Advertisement

މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ސިފައިންގެ ޕެރޭޑް މިއަދު ހަވީރު ހުޅުމާލޭގައި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ސިފައިންގެ ޕެރޭޑް މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެއެވެ. މިކަން ހާމަކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި ހަރަކާތް މިއަދު ހުޅުމާލޭގައި ފަށާނީ ހަވީރު 16:15 ގައިކަމަށެވެއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ސިފައިންގެ ހިނގާލުން އިއްޔެ ބާއްވާފައިވާއިރު، މި ހަރަކާތުގައި ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑުގެ ހަރަކާތްތައް ފެންނާނެއެވެ.

Advertisement

ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ކުރިމަތިން ކަމަށްވެސް ސިފައިންގެ ޕޯސްޓްގައިވެއެވެ. އެހިސާބުން ފަށައި، ޕެރޭޑު ފުރަތަމަ ހުއްޓާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ދިމާލުގައެވެ. އެއަށްފަހު ސިފްކޯ / ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތުގައި ޕެރޭޑު މަޑުކުރާނެއެވެ. އަދި ޕެރޭޑު ނިންމާލާނީ ކަލާސީނު ކޮށިންނެވެ.

ސިފައިންގެ ހިނގާލުމުގެ އިތުރުން ހެވިކަމުގެ ހަރަކާތްތަކާއި ކުޅިވަރުތައް އިއްޔެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން އެ ސަރަޙައްދަށް ވަޑައިގެންނެވިއެވެ.

މިއަދު ހަވީރު އޮންނަ އަސްކަރީ ޕެރޭޑަށްފަހު މިރޭ މިނިވަން ދުވަހުގެ ޚާއްސަ ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުޅަނދުބުރުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ތަފާތު ފުޅަނދުތައް ނެރޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް