ބިންހެލުމާއި ގުޅިގެން ރަޝިއާގެ އަލިފާން ފަރުބައެއް ގޮވައިފި

ބިންހެލުމާއި ގުޅިގެން ރަޝިއާގެ އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

 

އިތުރު ތަފްސީލް އަންނަނީ….

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން މަޝްވަރާ ކުރަނީ

ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެ ކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މި އަހަރުގެ “މެދު މުރާޖައާ” ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް ނާސިހު ވިދާޅުވިއިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ސީއެސްސީގެ ރައީސް މިއަދު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ޕޭކޮމިޝަނުން އެކިއެކި މިނިސްޓްރީތަކާ ވެސް މިހާރު ބައްދަލުކުރަމުން އަންނަ ކަމަށެވެ.

މުސާރަ ބޮޑުކުރުމާ ގުޅުވައިގެން ނާސިހު ވިދާޅުވީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކަށް ސިވިލް ސާވަންޓުން އިސްކަންދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވީހާ ވެސް ގިނައިން އޮފީހުގައި ވަގުތު ހޭދަކުރުން އޭނާ ފާހަގަކުރެއްވި އެވެ. ދެން ވިދާޅުވީ، ރަސްމީ ގަޑީގައި މަސައްކަތް ނުކޮށް، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރުން އެހާ ރަނގަޅު ނޫން ކަމަށެވެ.

ސިވިލް ސާވިސްގައި މި ވަގުތު 30،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހު މިއަދު ވިދާޅުވީ، އޮފީސްތަކުގައި ކަންކަން ހާސިލް ނުވާ ސަބަބު ބެލުމާއި ސެކްޝަންތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން މުރާޖައާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވީއައިއޭއަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވައިގަދަވެގެން ވެއްޓިއްޖެ

މާލެ ސަރަހައްދަށް މިއަދު މެންދުރު ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް މިއަދު ވެއްޓިއްޖެއެވެ.

“ހަވާސާ” ނޫހަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއާޕޯޓަށް ވަންނަ މަގުގައި ޖަހާފައި ހުރި ގިޑިގެއެއް ވައިގަދަވުމުގެ ސަބަބުން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ 13:30 ހާއިރު ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި އުޅަނދަކަށް ވެސް ގެއްލުމެއް ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭގެއިތުރަށް، ފުލުހުންނާއި އެމްއޭސީއެލް މުވައްޒަފުން ގުޅިގެން ވެއްޓުނު ގިޑިގެ މިހާރު ވަނީ ނަގާފައެވެ. އަދި، ގިޑިގެ ވެއްޓުނުތާ ކުޑައިރުކޮޅެއް ތެރޭ ޓްރެފިކަށް އަލުން މަގު ހުޅުވާލިކަން އޮފިޝަލް ފާހަގަކުރިއެވެ.

މި ހާދިސާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ބެލެވޭގޮތުގައި މިއީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ޖަހާފައިވާ ގިޑިގެއެކެވެ.

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ އިއްޔެ ލަފާކޮށްފައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ބާޒާރުން ފިޔާ ލިބުން ދަތިވެފައިވާތީ އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް ގެންނަނީ

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.

މި ދަތިކަން ދިމާވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިވަގުތު ބަނދަރުގައި ފިޔާ އެކުލެވޭ 4 އުޅަނދު އޮތްނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މިކަމާގުޅިގެން އެމްޕީއެލްއިން ބުނެފައިވަނީ މޫސުން ގޯސް ދުވަސްވަރު ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ ކްލިއަރކުރުމުގައި އަބަދުވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.

ފިޔާއަކީ އާންމުކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ އެއްޗެއް ނޫންނަމަވެސް، މިފަދަ ދަތި ޙާލަތްތަކުގައި އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން، އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، ބަނދަރުގައި މިހާރު އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ނެރެވުމުން، ފިޔާ ލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ. އަދި އެސްޓީއޯގެ ޝިޕްމަންޓް ރާއްޖެ އައުމުން މި ދަތިކަން އިތުރަށް ޙައްލުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެކްސްޕޯޓްކުރާ އިންޑިއާގައިވެސް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ފިޔާ އިމްޕޯޓްކުރުމުގައި އިތުރު ގޮންޖެހުންތަކެއް ހުރި ކަމެވެ.

ސަމާލު! ކަނޑުތައް ވަރަށް ގަދަވާނެ!

މޫސުން ގޯސްވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.

އެ އިދާރާ އިން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި ހާއްސަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އިންޑޮނޭޝިޔާއަށް ބާރުގަދަ ބިންހެމެއް އަތުވެއްޖެ

އިންޑޮނޭޝިއާއާއި ކައިރީގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ނިކޯބާރ އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 11:41 ހާއިރު 6.2 މެގްނިޓިއުޑްގައި ކަމަށެވެ.

އަދި މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައިއެވެ.

މި ބިންހެލުމުގެ އަސަރު ނުކުރާނެ ކަމަށް މެޓުން ބުނި ނަމަވެސް ވެރިރަށް މާލެއަށް ބިންހެލުމުގެ ލޮޅުންތަކެއް އިހްސާސްވި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ ..

މަސްތުވެގެންހުރެ އަމިއްލަ ކޮޓަރީގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ އޭނާ ދިރުއުޅޭ ކޮޓަރީގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހަކު އދ. އޮމަދޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ 9:27 ހާއިރުއެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު އަހްމަދު ނާފިއު، 32 އަަހަރު، ސްޓެއްލާ،އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

 

މާވަށުގައި ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި

ލ މާވަށުގައި މިއަދު ހެނދުނު ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ހެނދުނު ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މޫސާ އިބްރާހިމަށް ހަމަލާދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓާކަމަށެވެ. އަދި އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

މޫސާ އިބްރާހިމަށް ވަޅިން ހަމަލާދީފައިވަނީ އެރަށައް އައިސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ކަމަށެވެ. މި މާރާމާރީއަކި ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިޙާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ. އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޖައޯ ފީލިކްސް އަލްނަސްރަށް ދަނީ

ސައުދީ އަރަބިއާގެ އަލްނަސްރަށް ޖައޯ ފީލިކްސް ވިއްކަން ޗެލްސީއިން އެއްބަސްވެއްޖެއެވެ.

ފީލިކްސް ގަންނަން ޔޫރަޕުގެ އެތައް ކްލަބަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ގޮތުން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރި ކްލަބަކީ ފީލިކްސްގެ ކުރީގެ ކްލަބް ބެންފީކާއެވެ.

އަލްނަސްރުން ވަނީ ބެންފީކާއަށް ފީލިކްސް ސޮއިކުރުމުގެ ކުރިން އެ ޑީލް ހައިޖެކް ކޮށް, ޗެލްސީއަށް 30 މިލިއަން ޕައުންޑުގެ ބިޑެއް ހުށައަޅާފައެވެ. އަލްނަސްރުގެ މި ބިޑު ޗެލްސީއިން މިހާރު ވަނީ ބަލައިގަންފައެވެ.

އަލްނަސްރަށް ސޮއިކުރުމާއެކު ފީލިކްސްއަށް އޭނާގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކީ ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓާމިނަލް ހުޅުވަން އެރުވި ހަވާ ވޯލްޑް ރެކޯޑަކަށް ވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕެސެންޖަ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި އެވެ.

ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން މިއަދު ވަނީ އެމްއޭސީއެލް އިން ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ވޯލްޑް ރެކޯޑްގައި ހިމަނާ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

އެމްއޭސީއެލްއަށް ރެކޯޑް ހެދި ކަމުގެ ލިޔުން ހަވާލުކުރީ އެޑްޖީޓިކޭޓަ ފޮ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.

މި ރެކޯޑް ހެދީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެންނެވެ.

ޓާމިނަލް ހުޅުވި ގަޑީގައި ރޭ ވަނީ މިއުޒިކާ އެކު އެއް ވަގުތެއްގައި 19 ސަރަހައްދެއްގައި ހަވާ އަރުވާފަ އެވެ. އެއީ ހުޅުލޭގެ އިތުރުން ހުޅުމާލެ އަދި މާލެ ވަށައިގެންވާ ސަރަހައްދު ހިމަނައިގެންނެވެ.

ފުޅަނދު ބުރު މިރޭ 8:30 ގައި ފެށޭނެ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދު ބުރު މިރޭ 20:30 (ރޭގަނޑު 8:30) ގައި ފެށިގެންދާނެއެވެ. ގައުމީ މި މުނާސަބަތު ފާހަގަކުރުމަށް ބާއްވާ މި ފުޅަނދު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.

މިރޭގެ ފުޅަނދު ބުރު ފެށިގެން ދާނީ މާލޭގެ ރަސްފަންނު ސަރަހައްދުންނެވެ. އެއަށްފަހު މަޖީދީމަގުން ލާފައި، މާލޭގެ އެކި ސަރަހައްދުތަކުގައި މަޑުކުރަމުން ގޮސް، ފުޅަނދު ބުރު ނިންމާލާނީ ހެންވޭރު ބްރިޖް ސަރަހައްދަށެވެ. މި ފުޅަނދު ބުރުގައި ދިވެހި ސިފައިންނާއި ފުލުހުންގެ ބައިތަކުގެ އިތުރުން، ސްކޫލް ކުދިންނާއި، ކުޅިވަރު ކްލަބްތަކާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބައިވެރިވުން ހިމެނޭނެއެވެ.

ގައުމީ މި ހަރަކާތަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމިއްޔަތު ދައްކުވައިދޭ މުހިންމު ފާހަގަކުރުމެކެވެ. މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ބާއްވާ މި ފުޅަނދު ބުރު ބަލާލުމަށް އާންމު ރައްޔިތުންނަށް ދައުވަތު އެރުވައެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ސިފައިންގެ ޕެރޭޑް މިއަދު ހަވީރު ހުޅުމާލޭގައި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ސިފައިންގެ ޕެރޭޑް މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެއެވެ. މިކަން ހާމަކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި ހަރަކާތް މިއަދު ހުޅުމާލޭގައި ފަށާނީ ހަވީރު 16:15 ގައިކަމަށެވެއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ސިފައިންގެ ހިނގާލުން އިއްޔެ ބާއްވާފައިވާއިރު، މި ހަރަކާތުގައި ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑުގެ ހަރަކާތްތައް ފެންނާނެއެވެ.

ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ކުރިމަތިން ކަމަށްވެސް ސިފައިންގެ ޕޯސްޓްގައިވެއެވެ. އެހިސާބުން ފަށައި، ޕެރޭޑު ފުރަތަމަ ހުއްޓާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ދިމާލުގައެވެ. އެއަށްފަހު ސިފްކޯ / ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތުގައި ޕެރޭޑު މަޑުކުރާނެއެވެ. އަދި ޕެރޭޑު ނިންމާލާނީ ކަލާސީނު ކޮށިންނެވެ.

ސިފައިންގެ ހިނގާލުމުގެ އިތުރުން ހެވިކަމުގެ ހަރަކާތްތަކާއި ކުޅިވަރުތައް އިއްޔެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން އެ ސަރަޙައްދަށް ވަޑައިގެންނެވިއެވެ.

މިއަދު ހަވީރު އޮންނަ އަސްކަރީ ޕެރޭޑަށްފަހު މިރޭ މިނިވަން ދުވަހުގެ ޚާއްސަ ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުޅަނދުބުރުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ތަފާތު ފުޅަނދުތައް ނެރޭނެ ކަމަށް މައުލޫމާތު ލިބެއެވެ.