Advertisement

އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖެއިން 4 ޖާގަ ކަށަވަރުކޮށްފި

އަންނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖެއިން އިތުރު ދެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއާއެކު މިހާރު ރާއްޖެއިން މި އިވެންޓަށް ޖުމްލަ ހަތަރު ޖާގަ ކަށަވަރުކޮށްފައިވެއެވެ.

Advertisement

މި ދެ ޖާގަ ރާއްޖެއިން ކަށަވަރުކުރީ އިއްޔެ އިންޑިއާގެ ޓަމިލް ނަޑޫގައި ނިމިގެންދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މުޅި ސަރަހައްދުން އެންމެ ރަނގަޅު ހަތް ޓީމުގެ ތެރޭގައި ރާއްޖެ ހިމެނުމުންނެވެ. މި ކާމިޔާބީއާއެކު ރާއްޖޭގެ ފިރިހެނުންގެ ސާފިން ޓީމާއި އަންހެނުންގެ ސާފިން ޓީމަށް ވަނީ އޭޝިއަން ގޭމްސްގެ “ގޯލްޑަން ޓިކެޓް” ލިބިފަ އެވެ.

އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖެއިން ފުރަތަމަ ދެ ޖާގަ ކަށަވަރުކުރީ މިދިޔަ އަހަރު ކ. ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުންނެވެ. އެ ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެ ފުރަތަމަ މަޤާމު ހޯދައި، ފިރިހެނުންނާއި އަންހެނުންގެ ކެޓަގަރީއިން ވަކިވަކިން ޖާގައެއް ކަށަވަރުކުރި އެވެ.

އޭޝިއަން ގޭމްސްއަށް ކޮލިފައިވުމަށް ބެލެވުނީ ފާއިތުވި ދެ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ނަތީޖާއެވެ. މި ދެ ޗެމްޕިއަންޝިޕްގައި އަންހެނުންނާއި ފިރިހެނުންގެ އޯޕަން ކެޓަގަރީއަށް ބައިވެރިވި ކޮންމެ ގައުމަކަށް ދެ ޖާގަ ހަމަޖެއްސުމާއެކު، ޖުމްލަ 48 ޖާގަ (ފިރިހެނުންނަށް 24، އަންހެނުންނަށް 24) ކަނޑައަޅާފައިވެއެވެ.

މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ބައިވެރިވި 17 ޤައުމުގެ ތެރެއިން ރާއްޖޭގެ ފިރިހެނުންގެ ގައުމީ ސާފިން ޓީމު ހަތް ވަނަ މަގާމު ހޯދިއެވެ. އެގޮތުން ރާއްޖެއާއި ޗައިނާ 1,160 ޕޮއިންޓާއެކު ހަތް ވަނަ މަގާމުގައި އެއްވަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި