Advertisement

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް މިއަދު ކުރި އިއުލާނުގައިވެއެވެ.

Advertisement

ރައީސްގެ މަގާމަށް ވާދަކުރުމުގެ ޝަރުތުތައް

  • މުސްލިމަކު ކަމުގައިވުން
  • ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
  • ޕާޓީގެ މެންބަރެއް ކަމުގައިވުން
  • މީލާދީ ސަނަތުން 30 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
  • ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ހިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަހުލާގީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުސޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން
  • ސަނަދުގެ ފެންވަރު ބެލުމާ ބެހޭ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވާސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން ތިން އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެ މަގާމަށް އެންމެ މީހަކު ކުރިމަތިލި ކަމުގައިވީ ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާނަމަ ޖެނުއަރީ 31 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށެވެ.

ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖެނުއަރީ 8 ގެ 16:00 އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގައި މިހާރު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް