މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލެއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ) އާއި ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން، މިހިނގާ މާރިޗު 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ މިދިލިމަގުން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 87 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 143.4 ގުރާމެވެ.

މި މައްސަލައާއި ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ޑަބްލިޔުޑީސީ ކެންޑިޑޭޓް ޝިބާއަށް ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި

ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފާތިމަތު ޝިބާ އަށް، ބަޔަކު ގަސްތުގައި ސައިކަލުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ހަވާސާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޝިބާ އިސްވެ ހުންނަވައިގެން ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ސައިކަލަށް އެރި ވަގުތުގަ އެވެ. ޝިބާ ސައިކަލަށް އެރިތަނުން، ފަހަތުން އައި ގްރޫޕަކުން ވަނީ ބާރު ސްޕީޑުގައި އައިސް ޝިބާ އިންނެވި ސައިކަލުގައި ޖައްސާފަ އެވެ.

މި ހަމަލާގެ ސަބަބުން ޝިބާ އަށް ވަނީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާއިރު، އަނގައިގެ ބައެއް ދަތްތައް ވެސް ވަނީ މަދުވެފަ އެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޝިބާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރު ވެސް އޭނާ އަށް އަންނަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އިންތިޚާބީ ކެމްޕޭނެއްގެ ތެރެއިން ކެންޑިޑޭޓަކަށް އަމާޒުކޮށް މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި

ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ބާއްވާ “އީދު ހަވީރު 1447” ގައި ހިމެނޭ ސްޓޯލްތައް މާލެ ސަރަހައްދުގެ ހަތަރު ދިމާލެއްގައި ހުންނާނެ ކަމަށް އެމްއެންޑީއެފުން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި އީދު ތިން ދުވަހަށް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ.

އެމްއެންޑީއެފްގެ ސްޓޯލްތައް ހުންނާނީ ވިލިމާލެ ބޯޅަ ދަނޑު، މާލޭގެ ޖުމްހޫރީ މައިދާން، ހުޅުމާލެ 1 ގެ ސެންޓްރަލް ޕާކް އަދި ހުޅުމާލެ 2 ގެ ހިޔާ ސަރަހައްދުގައެވެ. ހަވީރު އޮންނަ ހަވީރުގައި ބައިވެރިވުމަށް ހުރިހާ ކުޑަކުދިންނަށް އެމްއެންޑީއެފުން އެދެއެވެ.

ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ވެސް މާލެ ސަރަހައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ހަވީރުގައި އެ ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ، ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސ ޚާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިހުތިފާލުކުރުމުގެ ސަބަބުން ޚާއްސަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން މި އަހަރުގެ ފިތުރު ޒަކާތް ބަހައިފި

މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބަހައި ނިންމައިފިއެވެ.

ޒަކާތް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000ރ. އެވެ. މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާއެވެ.

މި އަހަރު ފިތުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ހާއްސަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރިއެވެ. މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.

ޒަކާތު ހައުސް އިން ވިދާޅުވީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަ ކަމަށްވެސް ޒަކާތު ހައުސް އިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބުގެ ކަންކަމަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

ރޭ އަލިފާނުގެ ހާދިސާ ހިނގީ، އިންތިޚާބީ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށްވީ ނަމަވެސް، އަންނަ މަހު ބާއްވާ ތިން އިންތިޚާބުގެ ކަންކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އެ ހާދިސާ ހިނގީ، މާލޭ އިއްޒުއްދީން މަގުގައި ހުންނަ ޕްރައިމް ގޯޑައުން ގުދަނުގައެވެ. އެތަނުގައި ކެމިކަލްއާއި ގަސް ކާނާ ރައްކާކޮށްފައި ހުރިއިރު، މި ހާދިސާގައި އެ ގުދަން ވަނީ އަނދާފައެވެ. އީސީގެ އިންތިޚާބީ މަރުކަޒު ހުރީ ރޯވި ގުދަނާ ޖެހިގެންނެވެ.

މި ހާދިސާ ގުޅިގެން އެ ސަރަހައްދުގައި ހުންނަވައި، މީޑީއާތަކަށް ދެއްވި އިންޓަވިއުއެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އެ މަރުކަޒުގައި ހުރި އިންތިޚާބަށް ބޭނުންވާ ލިޔެކިޔުންތައް ރައްކާތެރިކަމާ އެއްކޮށް ނެރެފައިވާ ކަމަށެވެ.

އެހެންވެ، އެއްވެސް ބުރުލެއް ނާރާ އަންނަ މަހު ހަތަރެއްގައި އިންތިޚާބު ބޭއްވޭނެ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ. އަދި، އިންތިޚާބީ މަރުކަޒަށް ވަދުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން ހުރިހާ މަސައްކަތްތައް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އަލިފާން މިހާރު ނިއްލާފައިވާއިރު، އެ ސަރަހައްދުގައި ދުން ބޯވުމުގެ ސަބަބުން 15 ގެއަކުން ވަނީ މީހުން ހުސްކޮށްފައެވެ. ހަތްދިހަ ހަތް މީހުންނަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކެމިކަލް ގުދަނުގައި އަލިފާން ރޯވުން؛ އިވެކުއޭޝަން ސެންޓަރުގައި 454 މީހުން ރަޖިސްޓްރީކޮށްފި

މާލޭގެ މާފަންނު އަވަށުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހާލުގައި ޖެހުނު 454 މީހަކު އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މާފަންނު އިއްޒުދީން މަގުގައި ހުންނަ މ. ކައިރުގޭގައި ގާއިމުކޮށްފައިވާ ”ޕްރައިމް ގޯޑައުން 1“ ގައެވެ. އަލިފާން ރޯވުމާއެކު ސަލާމަތީ ބާރުތަކުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ ދަންވަރު 2:30 އާ ހަމައަށް ޖުމްލަ 15 ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. އަދި އިވެކުއޭޝަން ސެންޓަރުގައި 454 މީހުން ރަޖިސްޓްރީ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުން ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ.

މި ހާދިސާގެ ސަބަބުން ދިރިއުޅޭނެ ވަގުތީ ބޯހިޔާވަހިކަން ބޭނުންވި 10 ގެއެއްގެ 77 މީހަކަށް އެންޑީއެމްއޭގެ ފަރާތުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހުނު ބިދޭސީންގެ ތެރެއިން 280 މީހަކާ އެމީހުންގެ ވަޒީފާދޭ ފަރާތްތަކުން މިހާރު ހަވާލުވެފައިވާއިރު، އިތުރު 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންޑީއެމްއޭ އިން ފާހަގަކުރި ގޮތުގައި، 15 ގެއެއް ހުސްކުރަން ޖެހުނީ އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރު އެ ގެތަކަށް ނުރައްކާތެރި މިންވަރަކަށް ކުރުމުގެ ސަބަބުންނެވެ. އަދި ބައެއް އާއިލާތަކުން އަމިއްލައަށް އެމީހުންގެ ތިމާގެ މީހުންގެ ގެތަކަށް ބަދަލުވެފައިވާކަންވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކި ކަހަލަ އުނދަގޫތަކާ ގުޅިގެން ޖުމްލަ 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. ނަމަވެސް އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ.

ޢީދު ނަމާދުކުރާ ސަރަހައްދުތަކުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

މާލެ ސަރަހައްދުގައި ބޮޑު ޖަމާތުގައި ޢީދު ނަމާދުކުރާ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް އާންމުންނަށް އަންގާ އިއުލާނުކޮށްފައެވެ.

އެގޮތުން، ފިތުރު ޢީދު ނަމާދަށް އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދާއި ސަލްމާން މިސްކިތުގެ އިތުރުން މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް ފުލުހުން ވަނީ ޗާޓާ އެކު އާންމުކޮށްފައެވެ.

ފުލުހުން ވަނީ އެ އިދާރާއިން އާންމުކޮށްފައިވާ ޗާޓުގައި، ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް މާދަމާގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން ނަގަން އެދިފައެވެ.

އަދި، އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، ފުލުހުން ވަނީ މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު މިރޭ ފެނިފައެއް ނުވެއެވެ. އެހެންވެ، މާދަމައަކީ ރޯދަމަހުގެ 30 ވަނަ ދުވަހެވެ. ޢީދު ދުވަހަށް ވާނީ ހުކުރު ދުވަހެވެ.

ގޯޑައުންގައި ހިނގި އަލިފާނުގެ ހާދިސާގައި 4 ގެއަކުން މީހުން ހުސްކުރަން ޖެހުނު: އެންޑީއެމްއޭ

އިއްޒުއްދީން މަގުގައި ހުރި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެ ސަރަހައްދުގައި ހުރި 4 ގެއަކުން މީހުން ހުސްކުރަން ޖެހުނުކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ފަރާތްތަކަށް އެހީތެރިކަން ދެމުންދާކަމަށެވެ.

އެގޮތުން 4 އާއިލާއެއްގެ 18 މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނުކަމަށް އެ އިދާރާއިން ބުންޏެވެ.

އިތުރު ތަފްސީލް އަންނަނީ

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ކަރަންޓު ކަނޑާލައިފި

މާލޭގެ މާފަންނުގައި ހުންނަ ‏ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އަލިފާން ރޯވެ އަނދަމުން ދަނީ މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުން 1 ގައެެވެ.

އެތަނުގައި ރޯވާން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ.

އަލިފާން ރޯވެ އަނދަމުންދާ އެ ގުދަނަކީ ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ހުރި ގުދަނެކެވެ. އަދި އެ ގުދަނުގައި އަދިވެސް ކޮންމެވެސް ވަރަަކަށް އަލިފާން ހިފާފައިވާއިރު، އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަަކަށްވެސް ވަނީ ގެއްލުންވެފައި ވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވިދާޅުވީ، މ. ތައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ. ގުދަނުގައި ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި

އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފިއެވެ.

އިލެކްޝަނުން މިރޭ ބުނީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތައް މެދުކަނޑާލާފައިވާކަމަށެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

އިތުރު ތަފްސީލް އަންނަނީ..

ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި ރޯވެ، އަނދަނީ

މާލޭގެ އިއްޒުއްދީން މަގުގައި ހުރި ގޯ ޑައުންއެއްގައި ރޯވެ، މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހިސާބުގައި ހުރި މީހަކު ‘ހަވާސާ’އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ.

މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވެފައި: އަލިފާން ނިއްވަން ސިފައިން އަންނަނީ ހަރަކާތްތެރިވަމުން —

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންނެވެ.

 

ހަނދެއް ނުފެނުނު؛ މާދަމާ އަކީ ފަހު ރޯދަ، އީދަކީ ހުކުރު

މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރައްވައިފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވެ މިރޭ ވަނީ ހަނދާ ބެހޭ ގަރާރު އިއްވާފަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.