Advertisement

ލީލް ބަލިކޮށް ޕީއެސްޖީ އެއްވަނައަށް

ފްރާންސް ލީގުގައި ރޭގަ ކުޅުނު މެޗުގައި ލީލް ބަލިކޮށް ޕީއެސްޖީ ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑު ކަމަށްވާ ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ،

Advertisement

މެޗުގެ ކުރީކޮޅު ލީލްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ކުރި ހޯދައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. ޕީއެސްޖީގެ ދެވަނަ ލަނޑުވެސް 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ. މިއީ ލީލްގެ ކީޕަރު ބާކޭ އޯޒާގެ ބޯމަތިން އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ހިތްގައިމު ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި (93 ވަނަ މިނެޓުގައި) ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޑްލީ ބާކޯލާއެވެ. އޭނާ މި ލަނޑު ޖެހީ ލީލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މި މޮޅަކީ ކޫޕް ޑި ފްރާންސް އިން ޕީއެސްޖީ ކެޓުމާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކަށް ދިން ރަނގަޅު ޖަވާބެކެވެ. އަދި މިއީ އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނު ޑެމްބެލޭ، އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ލަނޑު ޖަހައި، އޭނާގެ ފޯމަށް އެނބުރި އައިކަން ސާބިތުކޮށްދިން މެޗެކެވެ.

މި ނަތީޖާއާއެކު ލެންސްގެ މައްޗަށް ކުރިހޯދައި ޕީއެސްޖީން ލީގު ތާވަލުގެ އެއްވަނަ ހޯދާފައިވާއިރު، އެޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި