Advertisement
ސާފް ފުޓްސަލް މުބާރާތުގައި ޕާކިސްތާނު ކޮޅަށް ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ޝިޔާހު އުފާފާޅުކުރަނީ-- ފޮޓޯ: ސާފް

ޕާކިސްތާނު ބަލިކޮށް ރާއްޖެއިން މުބާރާތް ފެށީ ގަދަކޮށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބަލިކޮށް ފެންވަރު ދައްކާލައިފިއެވެ.

ތައިލެންޑުގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

Advertisement

މިއީ ބައިނަލްއަޤްވާމީ ފުޓްސަލްގައި ރާއްޖެއިން މިހާތަނަށް އެންމެ ތަފާތުބޮޑު ނަތީޖާއަކުން ހޯދި މޮޅެވެ.

މެޗުގައި ރާއްޖެއިން ލީޑުނެގި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ރާއްޖެއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ދިވެހި ޓީުން ލީޑުފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިޔާހުއެވެ.

ތިންވަނަ ލަނޑު ދިވެހި ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑަކީ ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު ޕަވަޕްލޭގައި ކުރިއަށްޖެހި ތިބި ވަގުތު ޖެހި ލަނޑެކެވެ.

ޕާކިސްތާނުން ހަ ފައުލު ކުރުމާއެކު ލިބުނު ދުރު ޕެނަލްޓީން ރާއްޖޭގެ އަލީ ޝަމާލް އަބްދުﷲ ފަސްވަނަ ލަނޑު ޖެހިއިރު، ހަވަނަ ލަނޑު ޖެހީ ކެޕްޓަން އިންމިއެވެ.

އެއަށްފަހު ދެން ފެނުނީ ޕާކިސްތާނުން ސުން ކަނޑުވާލިތަނެވެ. މި ގޯލު ޕާކިސްތާނުގެ ނިސާރު ހުސެއިން ކާމިޔާބުކުރިއިރު، ރާއްޖޭގެ ހަތްވަނަ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މުބާރާތުގައި ދެން ވާދަކުރާ ސާފްގެ އެހެން ގައުމުތަކުން ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ބަަންގްލަދޭޝްއާޢި އިންޑިއާ މެޗު 4-4 އިން އެއްްވަރުވިއިރު، ބޫޓާނާއި ލަންކާ ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ރާއްޖޭގެ ފުޓްސަލް ޓީމު ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ބައްދަަލުކުރާޏީ ބަންގްލަދޭޝްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި