ޢުމްރާވެރިންގެ ހާލު ރަނގަޅު، ދަތިކަމެއްނެތި ޢުމްރާވެރިންނަށް ސަޢޫދީއަށް ދެވޭނެ: ޙައްޖު ކޯޕަރޭޝަން

ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ގޮސް ތިބި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ދަތިކަމެއް ނެތި އުމްރާވެރިން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް، އެ ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

ނަމަވެސް، ޙައްޖު ކޯޕަރޭޝަނުން ‘ހަވާސާ’އަށް ބުނީ، ޢުމްރާގެ އަޅުކަމަށް އެ ކޯޕަރޭޝަނުގެ ފަރާތުން މިއަދު ފުރި ޢުމްރާވެރިން މިހާރު ތިބީ ސަޢޫދީގައި ކަމަށާއި، ޢުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ.

އެ ޢުމްރާވެރިންގެ އިތުރުން، ރަމަޟާން މަހުގެ ފަހު ފަނަރައިގައި ޢުމްރާގެ އަޅުކަން އަދާކުރަން ދާ 300އެއްހާ ޢުމްރާވެރިން މިރޭގެ ވަގުތެއްގައި ޗާޓަރު ފުލައިޓެއްގައި ފުރާނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.

“މިކޮޅުގެ އެއްވެސް އިންތިޒާމަކަށް އެއްވެސް ދަތުރަކަށް އެއްވެސް ކަހަލަ ދަތިކަމެއް ނެތް، ހަމަ ރޭވިފައިވާ ގޮތަށް އިންތިޒާމުތައް ކުރިއަށް ދާނެ،” ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރަމަޟާން މަހުގެ މި ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހީން ވެސް ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ. އަދި ފަހު ފަނަރައާ ދިމާކޮށް ޢުމްރާއަށް ދިއުމަށް އެތައް ދިވެހީންނެއް ވަނީ ތައްޔާރުވެފައެވެ.

ސަޢޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން އިން ވަނީ، ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން އެ މީހަކު ދަތުރުކުރާ އެއާލައިނަކާ ގުޅައި، ފްލައިޓް އޮތް ގަޑިއާއި ތާރީޚަށް ބަދަލެއް އައިސްފައިވޭތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ދަނޑިވަޅުގައި އޮތޯރިޓީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ކެތްތެރިކަމާއެކު އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

ހަމަ އެހެންމެ ސަޢޫދީގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓު ފަދަ އެ ގައުމުގެ މައި އެއާޕޯޓުތަކުން ވެސް ވަނީ ދަތުރުވެރިންނަށް ސަމާލުވުމަށް އަންގައިފައެވެ.

އަދި މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، އެ ސަރަހައްދަށް ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފު ކުރުމަށް ރާއްޖޭގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަލާޔާ ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ދިވެހީން ބޭރުގައި ނޫޅުމަށް އެދިއްޖެ

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން, ރައްދުގައި އީރާނުން ހަމަލާ ދޭ ގައުމުތަކުގެ ތެރޭގައި, ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭއިރު, އެ ގައުމުގައި ދިރިއުޅޭ ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެއިން ބޭރަށް ނުނިކުތުމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިލްތިމާސް ކުރައްވައިފިއެވެ.

އީރާނުން ރައްދު ހަމަލާ ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ވައިގެ މަރުކަޒުތައް ހުންނަ ގައުމުތައް ކަމަށްވާ, ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާގެ އިތުރުން ގަތަރާއި ބަހްރެއިން ވެސް ހިމެނެއެވެ. މިއީ ދިވެހީން އާއްމުކޮށް ގޮސް އުޅޭ, އަދި ދިރިވެސް އުޅޭ ގައުމުތަކެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު އެ ގައުމަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ދިފާއުކުރުމުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަރަށް ފުރިހަމަ ގާބިލުކަން ދައްކުވައިދީފައިވާ ކަމަށެވެ. ނަމަވެސް، މިސައިލްތައް ގޮއްވާލުމުގެ ތެރޭގައި އޭގެ ބައިތައް އަބޫދާބީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، އޭޝިއާގެ ގައުމެއްގެ މީހަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ކަށަވަރުކޮށްދެއެވެ. އަދި މި ހާދިސާގައި ބައެއް އިމާރާތްތަކަށާއި މުދަލަށް ގެއްލުން ލިބިފައިވެއެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް ފޮނުއްވާފައެވެ. ސަފީރު ވިދާޅުވީ، ސަރަހައްދީ މަސްރަހު ހަލަބޮލިވެ، ވައިގެ ހަމަލާތަކުގެ ރިޕޯޓުތައް ލިބެމުންދާތީ، ޔޫއޭއީގައި ދިރިއުޅޭ ދިވެހީން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ގޭގައި މަޑުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ކަށަވަރު މައުލޫމާތު ލިބުނުހާ އަވަހަކަށް ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެ ބަޔާނުގައި ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އާންމުންނާއި މަދަނީ ތަންތަނަށް އަމާޒުކޮށް ދިން ފިނޑި ހަމަލާއެއް ކަމަށް ބުނެފައެވެ. އަދި ގައުމުގެ ސިޔާދަތާއި ރައްޔިތުންގެ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ހައްގު ޔޫއޭއީއަށް ލިބިގެންވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ވަގުތު ގައުމުގެ ސަލާމަތީ ހާލަތު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި، ކަމާބެހޭ އިދާރާތަކުން 24 ގަޑިއިރު ހާލަތު މޮނިޓާކުރަމުންދާ ކަމަށް ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ބޭރު މީހުންގެ ސަލާމަތަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވާއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތު ނޫނީ ގަބޫލުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މެލޭޝިއާގައި ޓީބީ ފެތުރޭތީ ރާއްޖޭގައި ރިސްކް އެސިސްމަންޓު ހަދަނީ

މެލޭޝިއާގައި ހަލުވިކަމާއި އެކު ޓީބީ ފެތުރެމުން އަންނާތީ، ރާއްޖޭގައި ރިސްކް އެސެސްމަންޓު ހަދަން ފަށައިފިއެވެ.

މެލޭޝިއާއަކީ ދިވެހިން، އެކިއެކި ބޭނުންތަކުގައި އާންމުކޮށް ދަތުރު ކުރާ ގައުމެކެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު، ‘ހަވާސާ’ އަށް ވިދާޅުވީ، މެލޭޝިއާގައި ޓީބީ އިތުރުވަމުން އަންނާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓް ހަދަމުން އަންނަ ކަމަށެވެ. އަދި އެސެސްމަންޓް ނިމުމުން މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކޮށްފައި ވަނީ ސަބާ އިންނެވެ. އެއީ 755 ކޭހެވެ. މީގެ އިތުރުން ސެލަންގޯ އިން 596 ކޭސް އަދި ސަރަވަކް އިން 332 ކޭސް ފެނިފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މެލޭޝިއާގައި ކެއްސުން ބަލި ނުވަތަ ޓީބީ ޖެހޭ މީހުންގެ އަދަދު 2023 ވަނަ އަހަރު 5.5 އިންސައްތަ އިތުރުވެ، 26,781 އަށް ވަނީ އަރާފައެވެ. އަދި 2026 ވަނަ އަހަރުގެ ކުރީކޮޅު މި އަދަދު 10 އިންސައްތައަށް އިތުރުވެފައިވުމަކީ، މި ބަލި އަލުން ފެތުރެމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓީބީއަކީ ބަލިޖެހިފައިވާ މީހަކާ ގާތްކޮށް ގިނަ ވަގުތު އުޅުމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލި އިތުރުވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމާއި، ބަލި ދެނެގަތުން ލަސްވުމުގެ އިތުރުން، ފަރުވާ ފުރިހަމަނުކުރުމުގެ ސަބަބުން ބޭހަށް ނުގުޑާ ބައްޔަކަށް ޓީބީ ބަދަލުވުން ހިމެނެއެވެ.

ގިނަ ދުވަހަށް ކެއްސުން ފަދަ އަލާމާތްތައް ފެންނަނަމަ، ބަލި އަވަހަށް ދެނެގަތުމަކީ ފަރުވާގެ އެންމެ މުހިންމު ބައެވެ. ޓީބީއަކީ ފަރުވާގެ މުއްދަތު ދިގު، އަދި ވަކި ހަމަތަކަކުން ފަރުވާ ކުރަންޖެހޭ ބައްޔެއް ނަމަވެސް، މިއީ މުޅިން ފަސޭހަކުރެވޭ ބައްޔެކެވެ.

ދެހާސްތިރީސްވަނަ އަހަރާ ހަމައަށް، ޓީބީ މަދުކުރެވިފައިވާ ގައުމަކަށް ހެދުމަށް ރާއްޖޭން މަސައްކަތް ފަށާފައިވާއިރު، 100 ރަށެއްގައި ޓީީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބުގައި މޮނިޓަރަކަށް ވުމުގެ ފުރުސަތު މާދަމާ ހަމަވާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މޮނިޓަރަކަށްވުމުގެ ފުރުސަތު މާދަމާ ހަމަވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހަނދާކޮށްދީފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އީސީން މިއަދު ބުނީ، މޮނިޓަރަކަށް ވުމުގެ ފުރުސަތު މާދަމާގެ މެންދުރުފަހު 3:00 ގައި ހަމަވާނެ ކަމަށެވެ.

މި އިންތިހާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އީސީއަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ.

މިގޮތުން، “މޮނިޓަރުންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށް ވުމަށް އެދޭ ފޯމު” ފުރިހަމަކޮށް [email protected] އަށް އީ-މެއިލްކުރަންވާނެކަމަށް އީސީން ބުނެފައިވެ އެވެ.

އިންތިހާބު މޮނިޓާކުރުމުގެ ހުއްދަ ދޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމަށް ވުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުމާއި ކަމާ ގުޅުން ހުރި މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ވުން ހިމެނެ އެވެ.

މީގެ އިތުރުން، އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމަށް ނުވުމާއި އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައި ނުވުން ވެސް މޮނިޓަރަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެމްޑީޕީ އިން ބޭއްވި ސައިކަލް ބުރަށް ފުލުން ހުރަސް އަޅައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ސައިކަލް ބުރަށް ފުލުހުން ހުރަސް އަޅައިފި އެވެ.

ހުކުރު ދުވަހު އެ ސައިކަލް ބުރު ފަށާފައި ވަނީ ޗާނދަނީ މަގުގައި ހުންނަ އެމްޑީޕީ ޖަގަހަ ކައިރިންނެވެ. އެ ޖަގަހަ ކައިރިން ފެށިގެން، މަޖީދީ މަގާއި، އަމީނީ މަގު އަދި ބޭރު މަގުގައި އެ ސައިކަލް ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ސައިކަލް ބުރުގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި މަޑުކޮށް އެ ސައިކަލް ބުރުގެ ބައެއް ބައިވެރިން ވަނީ ވާހަކަ ވެސް ދައްކާފަ އެވެ.

އެ ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވޯޓުލާ އިރު ރައްޔިތުން ވަރަށް ވިސްނަން ޖެހޭ ކަަމަށެވެ. މިހާތަނަށް ފެންނަން އޮތް މަންޒަރަކީ އެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި ތިބެގެން އާއްމުންނަށް ފައިދާ  ނުވާކަން މިއަދު އާމުން ޤަބޫލުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ސައިކަލް ބުރުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ އާއްމުންނަށް ލިބޭ ހައްގެއް ކަމަށެވެ. މިއަދު އެ ހައްގު ވެސް ލިބެމުން ނުދާ ކަމަށް ފާހަގަކުރައްވާ ޝިފާޒް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ޝިފާޒް ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމަށް ފުރުސަތު ދީފި ނަމަ އެފަދަ ނޭދެވޭ އެތައް ކަމެއް ފެންނާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ. ރައްޔިތުންގެ ބާރު ފޭރިގަންނަން އިންތިޚާބުތައް އެއްކޮށްލުމުން ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޤާނޫނުއަސާސީ ފުނޑާލުމަށް ފަހު ނަގާ އެއްވެސް ވޯޓެއްގައި ރައްޔިތުން ސަރުކާރަށް އާއެކޭ ބުނަން ނުޖެހޭ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލާ މަކަރުވެރިކަމުގެ ތެރެއިން ބާއްވާ ފެންނަ ނުފެންނަ އިންތިޚާބެއްގެ ކަންކަން ރަނގަޅަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް

މި ފެށޭ މާޗު މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ފިނިހޫނުމިން އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފަ އެވެ.

މެޓުން ބުނީ މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް، އާންމު މިންވަރަކަށް ވުރެ ކުޑަތަންކޮޅެއް މާޗު މަހުގެ ތެރޭގައި މަތިވާނެ ކަމަށެވެ.

އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލެއަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.

އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާތީ އެވެ.

މި ލަފާކުރުންތަކަށް ބަލާއިރު، މާޗް މަހުގެ ތެރޭގައި ރާއްޖޭގެ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އާދައިގެ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާދައިގެ މިންވަރަކަށް ނުވަތަ އެއަށްވުރެ ކުޑަކޮށް މަދުން ކަމަށް ބެލެވެ އެވެ. ހަމައެއާ އެކު، މުޅި ރާއްޖޭގެ ފިނިހޫނުމިން ވެސް އާދައިގެ މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ދުވާލުގެ އެންމެ މަތީ ފިނިހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ފިނިހޫނުމިން ވެސް ހުންނާނީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ.

އެ ރިޕޯޓުގައި ވަނީ މިއަހަރުގެ ހޫނު މޫސުމާ ހިލާފަށް މިދިޔަ އަހަރުގެ މާޗު މަހަކީ ވާރޭވެހޭ މިންވަރަށް އާދަޔާ ހިލާފު ބަދަލުތަކެއް އައި މަހެއް ކަމަށެވެ. މެޓުން ބުނި ގޮތުގައި މިދިޔަ މާޗުގައި ހުޅުލެއަށް އާންމުކޮށް ވެހޭ ވާރޭގެ ފަސް ގުނަ އިތުރަށް ވާރޭވެހުނެވެ. އެކަމަކު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ، ކައްދޫ އާއި ކާޑެއްދޫ އާއި ގަން ފަދަ ރަށްތަކަށް ވެހުނު ވާރޭގެ މިންވަރު އާދަޔާ ހިލާފަށް ދަށްވި ކަމަށް ރިޕޯޓުގައިވެ އެވެ.

މެޓުން ބުނީ 1991-2025 އާ ހަމައަށް އެއްކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު މާޗު މަހު އެވްރެޖްކޮށް ހޫނުމިން އުޅެނީ 30.5 ޑިގްރީ ސެލްސިއަސް އާއި 30.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށެވެ. އެންމެ ދަށްކޮށް ހޫނުމިން ރިކޯޑު ކުރެވިފައި ވަނީ 24.5 ޑިގްރީ ސެލްސިއަސް އާއި 25.8 ޑިގްރީ ސެލްސިއަސް އަށެވެ.

ކުރިއަށް އޮތީ ހޫނުގަދަ އަދި ވާރޭވެހުން މަދު މަހަކަށް ވުން އެކަށީގެންވާތީ، އާންމުން އަދި ހާއްސަކޮށް ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ފެނުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީ ދުރާލައި ތައްޔާރުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު ފުވައްމުލަކު ސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެސިޓީގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހުކުރު ދުވަހު އެމްޑީޕީގެ ކެމްޕެއިން ޓީމު ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ޓީމަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އައްޑޫ ސިޓީގެ ރަށްތަކުގައި ކެމްޕޭނުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ ރަށްތަކުގައި ދޮރުން ދޮރަށް ހަރަކާތް ހިންގުނުގެ އިތުރުން ކެނޑިޑޭޓުންނާއި ވެސް ވަނީ ބައްދަލުކުރައްވާ ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ.

ފުވައްމުލަކު ސިޓީއަށް ހުކުރު ދުވަހު ފެށި މި ދަތުރުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އާއި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދުގެ އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ދެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގެ އިތުރުން ޖަގަހަ ހުޅުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

އެކި މީހުން އެކި ގޮތްގޮތަށް ތަންދޫރީ ޗިކަން ޕިއްޒާ ހަދައި އުޅޭއިރު، ބައެއް ޕިއްޒާ ތަކުގައި އަސްލު ތަންދޫރީ ޗިކަން ޕިއްޒާގެ މީރު ރަހަ ނުލާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިއަދު މި ގެނެސްދެނީ ތަންދޫރީ ޗިކަން ޕިއްޒާ މީރުކޮށް ތައްޔާރު ކޮށްލާނެ ގޮތުގެ ރެސިޕީ އެވެ.

ބޭނުންވާ ތަކެތި

1 ޕިއްޒާ ފުށްގަނޑު

1 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފަ)

1/3 ޖޯޑު ފްރައިޑް ޗިކަން ސޯސް

1/2 ސައި ސަމުސާާ މުގުރި އަސޭމިރުސް

1 ސައި ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ ތަންދުރީ މަސާލާ

1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފަ)

1/3 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފަ)

1/2 ޖޯޑު ޗެޑާ ޗީޒް (ގާނާފަ)

1/4 ބެލް ޕެޕަރ (ކަރުގަނޑުނަގައި ދިގަށްވާ ގޮތަށް ފޮތި ކޮށްފައި)

5 އޮލިވް (ވަށްކޮށް ކޮށާފައި)

 ލޮނު

 ބަޓަރ

ބޭނުމިއްޔާ ކުޑަ ގިތެޔޮ މިރުސް ކޮޅެއް (ކޮށާފައި)

1/3 ސައި ސަމުސަލުގެ އޮރެގާނޯ ޕައުޑަރު

1/2 ޖޯޑު ކޮރެއަންޑާ ފަތް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

1) ކުކުޅު ކޮޅުގައި ލޮނު، އަސޭމިރުސް، މުގުރި މިރުސް، ތަންދޫރީ މަސާލާ އަދި ލޮނުމެދު ރަނގަޅަށް އުނގުޅާލުމަށްފަހު މެރިނޭޓް ކުރަން 15 މިނެޓް ބަހައްޓާލާށެވެ.

2) ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު ތެޔޮ ހޫނު ވުމުން ފިޔާ އަޅައި ފިޔާ މީރުކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮޅުވެސް އެއަށް އަޅާލުމަށްފަހު ކުކުޅު ރޯ ފިލައި ކުޑަކޮށް ރަންމުށިކުލަ އަރަންދެން މަޑުގިނީގައި ފްރައި ކޮށްލާށެވެ.

3) ދެން އޭގެތެރެއަށް ފްރައިޑް ޗިކަން ސޯސް، ބެލްޕެޕާ ކޮޅެއް، ގިތެޔޮ މިރުސް އަދި ކޮރެއަންޑާ ފަތުގެ ދެބައިކުޅަ އެއްބައި އަޅާފައި ރަނގަޅަށް ކައްކާލާށެވެ.

4) ޕިއްޒާ ފިހާނެ ޓްރޭގެ މައްޗަށް ½ ސައިސަމުސަލެއްހާ ކޯން ފްލާ ބުރުއްސާލާށެވެ. ކޯން ފްލާ އަޅަނީ ޕިއްޒާގެ ފަހަތުބައި ކުޑަކޮށް މުރަނަ ކޮށްލަން ވެގެންނެވެ.

5) ޓްރޭގައި ފުށްގަނޑު ބޭއްްވުމަށްފަހު ފުށްގަނޑު މަތީގައި ބަޓަރު ކޮޅެއް ރަނގަޅަށް ހާކާލާށެވެ. ހާކާފައި އޭގެ މަތީ ޕިއްޒާ ސޯސް އަނގުޅާލުމަށްފަހު މޮޒޮރެއްލާ ޗީޒް ކޮޅު އަޅާލާށެވެ.

6) ދެން މަސްގަނޑު ފަތުރާލުމަށްފަހު މަސްގަނޑު މަތީގައި ބެލްޕެޕާރ އާއި އޮލިވްސް، ބާކީ ކޮރެއަންޑާ ފަތް އަތުރާލާފައި އޭގެ މައްޗަށް ޗެޑާ ޗީޒް ވެސް އަޅާލާށެވެ.

7) ދެން އަވަނަށް ލުމަށްފަހު 230 ޑިގްރީސް ސެލްސިއަސްގައި 15 މިނިޓު ނޫނީ ޗީޒް އާއި ފުށްގަނޑަށް ރަންކުލަ އަރާލަންދެން ފިހާށެވެ. (އަވަނަށް ޕިއްޒާ ލުމުގެ ކުރިން 230 ޑިގްރީސް ގައި 10 މިނެޓް ވަންދެން އަވަން ހޫނު ކޮށްލަން ވާނެ އެވެ. ޕިއްޒާ ތައްޔާރު ކުރާ ގަޑީގައި އަވަން ޕްރީ ހީޓަށް ޖެއްސުމުން ފިހަން ވާއިރަށް ހުންނާނީ ޕްރީ ހީޓް ވެފައެވެ.)

ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް: ރައީސް މުއިއްޒު

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރަސްމާލެ އިން 385 ހެކްޓަރުގެ ބިން ހިއްކުމާއި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތަށް، ރަށްރަށުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު މި ސަރުކާރުގެ ވައުދު ފުއްދަން 57 ރަށެއްގެ ކައުންސިލުން ދަތިތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ރަށްރަށުގައި މަސައްކަތް ނުފެށި ދިގުލައިގެން ދަނީ މި ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކުން އެކި އުޒުރުތައް ދައްކައިގެން ބިން ހަވާލުނުކޮށް ހުރުމުން ކަމަށެވެ.

“މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،” އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި އެވެ.

“ބިން ހަވާލުކުނުކުރީމަ މި 57 މަޝްރޫއު ނުފެށި މި އޮތީ ކައުންސިލްގެ އެއްބާރުލުން ނުލިބިގެން. މިއީ އެންމެ މިސާލެއް. މިފަދަ އެތައް ކަމެއް އެބަހުރި ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން ރައްޔިތުންނަށް އަޅުގަނޑު ވި ވައުދުތައް ބާރު ސްޕީޑުގައި ގެންދިއުމުގައި ހުރަސް އެޅިފައި.”

ވައުދުތައް ފުއްދަން މަސައްކަތްޕުޅު ކުރައްވަނީ އިހުލާސްތެރިކަމާ އެކު ކަމަށާއި އަދި އެ މަސައްކަތްތައް ބާރު ސްޕީޑުގައި ގެންދަން ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.

އޭގެ އިތުރުން، ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކައުންސިލްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކު ކަމަށް ވާތީ، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަށް ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރުކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަށް ޕީއެންސީ ވިސްނުމާ ދެކޮޅު ބޭފުޅުން ތިއްބަވައިގެން ސަރުކާރަށް ވަރަށް އުނދަގޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“ރޯދަ މަހަކީ، މަސައްކަތްތައް ހުއްޓާލައި، ނިދުމުގެ މަހެއް ނޫން”

ރޯދަ މަހަކީ، މަސައްކަތްތައް ހުއްޓާލައި، ނިދުމުގެ މަހެއް ނޫން ކަމަށް ބުނެ، އެ މަހުގައި ކާމިޔާބީ ހޯދުމަށް ލައިލަތުލްޤަދުރި ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ޚުތުބާ ދީފައި ވަނީ، ‘ނަސްރާއި ކާމިޔާބުގެ މައްސަރު’ ކަމަށްވާ ރޯދަ މަހުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ރޯދަ މަހަކީ، ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވާ މައްސަރެއް ނޫން ކަމަށާއި އެއީ ހަވާ ނަފުސާ ދެކޮޅަށް އެންމެ ފުރިހަމައަށް ޖިހާދު ކުރެވޭ މައްސަރު ކަމަށެވެ.

މި މަހުގައި ހިފާ ރޯދައިގެ ސަބަބުން، ހަވާ ނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބު ކުރުމަށް ބާރުއަޅާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ، ރޯދަ މަހުގައި އިސްލާމް ދީނުގެ އަދުއްވުންނާ ދެކޮޅަށް އެންމެ ބޮޑެތި ކާމިޔާބީތަކާއި ނަސްރު މުސްލިމުން ހާސިލުކަން ހަނދާންކޮށްދީފައެވެ. މިގޮތުން، ހިޖުރިއިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17ގައި ކުރެވުނު ބަދުރު ހަނގުރާމައަކީ، އިސްލާމީ ތާރީޚު ބަދަލުކޮށްލި ހަނގުރާމާއެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

މުސްލިމުންގެ 300އެއްހާ މީހުންގެ ލަޝްކަރުން ކާފިރުންގެ 1،000އަކަށް ވުރެ މީހުންގެ ލަޝްކަރު ބަލިވުމަކީ، ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ޚުތުބާގައި ފާހަގަކުރިއެވެ.

އޭގެއިތުރަށް، މުސްލިމުންނަށް މައްކާ ފަތަޙަކުރެވުނީ ވެސް ރޯދަ މަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެ ފަހަތައަށް ފަހު، މުސްލިމުންގެ 10,000 މުޖާހިދުންނާ އެކު ކީރިތި ރަސޫލާ މައްކާއަށް ވަދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނީ، ރޯދަމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށެވެ. އެއީ، އަޅުކަމުގައި ހީވާގިވެ، ކުރިއަށްދާންވީ މަހެއް ކަމަށް ބުނެ، ފަހުގައި ދިހައެއްގައި އަޅުކަމުގައި އިތުރަށް އުޅުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

އެ މަހުގެ ކާމީޔާބީ ހޯދަން ބޭނުންވާ މީހާ، ލައިލަތުލްޤަދުރި ހޯދަން ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލިއެވެ. އަދ، އެ ރޭގެ ހެޔޮކަމުން މަހުރޫމްވެއްޖެ މީހާ، ހުރިހާ ހެޔޮކަަމަކުން މަހުރޫމްވާނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެކަން ބަޔާންކޮށް، ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެ މަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެޔެއްވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ފަހެ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެ ކަން ކަށަވަރެވެ. އަބާއްޖަވެރިޔަކު މެނުވީ އެ ރޭގެ ހެޔޮކަމުން މަޙުރޫމެއްނުވާހުއްޓެވެ.”

އެއާއެކު، ޚުތުބާގައި ބުނީ، މުސްލިމު މުޖުތަމައުތަކުގައި ރޯދަ މަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން ގޮވާލާފައެވެ. އަހަރެމެންނާއެކު، އުޅޭ އެހެން ދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިހުސާންތެރިވާން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ރޯދަ މަހު ފަތުރުވެރިންނަށް ކެއުމުގެ ޚިދުމަތް ދޭއިރު ސަމާލުވާން ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އެ ކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް ޚުތުބާގައި ގޮވާލިއެވެ.

ކާބޯތަކެތީގެ އަގު 4.7 އިންސައްތަ އުފުލި، އާންމުންގެ ޖީބަށް ބާރުބޮޑުވެއްޖެ

މިދިޔަ އަހަރު ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އުފުލިފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ބުނިގޮތުގައި ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 4.7 ޕަސެންޓުގައެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާއާއި، ކައްކަން ބޭނުންކުރާ ތެލާއި، ކިރާއި، ހަކުރުގެ އިތުރުން ޗޮކްލެޓް ފަދަ ފޮނި ބާވަތްތަކުންނެވެ. މީގެ އިތުރުން މަހުގެބާވަތްތަކުގެ އަގު އެކަނިވެސް 7.56 ޕަސެންޓަށް އުފުލިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިކަން ދަށްވި ދުވަސްވަރު މަހުގެ އަގު އުފުލުމުގެ ސަބަބުން އައި ބަދަލެކެވެ.

ރާއްޖެއަކީ ގިނަ ބާވަތްތައް ބޭރުން އިމްޕޯޓްކުރާ ގައުމަކަށް ވުމުން، ބޭރު ފައިސާގެ ދަތިކަމާއި ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ދިވެހި އާއިލާތަކުގެ ބަޖެޓަށް ބޮޑުވަމުންދާކަން މި ހިސާބުތަކުން ހާމަވެއެވެ.

މިސަރުކާރުން އައްޑޫގެ ތަރައްގީގައި “އިންސާނުން” މަސައްކަތްކުރާ ތަނެއް ނުފެނޭ: އަބްދުﷲ ޝާހިދު

ރައީސް ޑރ މުހައްމަދު މުޢިއްޒު އައްޑޫ ސިޓީގައި އަޅާނެ ކަމަށް ވައުދުވި ބުރިޖު އެއީ ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސުވާލު އުފައްދަވައިފި  އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ އތމ ކޮމިޓީގެ ރައީސާކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ހިޖުރާގެ ކެމްޕޭން އޮފީހާއި، ހިތަދޫ ރަސްގެދަރަ ދާއިރާއިން ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުސެން ޒަރީރު އަދި އެދާއިރާއިން އތމ ކޮމިިޓީއަށް ވާދަކުރައްވާ އަނޫޝާ މުފީދުގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ބޮޑުތަނުން އައްޑޫ ސިޓީއަށް ވަނީ އިހުމާލުވެފައި ކަމަށާއި ކޮންމެ ކެމްޕޭނެއްގައި މިސަރުކާރުން އައްޑޫ ސިޓީ ބުރިޖުގެ ވާހަކަ ދައްކާއިރު އެ ބުރިޖު ފެނުން މައްޗަށް ނާރާ ކަމަށެވެ.

އައްޑޫސިޓީ އަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި ފަޚުރުވެރި އައްޑޫ ސިޓީއަކީ އިޞްލާހީ މަސައްކަތުގެ އެންމެ މައި ކިއްލާ ކަމަށެވެ. އަދި މިސަރުކާރަށް ދެ އަހަރާއި ބައިވެގެން ދާއިރު އައްޑޫ ސިޓީ އަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ސިޓީގެ ތަރައްޤީ ފެނޭތޯ؟ ނުފެނޭ! މި ސިޓީގެ ފަށާފައި ހުރި މަސައްކަތްތައް ކުރިއަށްދާތަން ފެނޭތޯ؟ މި ސިޓީގައި ހަވާ އަރުވާފައި ހަންކެޑެ ޕްރޮޖެކްޓު އެރުވި ހަވާތައް ތިރިވުމަށްފަހު އިތުރުކަމެއް ހިނގަމުންދާތަން ފެނޭތޯ؟ ނުފެނޭ! ނުފެނޭ! ބޮޑުތަނުން އައްޑޫ ސިޓީ މިވަނީ އިހުމާލުކޮށްލާފަ. ކޮބައިތޯ މި ސިޓީގައި އަޅަން ވިދާޅުވި ބުރިޖު ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ އެއީ؟ ގައިމުވެސް އިންސާނަކު އޭގެ މަސައްކަތެއް ކުރާތަނެއް އަދިއެއް ނުފެނޭ، ކަނޑުރަސްގެފާނާ ވާހަކަ ދައްކަވައިގެން އަޑިން އެ ކުރައްވާ މަސައްކަތެއް ކުރައްވާ ނުކުރައްވައިގެން އަޅުގަނޑަކަށް ނޭނގެ. ހަމަ ގައިމުވެސް އިންސާނުން އެ މަސައްކަތެއް އަދިއެއް ނުކުރޭ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ވިދާޅުވީ މުއިއްޒު އައްސަވާ އެއްވެސް އެއްޗެއްގައި އައްޑޫސިޓީން ޖައްސަވާނީ ބޮޑުކޮށް ނުފެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މުޢިއްޒު ރައްޔިތުން ގާތު އައްސަވާ ސުވާލަކީ “ކަލޭމެން ކައިރިއަށް ތިމަންނަމެން ގޮސް ކަންކަމުގައި ފެންނަ ނުފެންނަ އަހާލަން ލިބޭ ފުރުސަތު ދޫކޮށްލަން އެއްބަސްވަމު ހެއްޔޭ؟”

އޭގެ އިތުރުން ޝާހިދު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލަން އެއުޅުއްވަނީ މަކަރުވެރިކަމުން ކަމަށާއި ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަވާއިރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އާންމުކުރި އަދަދުތަކަށް ބަލާއިރު ކޮންމެ މީލާދީ މަހަކު އެ މިނިސްޓްރީގެ ބޭރުގައި ހުރި އެމްބަސީތަކުގެ މުވައްޒިފުންނަށް ފަންސާސް ހަތަރު މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.

ޝާހިދުވަނީ ހުދުމުހުތާރުވެ އަނިޔާވެރިވާން ފުރުސަތު ނުދީ “މުޢިއްޒު ވޯޓު” ގައި ބޮޑުކޮށް ނޫނެކޭ ޖެއްސެވުމަށް ގޮވާލައިފަ އެވެ.