ޓޮޓެންހަމް ހޮޓްސްޕާ އިން، ވެސްޓް ހޭމް ޔުނައިޓެޑްގެ ގާނާގެ މިޑްފީލްޑަރ މުޙައްމަދު ކުޑޫސް 55 މިލިއަން ޕައުންޑަށް ސޮއިކޮށްފިއެވެ.
މި ޓްރާންސްފާ ކުޑޫސްގެ ވޯކް ޕާމިޓް ލިބުމުން ރަސްމީކޮށް ނިމޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓޮޓެންހަމުން ކުޑޫސް އާއި އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުން 2031 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ. ވެސްޓް ހޭމްއިން މިދިޔަ ހަފްތާގައި ޓޮޓެންހަމުން ކުޑޫސް ގަތުމަށް ހުށަހެޅި ފުރަތަމަ 50 މިލިއަން ޕައުންޑުގެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ. އަދި ކުޑޫސްގެ ކޮންޓްރެކްޓްގައި 85 މިލިއަން ޕައުންޑުގެ ރިލީޒް ކްލޯޒެއް ހިމެނިފައިވެއެވެ.
24 އަހަރުގެ ކުޑޫސް ވެސްޓް ހޭމްގައި ޕްރިމިއާ ލީގުގެ 65 މެޗު ކުޅެ، 13 ގޯލު ޖަހައި އަދި 9 އެސިސްޓް ކޮށްފައިވެއެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އަޔެކްސްއިން 38 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ވެސްޓް ހޭމްއަށް ބަދަލުވި ފަހުން، ކުޑޫސް ވަނީ އެ ޓީމުގެ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ވެސްޓް ހޭމްގައި ކުޅުނު ފުރަތަމަ ސީޒަންގައި އޭނާ 14 ގޯލު ޖަހާފައިވާއިރު، އޭގެ އިތުރުން 9 އެސިސްޓް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު