ތ. ކިނބިދޫ ސްކޫލުގެ ކޮންމެ މުދައްރިސަކާއި ކޮންމެ މުވައްޒަފަކު ބޭނުންކުރަން ކޮމްޕިއުޓަރު ސިސްޓަމެއް ހަމަޖައްސައިދީފިއެވެ. މިއީ މީގެ ދެ އަހަރު ކުރިން އެ ސްކޫލުން ފެށި ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

މިކަން ފާހަގަކޮށް ކިނބިދޫ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ، “ކޮންމެ މުދައްރިސަކަށް، ކޮންމެ މުވައްޒަފަކަށް ކޮމްޕިއުޓަރ ސިސްޓަމްއެއް ހޯދަން ދެކުނު ހުވަފެން މިއަދު މިވަނީ ހަޤީޤަތަކަށް ވެފައި. މިއަދު އަޅުގަނޑުމެން ކޮންމެ މުދައްރިސެއްގެ މޭޒުމަތީގައި މިހުރީ މުޅިން އަމިއްލަ އެންމެ ޒަމާނީ ކޮންޕިއުޓަރ ސިސްޓަމެއް. އެންމެ ހިތްހަމަ ޖެހުނު ކަމަކީ މިކަމުން މުދައްރިސުންގެ މަސައްކަތްތަކަށް އެތައް ފަސޭހަކަމަކާއި ހަލުވިކަމެއް ލިބި، މިކަމުގެ ފައިދާ ސީދާ ކިޔަވާކުދިންނަށް ލިބޭނެތީ” މިފަދައިންނެވެ.

ކޮންމެ މުވައްޒަފަކަށް i7ގެ ޑެސްކްޓޮޕް ކޮމްޕިއުޓަރު ސިސްޓަމެއް އެ ސްކޫލުން ހޯދައި ދީފައިވަނީ، ފަންޑްރެއިޒިންގެ ގޮތުގައި ހޯދާފައިވާ ފައިސާއާއި ސްޓާފް ފަންޑާއި އަދި ކޮންމެ ސްޓާފެއް ވަކިން ހަދިޔާކުރި ފައިސާއިންނެވެ.
ތ.ކިނބިދޫ ސްކޫލް އަކީ ނަމޫނާއެއް ގޮތުގައި ބަލައި ކޮންމެ ސްކޫލަކުން ވެސް އެސުކޫލެއް ގައި ކިޔަވާދޭ މުދައްރިސުންނާއި މުވައްޒިފުންގެ ފަސޭހައަށް ބަލަންވާނެއެވެ. މުވައްޒުފުންނާއި ޓީޗަރުންނަށް މިފަދަ ފަސޭހަތައް ވާނަމަ އެކަމުގެ ހެޔޮއަސަރު ދަރިވަރުންގެ ނަތީޖާތަކުން ފެންނާނެކަމީ ޔަގީން ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު