Advertisement

މިފަހަރުވެސް މިއާމީ މޮޅުކޮށްދިނީ މެސީ

އެމެރިކާގެ އެމްއެލްއެސްގައި މިއަދު ކުޅުނު މެޗުގައި ނޭޝްވިލް އަތުން 2-1 އިން އިންޓާ މިއާމީ މޮޅުވެއްޖެއެވެ.

މިއާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ މިއާމީއިންނެވެ. މި ލަނޑަކީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުގެ ސުޕަރސްޓާ ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑު މެސީ ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ގޯލަކީ ހިލޭ ޖެހުމަކުން މެސީ ކާމިޔާބު ކުރި 69 ވަނަ ގޯލެވެ.

Advertisement

ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ނޭޝްވިލް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހެނީ މުހްތަރްއެވެ.

މިއާމީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނޭޝްވިލްގެ ގޯލްކީޕަރު ޖޯ ވިލިސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މެސީ ކާމިޔާބު ކުރި ލަނޑެކެވެ. މި މެޗުގައި މެސީ ކާމިޔާބު ކުރި ދެ ގޯލާއެކު އޭނާ ވަނީ އެމްއެލްއެސްގައި އެންމެ ފަހުން ކުޅުނު 5 މެޗުގެ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.

މެސީގެ ދެ ގޯލުން މިއާމީ ވަނީ ތިން ޕޮއިންޓު ހޯދާ, ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. މިއާމީ ފަސްވަނައިގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 38 ޕޮއިންޓާ އެކުގައެވެ. ނޭޝްވިލް އޮތީ 22 މެޗުން ލިބުނު 41 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި