ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށްކަމަަށްވެސް މޫސުމާބެހޭ އިދާރައިން ވިދާޅުވިއެވެ.

އެ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.

ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:30 ހާހަމައަށްށެވެ.

މީގެއިތުރުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އާހަަމައަށެވެ.

އެ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. ކައްދޫއަށް 17.7 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

މެދެރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.

ބަންޑުންޖަހާލި ޑިންގީއި ތިބި 2 މީހަކު ސަލާމަތްކޮށްފި

ބަންޑުންޖަހާލި ޑިންގީއަކުން ދަތުރުކުރި 2 މީހަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިންކަމަށް ފުލުހުން ވިދާޅުވިއެވެ.

އޮޔާދާކަމަށް ރިޕޯޓްކުރި ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެ ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެ ޑިންގީގައި ތިބީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ.

މާލޭގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި

ވިއްސާރަވެހުމުގެ ސަބަބުން މާލޭގައި ފެން ބޮޑުވާތީ، ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ފަށައިފިއެވެ.

އެގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ މާލޭގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެ ތެރެއަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާބެހޭ މައުލޫމާތު ދޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި, ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވެސް އިލްތިމާސްކޮށްފައިވެއެވެ.

އެވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ރައްޔިތުން ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ހިތްވަރުދީފައިވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރުވެސް، ދަތުރުކުރާ ފަރާތްތަކާއި އުޅަނދުތަކުން ސަލާމަތީ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓްއެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި ނުރައއކާތެރި އެކްސިޑެންޓްއެއް ހިނގައިފިއެވެ.

އިތުރު ތަފްސީލް އަންނަނީ……

އުމުރަށް ޖަލަށްލާފައި ހުރި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

އުމުރަށް ޖަލަށްލާފައި ހުރި މީހަކު، މަސްތުވާތަކެއްޗާއެކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ހ. މިލްކްބުޝް، އަހްމަދު އަކްރަމް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިއިރު، އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2021 ވަނަ އަހަރު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މީހެކެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައިވަނީ، ޑައިމޯފިކް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެގެން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކައެވެ.

މި މައްސަލަ ހައިކޯޓުން ބާތިލު ކުރި ކަމަކަށް އެ ކޯޓުގެ ރެކޯޑްތަކަކުން ނުދައްކައެވެ. އެހެންކަމުން، މި މީހާ އަލުން ހައްޔަރު ކުރެވޭ ހާލަތަށް ދިޔައީ ސީދާ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އޭނާ އަލުން ހައްޔަރު ކޮށް، ހަތް ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ޖަހާފައެވެ. ބުރާސްފަތި ދުވަހު، އޭނާ ހަތް ދުވަހަށް މުއްދަތު ޖެހީ، ކްރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާއެވެ. 2021 ވަނަ އަހަރު އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ ގާޒީ މުހައްމަދު މިސްބާހުއެވެ.

ބުރާސްފަތި ދުވަހު، ހަތް ދުވަހަށް މި މީހާ ބަންދު ކުރަން ނެރުނު އަމުރުގައި، އޭނާގެ ރެކޯޑްތައް އޮންނަކަން ފާހަގަކޮށްފައިވެއެވެ

މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ރާއްޖޭގެ ބްރޭންޑް “ފްރޮމް މޯލްޑިވްސް” އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް “ފްރޮމް މޯލްޑިވްސް” އިފްތިތާޙްކޮށްފިއެވެ.

މި ބްރޭންޑް އިފްތިތާހުކޮށްދެއްވީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ހަވީރު ބޭއްވި “މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް”ގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމެވެ.

މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

މިއީ، ދިވެހިރާއްޖޭގެ، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ.

ކިނބިދޫ ސްކޫލުގެ ކޮންމެ މުވައްޒަފަކަށް ކޮމްޕިއުޓަރ ސިސްޓަމެއް!

ތ. ކިނބިދޫ ސްކޫލުގެ ކޮންމެ މުދައްރިސަކާއި ކޮންމެ މުވައްޒަފަކު ބޭނުންކުރަން ކޮމްޕިއުޓަރު ސިސްޓަމެއް ހަމަޖައްސައިދީފިއެވެ. މިއީ މީގެ ދެ އަހަރު ކުރިން އެ ސްކޫލުން ފެށި ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

މިކަން ފާހަގަކޮށް ކިނބިދޫ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ، “ކޮންމެ މުދައްރިސަކަށް، ކޮންމެ މުވައްޒަފަކަށް ކޮމްޕިއުޓަރ ސިސްޓަމްއެއް ހޯދަން ދެކުނު ހުވަފެން މިއަދު މިވަނީ ހަޤީޤަތަކަށް ވެފައި. މިއަދު އަޅުގަނޑުމެން ކޮންމެ މުދައްރިސެއްގެ މޭޒުމަތީގައި މިހުރީ މުޅިން އަމިއްލަ އެންމެ ޒަމާނީ ކޮންޕިއުޓަރ ސިސްޓަމެއް. އެންމެ ހިތްހަމަ ޖެހުނު ކަމަކީ މިކަމުން މުދައްރިސުންގެ މަސައްކަތްތަކަށް އެތައް ފަސޭހަކަމަކާއި ހަލުވިކަމެއް ލިބި، މިކަމުގެ ފައިދާ ސީދާ ކިޔަވާކުދިންނަށް ލިބޭނެތީ” މިފަދައިންނެވެ.

ކޮންމެ މުވައްޒަފަކަށް i7ގެ ޑެސްކްޓޮޕް ކޮމްޕިއުޓަރު ސިސްޓަމެއް އެ ސްކޫލުން ހޯދައި ދީފައިވަނީ، ފަންޑްރެއިޒިންގެ ގޮތުގައި ހޯދާފައިވާ ފައިސާއާއި ސްޓާފް ފަންޑާއި އަދި ކޮންމެ ސްޓާފެއް ވަކިން ހަދިޔާކުރި ފައިސާއިންނެވެ.

ތ.ކިނބިދޫ ސްކޫލް އަކީ ނަމޫނާއެއް ގޮތުގައި ބަލައި ކޮންމެ ސްކޫލަކުން ވެސް އެސުކޫލެއް ގައި ކިޔަވާދޭ މުދައްރިސުންނާއި މުވައްޒިފުންގެ ފަސޭހައަށް ބަލަންވާނެއެވެ. މުވައްޒުފުންނާއި ޓީޗަރުންނަށް މިފަދަ ފަސޭހަތައް ވާނަމަ އެކަމުގެ ހެޔޮއަސަރު ދަރިވަރުންގެ ނަތީޖާތަކުން ފެންނާނެކަމީ ޔަގީން ކަމެކެވެ.

ޓިކްޓޮކް ތަރި އީފު ކައިވެނިކޮއްފި


ޓިކްޓޮކް ތަރި އީފު ކައިވެނިކޮއްފިއެވެ.

ޓިކްޓޮކްއިން އާންމުންގެ ސަމާލުކަން ހޯދައިފައިވާ އިއިޝަތް އީފާ އާންމު ނަމުންނަމަ އީފު އޭނާގެ ދެވަނަ ކައިވެނި ކުރީ މިއަދުއެވެ. އީފު ކައިވެނިކޮއްފައި ވަނީ އއ. އުކުޅަހަށް ނިސްބަތްވާ ޝައިހާން ކިޔާ ޒުވާނަކާއެވެ.

މިދެމަފިރިންގެ ކައިވެނީގެ ވަލީމާއެއްގެ ގޮތުން ވަނީ ވަރަށް ކުލަ ގަދަކޮއް ޕާޓީއެއް ބާއްވާފައެވެ. މިޕާޓީއަށް މަޝްހޫރު އެހެން ޓިކްޓޮކް ތަރިންވެސް ވަނީ މިދެމެފިރިންނަށް މަރުހަބާ ކިޔަން ގޮސްފައެވެ.

އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ފުލުހުން ހިފަހައްޓައިފި

އއ. މާޅޮހުގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޢަބްދުއްރަޙްމާން އާދަމްގެ އަނބިމީހާ، ނާޡިމާ އިބްރާހީމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

ޢަބްދުއްރަޙުމާނަށް ހަމަލަދީފައިވަނީ އޭނާގެ ގޭގައި ނިދާފައި އޮއްވާ، މި މަހުގެ 13 ވިލޭރޭ ދަންވަރުގެ ވަގުތެއްގައެވެ.

އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޒަޚަމްތަކަކާއެކު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި އޮއްވައެވެ. އޭނާ ނިޔާވެފައިވަނީ ލިބިފައިވާ ޒަހަމްތަކަށް އއ. މާޅޮހު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޢަބްދުއްރަޙްމާނަށް ހަމަލަދިންއިރު އެގޭގައި ދިރިއުޅެމުންދިޔައީ އޭނާއާއި އޭނާގެ އަނބިމީހާކަމަށާއި، އެ ހާދިސާ ހިނގި ވަގުތު އޭނާގެ އަނބިމީހާ ނިދާފައި އޮތީ އެ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށްވެއެވެ.

ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް، އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

އޯޓިޒަމް ކުދިންނަށް އެހީވުމަށް އެމްއޭސީއެލް މިއޮތީ ތައްޔާރަށް: އެމްޑީ ޝަރީފް

އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރަށް އޮތް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ “އާޓް އޮފް މައިންޑް”ގެ މިއަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޝަރީފު ވިދާޅުވީ އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.

“އޯޓިޒަމް ހުންނަ ކުދިންނަށް ހުރިހާ ރޮނގަކުން އެހީތެރިވާން އެމްއޭސީއެލް އޮތީ ތައްޔާރަށް، އެގޮތުގައި ދެމި ތިބޭނަން. އެމްއެސީއެލް އަބަދުވެސް ދެމި އޮންނާނީ އޯޓިޒަމް އެސޯސިއޭޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި. މި ގުޅުން ދުވަހެއް ދުވަހެއް ދާނީ ބަދަހިވަމުން. ގޮވާލި ކޮންމެ ކަމަކަށް އިޖާބަ ދޭނަން،” ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން، ކުރީގެ ފަސްޓްލޭޑީ އިލްހާމް ހުސެއިން ކޮށްދެއްވަމުން ގެންދަވަނީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށެވެ.

އިލްހާމްގެ އެ މަސައްކަތަކީ އިންސާނިއްޔަތަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެހެންވެގެން އެކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނަ އިރު، އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު ބޭއްވި “އާޓް އޮފް މައިންޑް” މައުރަޒުގައި ދައްކާލި ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާނެ ކަމަށާއި އެއީ އޯޓިޒަމް ދަރިވަރުންނަށް ފަންނުވެރިކަމުގެ ދާއިރާ އިން ކުރިއަށްދިއުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކިންގްސް ޗާލްސާއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އާ ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސާ ކާސަލްގައި ބޭއްވި “ޕްރައިވެޓް އޯޑިއަންސް” އެއްގޮތަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.

ރައީސް މުއިއްޒު މިއަދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން – (ފޮޓޯ/ ރައީސް އޮފީސް)

އެ ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސް މުއިއްޒުގެ އެ ދަތުރުފުޅުގައި ދިވެހީންނަށް އިނގިރޭސިވިލާތުން ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ އެމްޕީ، އާ މަޝްވަރާކުރައްވައިއެވެ.

ރައީސް މުއިއްޒު މިއަދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން – (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

ވިނަރެސްގެ 8 ވަނަ ޓަވަރުން ވެއްޓުނު މީހާ ނިޔާވެއްޖެ!

ފޭސް 2 ގައި ހުންނަ ވިނަރެސްގެ 8 ވަނަ ޓަވަރުން މިއަދު ވެއްޓުނު މީހާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު މީޑއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ވިނަރެސް 2 އިން 18 އަހަރުގެ މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުން ބުނީ ވެއްޓުނީ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ވެއްޓުމުން ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފަކަމަށެވެ.