ އެވެ.

ޕްރޮޑިއުސަރު ބުނީ އެ ރޯލަށް ޖައިދީޕް އަވަހަށް ހަމަޖައްސަން ޖެހުނީ ފިލްމުގެ ޝޫޓިން ފަށަން ލިބިފައި އޮތް ތާރީހަށް އަސަރުކުރާތީ ކަމަށެވެ. އަދި ޖައިދީޕަކީ އަކްޝޭ އަށް ވުރެ ހުރިހާ ގޮތަކުން ވެސް އެ ރޯލަށް މާ ރަނގަޅު އެކްޓަރެއް ކަމަށް ފެންނާތީ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ މަޝްހޫރު ފިލްމު ސީރީޒް “ދުރިޝްޔަމް”ގެ ތިންވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައި އެކަން އިއުލާންކުރީ މި މަހު އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރު އޮކްޓޯބަރު ދޭއްގަ އެވެ.

ޣައްޒާގައި 500 މީހުން ޤުރުއާން ހިތުދަސްކޮއްފި

ފަލަސްތީނުގެ ޣައްޒާގެ ބިމަކީ ހަނގުރާމައާއި، ޖެނޮސައިޑާއި ޒަޔަނސިްޓު ޔަހޫދީން ހިތްދަތިކަން ގެނަސްދީފައިވާ މައިދާނެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ބިމެކެވެ. ނަމަވެސް، އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާންމުގެ ތެރެއިންވެސް، އެ ބިމުން ފެންނަމުންދަނީ އީމާންތެރިކަމާއި ސާބިތުކަމުގެ އާދަޔާޚިލާފު ނަމޫނާތަކެކެވެ. އިހައްދުވަހު ޣައްޒާގެ އައްޝާޠިޢު ރެފިއުޖީ ކޭމްޕުގައި ވަނީ 500 ހާފިޒާއިން ޤުރުއާން ހިތުން ދަސްކުރުމުން ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ޤުރުއާން ހިތުން ދަސްކުރި 500 ހާފިޒާއިންނަށް ސަނަދު ހަވާލުކޮށްފައި ވެއެވެ.

މި ހަފްލާ ބާއްވާފައި ވަނީ “ޤުރުއާން ހިތުން ދަސްކޮށްފައިވާ ކުދިންނާއެކު ޣައްޒާ ފޮޅެނީ” މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތަކީ، ޣައްޒާގެ އިމަޖެންސީ ކޮމިޓީއާއި، މުއައްސަސަތު އަޔާދީލް ޚައިރް އަދި ކުވެއިތުގެ އާލިޔާ ޗެރިޓީ ގުޅިގެން ހިންގި މުހިންމު މަޝްރޫއެކެވެ. މި ހަރަކާތުގެ މަގްސަދަކީ ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގައިވެސް ފަލަސްތީނުގެ ދަރިން އެބައިމީހުންގެ ދީނީ ޝަޚުސިއްޔަތާއި، ކީރިތި ޤުރުއާނަށް ދޭ ދޭ އަހައްމިއްޔަތުކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ.

މި ހަފްލާއިން ހިތްދަތިކަމުގެ ތެރެއިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. މި ހަފްލާ ބޭއްވީ ޣައްޒާގެ ހުޅަނގުގައި އޮންނަ އައްޝާޠިޢު ކޭމްޕުގެ މަގުތަކުގައެވެ. އައްޝާޠިއު ރެފިއުޖީ ކޭމްޕަކީ ޔަހޫދީން ޖެނޮސައިޑް ފޯސްއާ ދެކޮޅަށް ގިނައިން ކާމިޔާބު ޙަމަލާތަކެއް ދީފައިވާ ސަރަހައްދެކެވެ. މިއީ ޖެނޮސައިޑް ފޯސްއިން ބޮން އެޅުމުގެ ސަބަބުން އިމާރާތްތައް ސުންނާފަތިވެ ހަލާކުވެ ވީރާނާވެފައިވާ ސަރަހައްދެކެވެ. ނަމަވެސް، އައްޝާޠިއުގެ މަގުތަކުން ކީތިރި ޤުރުއާން ހިތުން ދަސްކޮށްފައިވާ 500 ޒުވާނުން ކީރިތި ޤުރުއާން އަތް މައްޗަށް ލައިގެން ތަކުބީރުގެ އަޑާއެކު ހިނގާފައި ދިޔަ މަންޒަރަކީ އެ ސަރަހައްދަށް އާދަޔާޚިލާފު ދިރުމެއް ގެނުވި ކަމެކެވެ. ބިރުވެރިކަމާއި މަރުގެ ތުންފަތްމަތީގައި ތިބެމެ، މި ޒުވާނުން ދެއްކި ހިތްވަރަކީ އީމާންތެރިކަމުގެ ވަރުގަދަކަން ހާމަކޮށްދޭ ހެއްކެކެވެ.

 

މި ހިނގާލުމުގައި ބައިވެރިވި ކުޑަކުދިންނާއި ޒުވާނުން ތިބީ ފަލަސްތީނުގެ ދިދައާއި ކީރިތި ޤުރުއާން ހިފައިގެންނެވެ. ޖެނޮސައިޑް ހިންގަން ޝައުގުވެރިވާ ޔަހޫދީންނަށް މި މަންޒަރު ބިރުވެރި މަންޒަރަކަށް ވާނެއެވެ. މަގުގެ ދެފަރާތުގައި ތިބެގެން އާންމު ރައްޔިތުން ދިޔައީ އަތްތިލަބަޑި ޖަހައި، ދުއާކޮށް، އެކުދިންނަށް މަރުހަބާ ކިޔަމުންނެވެ. ގިނަ ބައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުން ދިޔައެވެ. މިއީ ހަމައެކަނި ދީނީ ހަފްލާއެއް ނޫނެވެ. މިއީ ޒަޔަނިސްޓުންގެ އަޅުވެތިކަމާ ދެކޮޅަށް ކުރެވޭ ފިކުރީ މަސައްކަތެއްކަން އެންމެންވެސް ގަބޫލުކުރިއެވެ. ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް މި ހަފްލާގެ ސަބަބުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދިޔައެވެ.

ހަފްލާ ނިމިގެންދިޔައީ ހާފިޒުންނަށް ހަނދާނީ ފަތާއި ހަދިޔާ ބެހުމަށްފަހުގައެވެ. ޣައްޒާގެ މި 500 ހާފިޒުންނަކީ ޖެނޮސަިއޑަށް ތާއީދުކޮށް ފަލަސްޠީނުގެ ބިމުން އިސްލާމް ދީނުގެ ރޫހު ނައްތާލުމަށް މަސައްކަތް ކުރާ އިބްލީސްގެ ފައުޖަށް ދިން ވަރުގަދަ މެސެޖެކެވެ. މިމީހުން ސާބިތުކޮށްދިނީ ކިތަންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތިކުރުވި ނަމަވެސް، ﷲގެ ކަލާމްފުޅު ހިތްތަކުން ފޮހެ ނުލެވޭނެ ކަމެވެ.

ބާރުގަދަ ބިންހެލުމަކާއި އެކު ތައިވާނަށް ސުނާމީގެ އިންޒާރު

ބާރުގަދަ ބިންހެލުމަކާއި އެކު ތައިވާނަށް ސުނާމީގެ އިންޒާރު ދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ބާރުމިނުގައި 7.0 މެގްނިޓިއުޑް ހުރި މި ބިންހެލުން އައީ ތައިވާންގެ އައްސޭރިފަށަށެވެ. ބިންހެލުމުގެ އަސަރު ގިނަ ބަޔަކަށް ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

މިއީ, ފާއިތުވި 25 އަހަރުގެ ތެރޭގައި ތައިވާނަށް އައިސްފައިވާ އެންމެ ބާރުގަދަ ދެވަނަ ބިންހެލުމެވެ. އެންމެ ފަހުން މި ފަދަ ބާރުގަދަ ބިންހެލުމެއް ތައިވާނަށް އައިސްފައި ވަނީ 1999 ވަނަ އަހަރުއެވެ. އެ އަހަރު އައި ރިކްޓަރ މިންގަނޑުން 7.6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން 2,400އެއްހާ މީހުން މަރުވިއެވެ. އަދި, 50,000އެއްހާ ޢިމާރާތް ވެއްޓުނެވެ. ނުވަތަ ގެއްލުންވިއެވެ.