Advertisement
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީ އތމ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ފާތިމަތު ހިޖުރާ އާއި ހިތަދޫ ރަސްގެދަރަ ދާއިރާއިން ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުސެން ޒަރީރު އާއިއެކު ކެމްޕެއިން ކުރައްވަނީ.---

މިސަރުކާރުން އައްޑޫގެ ތަރައްގީގައި “އިންސާނުން” މަސައްކަތްކުރާ ތަނެއް ނުފެނޭ: އަބްދުﷲ ޝާހިދު

ރައީސް ޑރ މުހައްމަދު މުޢިއްޒު އައްޑޫ ސިޓީގައި އަޅާނެ ކަމަށް ވައުދުވި ބުރިޖު އެއީ ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސުވާލު އުފައްދަވައިފި  އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ އތމ ކޮމިޓީގެ ރައީސާކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ހިޖުރާގެ ކެމްޕޭން އޮފީހާއި، ހިތަދޫ ރަސްގެދަރަ ދާއިރާއިން ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުސެން ޒަރީރު އަދި އެދާއިރާއިން އތމ ކޮމިިޓީއަށް ވާދަކުރައްވާ އަނޫޝާ މުފީދުގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ބޮޑުތަނުން އައްޑޫ ސިޓީއަށް ވަނީ އިހުމާލުވެފައި ކަމަށާއި ކޮންމެ ކެމްޕޭނެއްގައި މިސަރުކާރުން އައްޑޫ ސިޓީ ބުރިޖުގެ ވާހަކަ ދައްކާއިރު އެ ބުރިޖު ފެނުން މައްޗަށް ނާރާ ކަމަށެވެ.

Advertisement

އައްޑޫސިޓީ އަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި ފަޚުރުވެރި އައްޑޫ ސިޓީއަކީ އިޞްލާހީ މަސައްކަތުގެ އެންމެ މައި ކިއްލާ ކަމަށެވެ. އަދި މިސަރުކާރަށް ދެ އަހަރާއި ބައިވެގެން ދާއިރު އައްޑޫ ސިޓީ އަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ސިޓީގެ ތަރައްޤީ ފެނޭތޯ؟ ނުފެނޭ! މި ސިޓީގެ ފަށާފައި ހުރި މަސައްކަތްތައް ކުރިއަށްދާތަން ފެނޭތޯ؟ މި ސިޓީގައި ހަވާ އަރުވާފައި ހަންކެޑެ ޕްރޮޖެކްޓު އެރުވި ހަވާތައް ތިރިވުމަށްފަހު އިތުރުކަމެއް ހިނގަމުންދާތަން ފެނޭތޯ؟ ނުފެނޭ! ނުފެނޭ! ބޮޑުތަނުން އައްޑޫ ސިޓީ މިވަނީ އިހުމާލުކޮށްލާފަ. ކޮބައިތޯ މި ސިޓީގައި އަޅަން ވިދާޅުވި ބުރިޖު ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ އެއީ؟ ގައިމުވެސް އިންސާނަކު އޭގެ މަސައްކަތެއް ކުރާތަނެއް އަދިއެއް ނުފެނޭ، ކަނޑުރަސްގެފާނާ ވާހަކަ ދައްކަވައިގެން އަޑިން އެ ކުރައްވާ މަސައްކަތެއް ކުރައްވާ ނުކުރައްވައިގެން އަޅުގަނޑަކަށް ނޭނގެ. ހަމަ ގައިމުވެސް އިންސާނުން އެ މަސައްކަތެއް އަދިއެއް ނުކުރޭ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ވިދާޅުވީ މުއިއްޒު އައްސަވާ އެއްވެސް އެއްޗެއްގައި އައްޑޫސިޓީން ޖައްސަވާނީ ބޮޑުކޮށް ނުފެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މުޢިއްޒު ރައްޔިތުން ގާތު އައްސަވާ ސުވާލަކީ “ކަލޭމެން ކައިރިއަށް ތިމަންނަމެން ގޮސް ކަންކަމުގައި ފެންނަ ނުފެންނަ އަހާލަން ލިބޭ ފުރުސަތު ދޫކޮށްލަން އެއްބަސްވަމު ހެއްޔޭ؟”

އޭގެ އިތުރުން ޝާހިދު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލަން އެއުޅުއްވަނީ މަކަރުވެރިކަމުން ކަމަށާއި ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަވާއިރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އާންމުކުރި އަދަދުތަކަށް ބަލާއިރު ކޮންމެ މީލާދީ މަހަކު އެ މިނިސްޓްރީގެ ބޭރުގައި ހުރި އެމްބަސީތަކުގެ މުވައްޒިފުންނަށް ފަންސާސް ހަތަރު މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.

ޝާހިދުވަނީ ހުދުމުހުތާރުވެ އަނިޔާވެރިވާން ފުރުސަތު ނުދީ “މުޢިއްޒު ވޯޓު” ގައި ބޮޑުކޮށް ނޫނެކޭ ޖެއްސެވުމަށް ގޮވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް