Advertisement

ޗެލްސީގެ ދަނޑުގައި ބްރައިޓަންއަށް 3 ޕޮއިންޓް

ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ ދަނޑުގައި ކުޅެ، ފަހަތުން އަރައި ބްރައިޓަން މުހިންމު 3 ޕޮއިންޓެއް ހޯދައިފިއެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަނުން ޗެލްސީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނެވެ. މެޗުގެ 24 ވަނަ މިނިޓުގައި އެންޒޯ ފެނާންޑެޒް ޖެހި ގޯލުން ޗެލްސީން ލީޑު ނެގިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިތަނާހެން ޗެލްސީގެ ކުޅުންތެރިޔާ ޓްރެވޯ ޗަލޮބާއަށް ސީދާ ރަތް ކާޑެއް ދެއްކުމުން، ޗެލްސީން 40 މިނިޓަށް ވުރެ ގިނައިރު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

Advertisement

ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، ބްރައިޓަންއިން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ނަގަން ފެށިއެވެ. އަދި މެޗުގެ 77 ވަނަ މިނިޓުގައި ޑެނީ ވެލްބެކް ޖެހި ގޯލުން ނަތީޖާ އެއްވަރު ކުރިއެވެ. އިތުރު ވަގުތުގެ ތެރޭގައި ޗެލްސީގެ ދިފާއީ އޮނިގަނޑު ރަނގަޅު ނޫންކަން ހާމަވިއެވެ. މެޗުގެ 92 ވަނަ މިނިޓުގައި މެކްސިމް ޑެ ކުއިޕަރ ބްރައިޓަންއަށް ލީޑު ނަގައިދިން އިރު، 100 ވަނަ މިނިޓުގައި ޑެނީ ވެލްބެކް އަނެއްކާ ވެސް ގޯލެއް ޖަހައި، ބްރައިޓަންއަށް ހައިރާން ކުރުވަނިވި ކާމިޔާބީއެއް ހޯދިއެވެ.

މި ނަތީޖާއާއެކު ޗެލްސީ ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ. މިދިޔަ ހަފުތާގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެފައިވާއިރު، ޓޮޑް ބޯލީގެ ދަށުން ޗެލްސީން 2022 ވަނަ އަހަރުން ފެށިގެން ބްރައިޓަން އަތުން ލީގުގެ ހަތަރު މެޗުން ވެސް މޮޅެއް ނުވިއެވެ.

ހަ މެޗަށްފަހު، ޗެލްސީއާއި ބްރައިޓަން މިހާރު ލިބުނީ 8 ޕޮއިންޓެވެ. ދެޓީމު ވެސް ވަނީ ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ، ދެ މެޗުން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި