Advertisement
ކުވައިތުގެ އެއަޕޯޓުގައި ހުންނަ ތެޔޮ ޓާމިނަލްއަކަށް އީރާނުގެ ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފައި: ފޮޓޯ: ގަލްފް ނިއުސް

ކުވައިތުގެ އެއަޕޯޓުގައި ހުންނަ ތެޔޮ ޓާމިނަލްއަކަށް އީރާނުގެ ޑްރޯން ހަމަލާއެއް

ކުވައިތުގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ތެޔޮ ޓާމިނަލްއަކަށް އީރާނުގެ ޑްރޯންތަކުން ހަމަލާދިނުމުގެ ސަބަބުން އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާ ކަަމަށް ކުވައިތުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެމެރިކާ އާއި އިސްރާއީލުން، އީރާނާ ދެކޮޅަށް ދެމުން އަންނަ ހަމަލަތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ތަންތަނަށްވެސް ހަމަލާތަކެއް ދެމުންނެވެ.

Advertisement

ކުވައިތުގެ ރަސްމީ ތަރުޖަމާން އަބްދުﷲ އަލް ރާޖީ ވިދާޅުވީ، ފުރަތަމަ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި ހަމަލާގައި މުދަލަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، މީހަކަށް އަނިޔާވެފައިވާ ނުވާ ކަމަށެވެ.

އޮފިޝަލުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށި ކަމަށާއި އަލިފާން ނިއްވާ ޓީމުތަކާއި ކަމާ ބެހޭ އިދާރާތަކުން ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަަމަށެވެ.

އަދި އެ ސަރަހައްދަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އީރާނުން ވަނީ ކުވައިތަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. އަދި މީގެ ކުރިން އެ ގައުމުގެ ތެޔޮ ގުދަނަކަށްވެސް އީރާނުގެ ހަމަލާއެއް އަމާޒުވެ، އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި