ފޭސް އެކެއްގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ 704 ފްލެޓު އިމާރާތެއްގެ އާބާތުރަފިލުވުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ފަށައިފިއެވެ.

ފޭސް އެކެއްގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސް ކުރުމުގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.

ފޭސް1 ގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި—

ހައުސިން ޑިވޮލޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހުޅުމާލޭގައި ހުންނަ ކޮންމެ ހައުސިން ޔުނިޓެއްގެ މެއިންޓަނެންސަށް ވެސް މެއިންޓެނެސް ފީއެއްގެ ގޮތުގައި 1000 ރުފިޔާ އަންނަނީ ނަގަމުންނެވެ.

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އަޅާފައިވާ 704 ފްލެޓުތަކުގައި މީހުން ދިރިއުޅެންފެށީ 2018 ވަނަ އަހަރެވެ.

ފްލެޓުތަކުން ފެންލީކުވާ މައްސަލަ އާއި އިތުރު މައްސަލަތަކުގެ ޝަކުވާ އާންމުން ކުރަންފެށުމުން، 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ވަނީ މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަނެއް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މެއިންޓަނެންސް ކުރަން ޖެހިފައިވާ ފްލެޓުތައް ވަރަށް ގިނައެވެ. އެޗްޑީސީއިން، ފްލެޓުތަކުގެ މެއިންޓަނެންސް މަސައްކަތް ކުރުމުގައި އިހުމާލުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.

ހުޅުމާލޭގައި ގާތްގަނޑަކަށް 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓު އެބަހުއްޓެވެ.

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތް ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، މައްސަލަ ހުށަހަޅާ ފަރާތުގެ ގޮތުގައި އެމްޑީޕީން މި މައްސަލައިގައި ބައިވެރިވުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ވަގުތު ކުޑަތަންވެފައިވާތީ އެކަމާ އަދި ވަކި ގޮތެއް ނިންމާފައިނުވާނެ ކަމަށެވެ. އެއަށްފަހު މައްސަލަ ހުށަހެޅުމަށް ވަކީލުންނަށް ފުރުސަތު ދެއްވި އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ވަކީލު ޝިޔާމް ވިދާޅުވީ، މިއީ ޤައުމީ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ ޙަޤީޤީ ބަދަލުތައް ވަންހަނާވާ ގޮތަށް ބިނާކޮށްފައިވާ ސުވާލެއްކަމަށެވެ.

މި ސުވާލު ފަރުމާ ކޮށްފައިވާ ގޮތުން އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރާކަން، މި ތަފްސީލުތައް ދިނުމަށްފަހު ކުރާ ސުވާލަކީ މި ބިލު ރައީސް ތަސްދީޤު ކުރައްވަން ފެނޭހޭ، ސުވާލު ފަރުމާ ކޮށްފައިވަނީ ބިލު ގެންނަ ހަގީގަތްތައް ރައްޔިތުންނަށް އޮޅޭގޮތަށް، އަދި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފަށް.
ވަކީލު އިބްރާހިމް ޝިޔާމް

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަނީ
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަނީ

ޝިޔާމް ވިދާޅުވީ، ރައީސްގެ ޤަރާރާއި އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައި ސުވާލު ބައްޓަން ކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ވިދާޅުވީ، ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އެހެންކަމުން ހުށަހެޅިފައިވާ މި މައްސަލައިގައި އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބު ދީފައިވަނީ ދައުލަތުގެ ވަކީލު، އެސިސްޓެންޓް ޗީފް ކައުންސިލް ހައްވާ ސަނާ އެވެ.

ވަކީލު ވިދާޅުވީ، ރައީސްގެ ޤަރާރުގައިވާ ސުވާލު ފަރުމާކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ދައުލަތުން ނުދެކޭކަމަށެވެ. އެގޮތުން 262 ވަނަ މާއްދާގެ (ށ) އާ ޚިލާފުވިކަމަށް ބެލެވޭނީ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމެއްނެތި ރައީސް އެ ބިލެއް ތަސްދީޤު ކުރައްވާ ޙާލަތުގައި ނުވަތަ އަޣުލަބިއްޔަތު ނުލިބޭ ޙާލަތުގައިވެސް ރައީސް އެ ބިލެއް ތަސްދީޤު ކުރައްވާ ޙާލަތުގައި ކަމަށް ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން ސުވާލުގައި އޮތް އިބާރަތް 262 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމަށް ބުނަމުންދަނީ އެއްވެސް ޤާނޫނީ އަސާސެއް ނެތިކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މައްސަލަ ހުށަހެޅި ފަރާތުން އެ މާއްދާ މާނަކުރަމުންދަނީ ރަނގަޅަކަށް ނޫން ކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ، 262 ވަނަ މާއްދާގައި “ޤާނޫނުއަސާސީއަށް އިޞްލާޙުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކުރުމުން” ކަމަށް އޮތުމުން އޭގެން ދޭހަވަނީ އެ މުޅި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެކަން ކަމަށެވެ. އަދި ވިދާޅުވީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަކީ އޭގެ ޒާތުގައި ގުޅި ލާމެހިފައިވާ ޤާނޫނީ އުސޫލުތަކެއް ހިމެނިފައިވާ ބިލެއް ކަމަށެވެ.

ރެފަރެންޑަމް މައްސަލަ- ދައުލަތުގެ ވަކީލުން
ރެފަރެންޑަމް މައްސަލަ- ދައުލަތުގެ ވަކީލުން

ވަކީލު ވިދާޅުވީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ ސުވާލުގެ އިބާރަތް އޮންނަންވާ ގޮތާއި ސުވާލު ފަރުމާކުރަންޖެހޭ ގޮތާއި ގުޅޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫން ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން ހަވާލާދީފައި އޮތީ އެ މާއްދާއަށް ކަމަށެވެ. އަދި ވިދާޅުވީ، ސުވާލު ބައްޓަންކުރަން ޖެހޭ ގޮތާއި އެކަމާ ގުޅޭ އިޖުރާއަތު ބަޔާންވެގެން ވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ޤާނޫނުގައި ކަމަށެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ސީނިއަރ ސްޓޭޓް އެޓަރނީ ޖޫދް މުޙައްމަދު ވަހީދު ވިދާޅުވީ، މި މައްސަލައިގެ ތަރަހަ ކަނޑައެޅިފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ ސުވާލު ޚިލާފުކަމަށް ބުނާ ބުނުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ އިބާރާތުންވެސް ސާފުވާ ކަމަކީ އެ މާއްދާއަކީ ވަކި ޙައްސާސް ކަންކަމަކާ ގުޅިގެން ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތަކަކާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ މައްޗަށް ބިނާވާ މާއްދާއެއްކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ މާއްދާގެ މަޤްސަދާ ސުވާލު ޚިލާފުވާކަމަށް ބުނުމަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ވަކީލު ވިދާޅުވީ، ރައީސްގެ ޤަރާރުގައިވާ ސުވާލު ގޯސްވެފައި، މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އޮންނަންވާ ގޮތްކަމަށް ބުނެ ހުށަހަޅާފައިވާ ސުވާލު ރަނގަޅުވާ ގޮތެއް ބުނެދޭންވާނެ ކަމަށެވެ.

ދައުލަތުގެ ނުކުތާތަކަށް ޖަވާބު ދިނުމަށް ލިބުނު ފުރުސަތުގައި ވަކީލު އަލީ ހުސައިން ވިދާޅުވީ، މި ހުށަހެޅިފައިވާ އިސްލާޙަކީ ހަމައެކަނި 20 ވަނަ މަޖިލީހުގެ ދައުރުގެ ތެރެއިން 6 މަސް އުނިވެގެންދާ އިސްލާޙެއް ކަމަށާއި، މި އިސްލާޙު ގެނައި ނަމަވެސް ޤާނޫނުގައި ބުނާ މަޖިލީހުގެ މެމްބަރުންގެ އުމުރު އޮންނަނީ ހަމަ 5 އަހަރުގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ރެފަރެންޑަމްގައި ކުރެވޭ ސުވާލުގައި އެކަންކަން ރައްޔިތުންނަށް ސާފުކޮށް އެނގެން އޮންނަންވާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސުވާލު ފަރުމާކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަޤްސަދާ ޚިލާފުވާ ގޮތަށް ކަމަށެވެ.

އެއަށްފަހު މި މައްސަލައިގައި ފަނޑިޔާރުން ސާފު ކުރައްވަން ބޭނުންވާ ކަންކަން ވަނީ ސާފު ކުރައްވާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

އެ ކޯޓަށް ދާދި ފަހުން އައްޔަނު ކުރެވުނު ފަނޑިޔާރު ޝަހީދު ވަނީ މި ބިލަކީ ސިއްރު ބިލަކަށް ނުވާއިރު، ވޯޓުގެ ސުވާލަކީ މަޖިލީހުގެ އުމުރުގެ ވާހަކަ ވަންހަނާވާ ސުވާލެއްކަމަށް ބުނެވެނީ ކޮން ސަބަބަކާހުރެތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ވަކީލު އަލީ ހުސައިން ވިދާޅުވީ، މި ސުވާލުގެ ސަބަބުން މަޖިލީހުގެ މިހާރު އޮތް ދައުރުން 6 މަސް އުނިވާކަން ރައްޔިތުންނަށް ސާފެއް ނުވާ ކަމަށާއި، މިހާރު ޤާނޫނުގައި އޮތްގޮތުން މަޖިލީހުގެ އުމުރަކީ އަދިވެސް 5 އަހަރު ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލް އިންތިޚާބާއެކު މި ވޯޓު ނެގުމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަކީ ސިޔާސީ އިންތިޚާބެއް، އެއާ މި އެއްކުރަނީ ދުސްތޫރީ އިންތިޚާބެއް، މިއީ ދެ ޖިންސުގެ ދެ އިންތިޚާބު، އޭގެ ޒާތުގައި ރެފަރެންޑަމްއަކީ ސިޔާސީ އިންތިޚާބެއް ނޫން، މިއީ އަހަން ނުޖެހޭ ކަމެއް، އަހަން ނުޖެހޭ ސުވާލެއް މި ދަނޑިވަޅުގައި.
ވަކީލު އަލީ ހުސައިން

މި މައްސަލައިގައި ފަނޑިޔާރުން ސާފު ކުރައްވަން ބޭނުންވާ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ގާސިމްގެ ތާއީދު ޖަލީލަށް

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަލަށް ވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި އަދި ގާބިލް ކަމަށް ބެލިޔަސް އެ މަގާމަށް ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނާ އެކު ހުންނެވި ގާސިމް އެހެން ވިދާޅުވީ، މާލޭގެ މޭޔަރަކަށް ޖަލީލް ގެނައުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.

“އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަހުންނާއި އުހުތުން މި ފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް (ކެންޑިޑޭޓް ނަންބަރު 4 އަކަށް) ތާއީދު ކުރައްވާ ވޯޓު ދެއްވުން،” މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އެކްސްގައި ވިދާޅުވި އެވެ.

ޖަލީލްގެ ކާމިޔާބީ ފާހަގަކުރައްވަމުން ގާސިމް ވިދާޅުވި ގޮތުގައި އެއީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑުތަކެއް އޮތް އަދި ރާއްޖޭގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެކެވެ.

ޖަލީލުގެ ހިދުމަތުގެ އަގު ރާއްޖެ އިން ވަޒަންކޮށް، އެއީ ގައުމީ ޝަރަފު އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

“ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތް ކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާ އެކު ނުކުންނެވުމުން ވެސް އެ މަނިކުފާނުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ،” ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް ޖަލީލް ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ހަވާލުކުރި ކޮންމެ ވަޒީފާއެއްގެ ވާޖިބު ވެސް އަދާކުރެއްވީ ތެދުވެރިކަމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ.

“ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާ މެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހުސިއްޔަތެއް،” ގާސިމްގެ ޕޯސްޓުގައި ވެ އެވެ.

ގާސިމްގެ އިތުރުން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވެސް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލަށް ތާއީދު ކުރައްވައިފަ އެވެ. އާދަމް މަނިކު މިހާރު ގެންދަވަނީ ޖަލީލްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަމަށް 19 މިލިއަން ރުފިޔާ ޚަރަދުކުރެވިއްޖެ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުމަށް މިހާތަނަށް 19 މިލިއަން ޚަރަދުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދާ މި ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ.

މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދަނީ ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި އެކުގައި ކަމަށެވެ.

”މި އާއްމު ވޯޓަށް މިހާތަނަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވަނީ މި މަސައްކަތް ކުރުމަށް. މިހާރު ވޯޓް ކަރުދާސްތައް ޗާޕު ކުރެވި ތަންތަނަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދަނީ.“ އީސީގެ ވަކީލު ވިދާޅުވިއެވެ.

އީސީގެ ވަކީލު ވިދާޅުވީ، އެ ކޮމިޝަންގެ މަސައްކަތްތައް އިންތިޒާމްކުރެވިގެން ކުރިއަށްދަނީ، އޭޕްރީލް 4 ވަނަ ދުވަހު، ލޯކަލް ކައުންސިލް އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓުވެސް ނެގުމަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް މީސްމީޑިއާގެ އެކިއެކި މަންސަތަކާއި، ޕްރޮގްރާމްތައް މެދުވެރިކޮށްވެސް ކުރިއަށްދާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ބާއްވާނަމަ އިތުރު 20 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އީސީން މީގެ ކުރިން މަޖިލީހުގެ ކޮމިޓީގައިވެސަ ވަނީ ބުނެފައެވެ.

ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަނީ، މުސާރަ ހާމަނުކުރޭ

އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ފަށާ ސަރުކާރު ޓެކްސީ ލައިނަށް 107 ޑްރައިވަރަކު ހޯދަން، އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިރޭ އިއުލާނުކޮށްފިއެވެ.

އެމްޓީސީސީގެ އިއުލާނުގައިވާ ގޮތުން، 107 ޑްރައިވަރުން ނަގަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރަށް، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓް އިތުރުކުރާ އުސޫލުންނެވެ.

އެ އިއުލާނާއެކު، އެމްޓީސީސީން ޑްރައިވަރުންނަށްދޭ މުސާރަ ހިމަނާފައިނުވެއެވެ. އެކަމަކު، ޑްރައިވަރުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް، އިއުލާނުގައިވެއެވެ.

އިއުލާނުގައިވާ ގޮތުން، ޑްރައިވަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަފުތާއަކު ހަ ދުވަހު، އަށް ގަޑިއިރެވެ.

ޓެކްސީ ލައިންގެ ޑްރައިވަރުންގެ އަތުގައި ބީ-1 ނުވަތަ ބީ-2 ކެޓަގަރީއެއްގެ ލައިސަންސެއް އޮންނަން ޖެހެއެވެ. އެމްޓީސީސީގެ އިއުލާނުގައިވާގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޑްރައިވަރުންނަށް އިސްކަންދޭނެއެވެ.

އެމްޓީސީސީން ބުނީ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާ، އާދީއްތަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް އިންޓަވިއުކުރާނެ ކަމަށް، އެމްޓީސީސީން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަން މިދިޔަ ނޮވެންބަރު މަހު އިއުލާނުކުރިއެވެ. އަދި ޖަނަވަރީ މަހުގެ މެދުތެރޭ ވޯކް-އިން އިންޓަވިއުއެއްވެސް ބޭއްވިއެވެ. އެކަމަކު އޭރުވެސް، ޓެކްސީ ލައިންގެ ޑްރައިވަރުންގެ މުސާރަ އެމްޓީސީސީން ހާމަނުކުރެއެވެ.

ނޮވެންބަރު މަހު ކުރި އިއުލާނުގައި އޭރު އެމްޓީސީސީން ވަނީ ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނުގައިވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އެއިރު އިއުލާނުކުރިއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ.

އެކަމަކު އެ އިއުލާނުގައިވާ ވަރަށް ޑްރައިވަރުން ހަމަވެފައި ނުވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ފަށާނެކަން އެމްޓީސީސީން ހާމަކުރީ އިއްޔެއެވެ. އެކަން އިއްޔެ ހާމަކޮށް، އެ ކުންފުނިން ވަނީ، ޓެކްސީ ލައިންގެ ޚިދުމަތް މާލޭގައި ދިނުމަށްޓަކައި ގެންނަ 150 ކާރުގެ ތެރެއިން 60 ކާރު ގެނެސްފައެވެ.

ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު ގެނައިއިރު އެމްޓީސީސީއިން އިއްޔެ ވަނީ ޓެކްސީ ލައިނުގެ ޚިދުމަތަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލުގައި ދަފުތަރުވުމަށް ވެސް ހުޅުވާލައިފައެވެ.

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށްފި

ގިނަ އަދަދެެއްގެ ވޭޕްގެ ބާވަތްތައް ގެންގުޅުނު މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން މީހަކު ހުއްޓުވައި ބަލައި ފާސްކޮށް، ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އޭނާ ބަލައި ފާސްކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި، ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް އެކެއްގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް އެެކެއްގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރި އިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕް އާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނު މީހާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭ ގޮތަށް ބަދަލުކޮށްފި

ދަތުރުވެރިންގެ ކަންބޮޑުވުންތަކާއެކު ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށް އެ ސަރަހައްދުގައި އޮންނަ ޓެކްސީ ކިއު ވަނީ އުވާލާފައެވެ. އަދި އެ ސަރަހައްދުން ފަސިންޖަރުން ނެގުން މަނާކޮށްފައިވާތީ، ޑޮމެސްޓިކުން އަންނަ ފަސިންޖަރުން ދާންޖެހެނީ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލްއަށެވެ.

ޓްރެފިކް ފްލޯއަށް ގެނައި އެ ބަދަލާއެކު ޓެކްސީ ހޯދުމަށް މާ ދުރަށް ހިނގަންޖެހޭތީ ދަތުރުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގިނަ ދަތުރުވެރީން ވަނީ ޑޮމެސްޓިކް ޓާމިނަލް (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް)އިން ނިކުމެގެން ޓެކްސީއެއް ހޯދުމަށް ކިއުއާ ހަމައަށް ދާން ކުރަންޖެހޭ ދަތުރު ވަރަށް ބޮޑު ތަކުލީފަކަށް ވެފަވި ވާކަމަށް ބުނެފައެވެ. ކުރިން ޑޮމެސްޓިކް ޓާމިނަލުން ނިކުމެ، ފެރީތައް އޮންނަ ސަރަހައްދުން ޓެކްސީ ކިއު ފެށޭތީ ހިނގަންޖެހޭ ރާސްތާ ކުޑަކަން ދަތުރުވެރިން އޭރު ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޑޮމެސްޓިކް ސަރަހައްދުން ވެސް ފަސިންޖަރުންނަށް ޓެކްސީއަށް އެރޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށާއި، އާ ޓާމިނަލް ސަރަހައްދަށް ފަސޭހައިން ހުރަސްކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ގިނަ ބަޔަކު އޭރު އެދުނެވެ.

އެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެއާޕޯޓުން ވަނީ މިއަދުން ފެށިގެން ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައިވާ ސަރަހައްދަކީ، ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއް ކަމުގައި އެއާޕޯޓުން ވަނީ ކަނޑައަޅާފައެވެ.

އެއާޕޯޓު ކުންފުނި އެމްއޭސީއެލްއިން ބުނީ ޑޮމެސްޓިކް ޓާމިނަލްގެ އެރައިވަލްގެ ކުރިމަތިން، ބުރާއި ދެމެދުގައިވާ ސަރަހައްދަކީ މިހާރު ފަސިންޖަރުން ބޭލުމަށް ޚާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ވާނެކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އަދި ޑޮމެސްޓިކް ޓާމިނަލްގެ ޑިޕާޗާ ކުރިމަތިން، ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެއްކަން ފާހަގަކޮށް އެމްއޭސީއެލްއިން ބުނީ އެ ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކޮށްފައި ވާނެ ކަމަށެވެ.

މީގެ ކުރީން ވަނީ ވީއައިއޭގެ ސައިކަލު ޕާކިން ޒޯނުގެ މައްސަލައިގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންވެސް ހައްލުވީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ.

ކުވައިތުގެ އެއަޕޯޓުގައި ހުންނަ ތެޔޮ ޓާމިނަލްއަކަށް އީރާނުގެ ޑްރޯން ހަމަލާއެއް

ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ތެޔޮ ޓާމިނަލްއަކަށް އީރާނުގެ ޑްރޯންތަކުން ހަމަލާދިނުމުގެ ސަބަބުން އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާ ކަަމަށް ކުވައިތުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެމެރިކާ އާއި އިސްރާއީލުން، އީރާނާ ދެކޮޅަށް ދެމުން އަންނަ ހަމަލަތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ތަންތަނަށްވެސް ހަމަލާތަކެއް ދެމުންނެވެ.

ކުވައިތުގެ ރަސްމީ ތަރުޖަމާން އަބްދުﷲ އަލް ރާޖީ ވިދާޅުވީ، ފުރަތަމަ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި ހަމަލާގައި މުދަލަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، މީހަކަށް އަނިޔާވެފައިވާ ނުވާ ކަމަށެވެ.

އޮފިޝަލުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށި ކަމަށާއި އަލިފާން ނިއްވާ ޓީމުތަކާއި ކަމާ ބެހޭ އިދާރާތަކުން ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަަމަށެވެ.

އަދި އެ ސަރަހައްދަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އީރާނުން ވަނީ ކުވައިތަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. އަދި މީގެ ކުރިން އެ ގައުމުގެ ތެޔޮ ގުދަނަކަށްވެސް އީރާނުގެ ހަމަލާއެއް އަމާޒުވެ، އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

ތިމަރަފުށީ ފަޅު ގެއެއްގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުން ހޯދައިފި

ތިމަރަފުށީ ފަޅު ގެއެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެގޮތުން ފުލުހުން ބުނީ، ތިމަރަފުށީ ފަޅު ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.

އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 94.23 ގުރާމު ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އެމެރިކާގެ ތެޔޮ މަރުކަޒެއްގައި އަލިފާން ރޯވެއްޖެ

އެމެރިކާގެ ޓެކްސަސްގެ ވެލެރޯގެ ޕޯޓް އާތަރް ރިފައިނަރީގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ޕޯޓް އާތަރްގެ އިމަޖެންސީ މެނޭޖްމަންޓުން ނެރުނު އެލާޓްގައި ބުނީ، ވަލޭރޯ ރިފައިނަރީގައި ދާދި ފަހުން ހިނގި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ވަގުތުން އެ ސަރަހައްދު ދޫކޮށް، ރައްކާތެރި ސަރަހައްދަކަށް ދިއުމަށް އެދޭ ކަަމަށެވެ.

“ޓެކްސަސްގެ ވެލެރޯ ޕޯޓް އާތަރްގެ ޔުނިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު. ހުރިހާ މުވައްޒަފުންވެސް ރައްކާތެރިކަމާއެކު އެތަނުން ނެރެފައިވޭ،”. އެެތަނުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެތަނުގައި އަލިފާން ރޯވުމާއެކު ކަޅު ދުން އަރަމުންވެސް ގޮސްފައި ވެއެވެ.

ހިއުސްޓަންގެ އިރުން 90 މޭލު ދުރުގައި ހުންނަ ޕޯޓް އާތަރް ރިފައިނަރީގައި 800 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ވެލޭރޯގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެތަނުން ތެލާއި އެހެނިހެން ފީޑްސްޓޮކްތައް ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލްއަށް ޕްރޮސެސް ކުރެއެވެ.

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝަކޫރު ނިޔާވެއްޖެ

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝަކޫރު ޢަބްދުالله މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ޢަބްދުއްޝަކޫރު ޢަބްދުالله ނިޔާވެފައިވަނީ ހެނދުނު 10:15 ގައި އިންޑިއާގެ ބެންގަލޫރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ޝަކޫރު ނިޔާވެފައިވަނީ އުމުރުން 75 އަހަރުގައެވެ.

ދަރިކަލުން އަދި ފުލުހުންގެ އިސް އޮފިސަރަކަށް ކުރިން ހުންނެވި އަހުމަދު ޝުހާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ އޭނާގެ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ޢަބްދުއްޝަކޫރު ވަނީ ދިވެހިންގެ ފުލުހުންގެ ހިދުމަތުގައި 43 އަހަރު ހޭދަކޮށްފައެވެ. އަދި އޭގެ ކުރިން، އޭނާ ވަނީ ދިވެހިރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ޝަކޫރު ނިޔާވުމައި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ވަނީ ތައުޒިޔާކިޔާފައެވެ.

އެންމެ ފަހުން އަމާންދީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ޓްރަމްޕު ކުރަން ފަށައިފި

ތިން ހަފުތާވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުއްޖެއެވެ.

މިއީ އެމެރިކާއާއި އިޒްރޭލުން މިދިޔަ މަހުގެ 28 ގައި އީރާނަށް ހަމަލާތައް ދޭން ފެށި ފަހުން، ދެ ފަރާތުގެ ދެމެދުގައި މިފަދަ މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެވުނުކަން ރައީސް ޓްރަމްޕް ފާހަގަކުރެއްވި ފުރަތަމަ ފަހަރެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރިއްޔާއަށާއި ވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔޭގެ ހަކަތައިގެ މައްސަލަތައް އުފެދި، އިގުތިސާދީ ގޮތުން ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއި އެމެރިކާއިން ދަނީ ”މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް“ މަޝްވަރާ ކުރަމުން ކަމަށެވެ. އަދި އީރާނުގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދޭން ރާވާފައިވާ ހަމަލާތައް ފަސް ދުވަހަށް މަޑުޖައްސާލުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށާއި، އެކަން ބިނާވެފައިވަނީ ”ކުރިއަށްދާ މަޝްވަރާތަކުގެ ކާމިޔާބީގެ މައްޗަށް“ ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕްގެ އެ އިއުލާނާއެކު މާކެޓްތަކަށް ހެޔޮ ބަދަލުތަކެއް އައިސް، ހަކަތައިގެ އަގުތައް ދަށަށް ދާން ވަނީ ފަށައިފައެވެ. އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި، އީރާނުން ކަނޑުމަގުން މުދާ އުފުލުމަށް ހުރަސްއެޅުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެއެވެ. މިއަދު ހެނދުނުގެ ހާލަތަށް ބަލާ އިރު، ލަންޑަންގެ އެފްޓީއެސްއީ 100 އިންޑެކްސް 0.5 ޕަސެންޓް މައްޗަށް ވަނީ ގޮސްފައެވެ. އެމެރިކާގެ އެސް އެންޑް ޕީ 500 އަދި ޑައު ޖޯންސް އިންޑެކްސް 2.5 ޕަސެންޓް މައްޗަށް ޖެހިލި އިރު، ބްރެންޓް ކްރޫޑް ތެލުގެ އަގު 10 ޕަސެންޓަށްވުރެ ބޮޑުތަނުން ދަށަށް ގޮސް، 100 ޑޮލަރުން ދަށަށް ވަނީ ވެއްޓިފައެވެ.

ސަރަހައްދީ ގައުމުތަކުގެ ލީޑަރުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާ އިރު، އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު އަލްބޫސައިދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ މެދު ދެކޭ ގޮތް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، މި ހަނގުރާމައަކީ އެމީހުން އުފެއްދި ހަނގުރާމައެއް ނޫން ކަމަށެވެ. އަދި މީގެ ސަބަބުން އިގުތިސާދީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ހަނގުރާމަ ދިގުލައިގެން ދާނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އޮމާނާއި ގަތަރުން ދަނީ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުންނެވެ.