ގިނަ އަދަދެެއްގެ ވޭޕްގެ ބާވަތްތައް ގެންގުޅުނު މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން މީހަކު ހުއްޓުވައި ބަލައި ފާސްކޮށް، ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭނާ ބަލައި ފާސްކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި، ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް އެކެއްގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް އެެކެއްގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރި އިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕް އާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނު މީހާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު