Advertisement

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

އެކި މީހުން އެކި ގޮތްގޮތަށް ތަންދޫރީ ޗިކަން ޕިއްޒާ ހަދައި އުޅޭއިރު، ބައެއް ޕިއްޒާ ތަކުގައި އަސްލު ތަންދޫރީ ޗިކަން ޕިއްޒާގެ މީރު ރަހަ ނުލާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިއަދު މި ގެނެސްދެނީ ތަންދޫރީ ޗިކަން ޕިއްޒާ މީރުކޮށް ތައްޔާރު ކޮށްލާނެ ގޮތުގެ ރެސިޕީ އެވެ.

ބޭނުންވާ ތަކެތި

1 ޕިއްޒާ ފުށްގަނޑު

Advertisement

1 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފަ)

1/3 ޖޯޑު ފްރައިޑް ޗިކަން ސޯސް

1/2 ސައި ސަމުސާާ މުގުރި އަސޭމިރުސް

1 ސައި ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ ތަންދުރީ މަސާލާ

1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފަ)

1/3 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފަ)

1/2 ޖޯޑު ޗެޑާ ޗީޒް (ގާނާފަ)

1/4 ބެލް ޕެޕަރ (ކަރުގަނޑުނަގައި ދިގަށްވާ ގޮތަށް ފޮތި ކޮށްފައި)

5 އޮލިވް (ވަށްކޮށް ކޮށާފައި)

 ލޮނު

 ބަޓަރ

ބޭނުމިއްޔާ ކުޑަ ގިތެޔޮ މިރުސް ކޮޅެއް (ކޮށާފައި)

1/3 ސައި ސަމުސަލުގެ އޮރެގާނޯ ޕައުޑަރު

1/2 ޖޯޑު ކޮރެއަންޑާ ފަތް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

1) ކުކުޅު ކޮޅުގައި ލޮނު، އަސޭމިރުސް، މުގުރި މިރުސް، ތަންދޫރީ މަސާލާ އަދި ލޮނުމެދު ރަނގަޅަށް އުނގުޅާލުމަށްފަހު މެރިނޭޓް ކުރަން 15 މިނެޓް ބަހައްޓާލާށެވެ.

2) ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު ތެޔޮ ހޫނު ވުމުން ފިޔާ އަޅައި ފިޔާ މީރުކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮޅުވެސް އެއަށް އަޅާލުމަށްފަހު ކުކުޅު ރޯ ފިލައި ކުޑަކޮށް ރަންމުށިކުލަ އަރަންދެން މަޑުގިނީގައި ފްރައި ކޮށްލާށެވެ.

3) ދެން އޭގެތެރެއަށް ފްރައިޑް ޗިކަން ސޯސް، ބެލްޕެޕާ ކޮޅެއް، ގިތެޔޮ މިރުސް އަދި ކޮރެއަންޑާ ފަތުގެ ދެބައިކުޅަ އެއްބައި އަޅާފައި ރަނގަޅަށް ކައްކާލާށެވެ.

4) ޕިއްޒާ ފިހާނެ ޓްރޭގެ މައްޗަށް ½ ސައިސަމުސަލެއްހާ ކޯން ފްލާ ބުރުއްސާލާށެވެ. ކޯން ފްލާ އަޅަނީ ޕިއްޒާގެ ފަހަތުބައި ކުޑަކޮށް މުރަނަ ކޮށްލަން ވެގެންނެވެ.

5) ޓްރޭގައި ފުށްގަނޑު ބޭއްްވުމަށްފަހު ފުށްގަނޑު މަތީގައި ބަޓަރު ކޮޅެއް ރަނގަޅަށް ހާކާލާށެވެ. ހާކާފައި އޭގެ މަތީ ޕިއްޒާ ސޯސް އަނގުޅާލުމަށްފަހު މޮޒޮރެއްލާ ޗީޒް ކޮޅު އަޅާލާށެވެ.

6) ދެން މަސްގަނޑު ފަތުރާލުމަށްފަހު މަސްގަނޑު މަތީގައި ބެލްޕެޕާރ އާއި އޮލިވްސް، ބާކީ ކޮރެއަންޑާ ފަތް އަތުރާލާފައި އޭގެ މައްޗަށް ޗެޑާ ޗީޒް ވެސް އަޅާލާށެވެ.

7) ދެން އަވަނަށް ލުމަށްފަހު 230 ޑިގްރީސް ސެލްސިއަސްގައި 15 މިނިޓު ނޫނީ ޗީޒް އާއި ފުށްގަނޑަށް ރަންކުލަ އަރާލަންދެން ފިހާށެވެ. (އަވަނަށް ޕިއްޒާ ލުމުގެ ކުރިން 230 ޑިގްރީސް ގައި 10 މިނެޓް ވަންދެން އަވަން ހޫނު ކޮށްލަން ވާނެ އެވެ. ޕިއްޒާ ތައްޔާރު ކުރާ ގަޑީގައި އަވަން ޕްރީ ހީޓަށް ޖެއްސުމުން ފިހަން ވާއިރަށް ހުންނާނީ ޕްރީ ހީޓް ވެފައެވެ.)

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް

ގޭތެރޭ ގަސް ބެހެއްޓުމަކީ އިންސާނާގެ ދުޅަހެޔޮކަމަށް ވެސް ފައިދާ ހުރި ކަމެއް