Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ބޮޑު ތަފާތަކުން ރާއްޖޭން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ތައިލެންޑުގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފައި ވަނީ 6-1ގެ ނަތީޖާއަކުންނެވެ.

Advertisement

ރާއްޖޭގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި)އެވެ. ރާއްޖެއިން މި މުބާރާތުގައި ފުރަތަމަ ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިމްރާން ވަނީ 2 ގޯލު ޖަހާދީފައެވެ. ރާއްޖޭގެ ދެވަނަ ލަނޑު އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން އިރު، މެޗުގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރާހިލް ރަޝީދުއެވެ. މިއީ ރާހިލްގެ ފުރަތަމަ ބައިނަލްއަގުވާމީ ގޯލެވެ.

މި މެޗުގައި ރާއްޖެއިން ޖެހި ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝިޔާހް (ޝިޔާ) އެވެ. ބަންގްލަދޭޝްގެ ކުޅުންތެރިއެއް އެޓީމުގެ ގޯލު އޭރިއާ ތެރެއިން ގަސްތުގައި ބޯޅާގައި އަތްލުމުގެ ސަބަބުން ލިބުން މި ޕެނަލްޓީ ޝިޔާ ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މިގޯލާއި އެކު ފުރަތަމަ ހާފު ނިމުނީ 4-1 ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުން ވެސް ގެންދިޔައީ ގޯލު ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ރާއްޖޭގެ ފަރާތުން ބަންގްލަދޭޝްގެ ގޯލަށް ގިނަ ނުރައްކާތެރި ހަމަލާތަކެއް އަމާޒުކުރަމުން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 9 ވަނަ މިނެޓުގައި ކެޕްޓަން އިމްރާން ވަނީ ރާއްޖެއަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބުކޮށްދިން ދެވަނަ ގޯލެވެ. ރާއްޖޭގެ ހަވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުالله ޝާފިއުއެވެ.

ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ދެން މި މުބާރާތުގައި 20 ވަނަ ދުވަހު ނިކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ. މިމެޗު ފެށޭނީ ރާއްޖެ ގަޑިން 15:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި