Advertisement

100 އަހަރުވާން ކައިރިވެފައިވާ މަޝްހޫރު ސެންސީރޯ ތަޅާލަނީ

ސަތޭކަ އަހަރުވާން ކައިރިވެފައިވާ އިޓަލީގެ އެންމެ މަޝްހޫރު ދަނޑު ކަމަށްވާ ސެންސީރޯ ފުޓްބޯޅަ ދަނޑު ތަޅާލަން ނިންމައިފިއެވެ.

ނުވަދިހަ ނުވަ އަހަރުގެ މި ދަނޑު ތަޅާލަން ނިންމީ މިތަނުގައި ސެންސީރޯގެ ނަމުގައި އާ ސްޓޭޑިއަމެއް ބިނާ ކުރުމަށެވެ.

Advertisement

99 އަހަރު ވެފައިވާ އިޓަލީގެ ސަންސީރޯ ސްޓޭޑިއަމް – ފޮޓޯ: ބީބީސީ

މި ދަނޑަކީ އިޓާލީގެ އިންޓަ މިލާން އާއި އޭސީ މިލާނުގެ ދަނޑެވެ.

ސްޓޭޑިއަމާއި އެތަން ވަށައިގެންވާ ސަރަހައްދު މިހާރު ވަނީ މިލާނުގެ ދެ ކުލަބުން ގަނެފައެވެ. މި މުއާމަލާތް މާދަމާގެ ނިޔަލަށް ނިންމަން އަންގާފައިވާއިރު ތާރީހަށްވުރެ ކުރިން ވަނީ އެކަން ނިންމައިފައެވެ.

ބާރަ ގަޑިއިރުގެ ބަހުސަކަށް ފަހު ނެގި ވޯޓަކަށް ފަހު މިތަން އެ ދެ ކުލަބަށް ވިއްކާލަން ނިންމީ އިޓަލީގެ މިލާނުގެ ސިޓީ ކައުންސިލުންނެވެ. މި ސްޓޭޑިއަމް ވިއްކާލަން 24 މީހަކު ވޯޓުދިންއިރު ކައުންސިލްގެ 10 މީހަކު ވޯޓު ދިނީ މިކަން ކުރަން ނުފެންނަ ކަމަށެވެ.

ސެންސީރޯ ތަޅާލަން ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ސްޓޭޑިއަމް ބާ ވުމުންނެވެ. އަދި އިޓަލީ ކޯ ހޯސްޓް ކުރާ 2032 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް މި ދަނޑު އަލުން ހެދުމަށް ފަސޭހަވާނެތީއެވެ.

މި ދަނޑު 1925 ގައި ބިނާކުރިއިރު، ޖުމްލަ 75000 މީހުންގެ ޖާގަ ހިމެނެއެވެ. މި ދަނޑުގައި އިޓަލީގެ މުހިންމު މެޗުތަކެއް ކުޅެފައިވާއިރު ސްޓޭޑިއަމް ވަނީ ފަސް ފަހަރެއްގެ މަތިން މަރާމާތުކޮށްފައެވެ. މި ގޮތުން ސްޓޭޑިއަމުގެ ދެ ވަނަ ހަރުފަތް ބިނާކޮށްފައިވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި