Advertisement
މާބައިދޫން ރާއްޖެ ސުޕަ ލީގު ތަށި އުފުލައިލަނީ

ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫން ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫން ހޯދައިފިއެވެ.

ޖުމުލަ އަށް ޓީމަކުން ވާދަކުރި މުބާރާތުގެ ފައިނަލުގައި ރޭ މާބައިދޫން ނުކުތީ އެ އަތޮޅު ގަމާ ދެކޮޅަށެވެ. އެމެޗު ފަސް ސެޓަށް ގޮސްގެން މާބައިދޫން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

Advertisement

ގަމުން މެޗުގެ ފުރަތަމަ ސެޓު. 25-21 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުގައި މާބައިދޫން ވަނީ ކުޅުން ރަނގަޅުކޮށް، 25-17 އިން ސެޓު ކާމިޔާބު ކޮށްފައެވެ.

އޭގެފަހުން އަނެއްކާވެސް ދެން ޖެހިގެން އައި ސެޓު ގަމުން 25-20 އިން ގެންގޮސްފައިވާ އިރު، މާބައިދޫން ހަތަރު ވަނަ ސެޓު ގެންދިޔައީ 26-24 އިންނެވެ. މެޗު ޓައި ބްރޭކް ސެޓަށް ގޮސްގެން މާބައިދޫން ސެޓު ގެންދިޔައީ 15-10 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާބައިދޫގެ އައިމިނަތު އަރީޝާއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ މަގާމުތައް އިއުލާނުކޮށް ތަށި ދީފައިވާ އިރު، އެންމެ މޮޅު އައުޓްސައިޑް ހިޓާސްއަކީ މާބައިދޫގެ އަރީޝާއާއި ފުނަދޫގެ އައިމިނަތު ޝަހާ ޝާމިންއެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަކީ ގަމުގެ ހައްވާ ނާޒިމާއާއި މާބައިދޫގެ އައިމިނަތު މާނާ ނާޒިމްއެވެ. އެންމެ އޮޕަސިޓް ޕްލޭޔަރަކަށް ގަމުގެ، ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ހޮވިފައިވާ އިރު، އެންމެ މޮޅު ލިބަރޯއަކީ ހުރާގެ މާސާ ފާރޫގެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ އެންމެ މޮޅު ސެޓަރަކަށް މާބައިދޫގެ ސެޓަރު، ގައުމީ ޓީމުގެ ފާތިމަތު ޖޫޒާން ޒަރީރް ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ގަމުގެ މިންގްކްވާން މިސް ވިފާދާއެވެ.

އެންމެ މޮޅު ކޯޗަކީ މާބައިދޫގެ ކޯޗު، އަހުމަދު އަދީލް (ބޭބެ) އެވެ.

މުބާރާތުގެ ތިންވަނަ ހޮވި މެޗު އިއްޔެ ހަވީރު ކުޅެފައިވާ އިރު، އެމެޗު ގެންދިޔައީ ހުރައިންނެވެ. އެއީ ފުނަދޫ ކައިރިން ފަސް ސެޓަށް ކުޅެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި