Advertisement
ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައި، ރާއްޖޭން އުފާފާޅުކުރަނީ --- ފޮޓޯ/ ތައިލެންޑް ފުޓްސަލް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހިރާއްޖެ ހޯދައިފި

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެ ހޯދައިފިއެވެ.

ލީގް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ކަށަވަރުވީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ދިވެހިން މޮޅުވީ 3-1  ގެ ނަތީޖާއަކުންނެވެ.

Advertisement

މުބާރާތުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ތަށި ލިބުމުގެ ފުރުސަތު  އޮތީ ތަނަވަސްވެފައެވެ.

ބެންކޮކުގެ ނޮންތަބުރީގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑުޖަހައި ކުރިހޯދާފއިވަނީ ބޫޓާނުންނެވެ. ބޫޓާނުން ލަނޑެއްޖަހާފައިވަނިކޮށް ރާއްޖޭގެ އަބްދުﷲ ޖުނައިދު ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް މެޗް އެއްވަރުކޮށްފައެވެ. ދެވަނަ ހާފްގައި ރާއްޖެއަށް ލީޑް ނަގައިދިނީ، އަހްމަދު ހަމީދެވެ. ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ، މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއްދައްކަމުން އަންނަ ކެޕްޓަން މުޙައްމަދު އިމްރާން އެވެ.

ރާއްޖެ ބޫޓާނާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ؛ ސާފް

މުބާރާތުގެ ޗެމްޕިއަކަންރާއްޖެ ހޯދާފައިވަނީ އެއްވެސްމެޗަކުން ބަލިނުވެ، ރެކޯޑަކާއެކުއެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ތަފާތުކުޅުމެއް ދައްކައި، ކޮންމެ މެޗެއްގައިހެން ގިނަ ގޯލްތަކެއް ޖަހާފައެވެ.

މި މުބާރާތުގައި އެންމެ ފުރަތަމަ ޕާކިސްތާނާ ދެކޮޅަށް ކުޅުނުމެޗް ރާއްޖެއިން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ، 6-1 ގެ ނަތީޖާއިންނެވެ. ތިންވަނަ މެޗްގައި ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ގަދަފަދަ އަދި ވާދަވެރި އިންޑިއާ އަތުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ. އެންމެ ފަހުމެޗްގައި ނޭޕާލް އަތުން ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ދެން ނިކުންނާނީ ސްރީލަންކާ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި