Advertisement
އެފްއޭއެމުގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކަވަނީ-- ފޮޓޯ: އެފްއޭއެމް

ފުޓްސަލްއަށް ހާއްސަ މުބާރާތެއް އެފްއޭއެމުން އިއުލާނުކުރަނީ

މި ސީޒަނުގައި ފުޓްސަލްއަށް ހާއްސަ މުބާރާތެއް އިއުލާނުކުރާނެކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ސާފް ސަރަހައްދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގައި ހޯދި ތާރީހީ ކާމިޔާބީއަށްފަހު ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ ފުޓްސަލް އިތުރަށް ތަރައްގީކުރުމަށް ބޭރުގެ ކޯޗުންގެ އެހީތެރިކަމާއެކު އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރަން ނިންމާފައިވާ ކަމަށެވެ.

Advertisement

މީގެއިތުރުން ޓޮމް ވަނީ ޓީމުގެ އެއްބައިވަންތަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޓީމެއްގެ ގޮތުގައި ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށާއި މި ކާމިޔާބީއަކީ ފުޓްސަލް ކޮމިއުނިޓީއާއެކު މުސްތަގްބަލަށް އެޅުނު އެންމެ ވަރުގަދަ އެއް ފިޔަވަޅު ކަމަށް ޓޮމް ވިދާޅުވިއެވެ.

“މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ފަރިތަކުރުން ފެށިއިރު ކުޅުންތެރިންގެ ހުނަރު ރަނގަޅުކަން ފާހަގަކުރަން، ބޭރު ކޯޗަކާއެކު ކުޅުންތެރިން ބޭނުންކޮށް، ފުރުސަތު ދެވިއްޖެނަމަ ތަށި ނެގިދާނެކަން އެނގުނު، ވަރަށް ޑިސިޕްލިންކޮށް ކުޅުންތެރިން ފެނުނީ، ތަށި ހޯދަން މުޅި ޓީމު ކުރި މަސައްކަތް ފާހަގަކުރަން” ޓޮމް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގައި ފުޓްސަލްގެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތް ބޭއްވި ނަމަވެސް ރާއްޖޭގައި ފުޓްސަލްގެ ސިފައިގައި ކުޅެމުން އަންނަތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކޮށް ޓޮމް ވިދާޅުވީ ޓްރެއިނިން ނުދެވި ބޮޑެތި މުބާރާތްތަކުގައި ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅެން ދިއުމުން އެންމެ އެކަށީގެންވާ ނަތީޖާ ނުނިކުންނަ ކަމަށެވެ. އަދި ތައްޔާރުވެގެން ކުރިމަތިލާނަމަ ތަފާތު ފެންނަކަން ހާމަވެގެންދިޔަ ކަމަށް ޓޮމް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ފުޓްސަލް ތާރީހުގައި ހޯދި ބައިނަލްއަޤްވާމީ ފުރަތަމަ ތައްޓެވެ. އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ ފުޓްސަލްގެ މުބާރާތެއް ބާއްވަން އިއުލާނުކޮށްފައެވެ. އޭރު ފުޓްސަލް ކޮމިއުނިޓީގެ ޕްރެޝަރާއެކު ބައްސާމު މަސައްކަތްކުރީ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުތަކުގެ ނަމުގައި ފުޓްސަލް ޓީމުތަކެއް ނެރޭށެވެ. ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެނުނެވެ. ނަމަވެސް ޓޮމްގެ ޕްލޭނާއެކު މި ދައުރުގައި ވަނީ ފުޓްސަލްއަށް ހާއްސަ، ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި