Advertisement

އަތޮޅު މުބާރާތްތަކާއި އަންހެން ފުޓްބޯޅަ މުބާރާތަށް ފީފާ އިން އެހީވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށަން އުޅޭ އަތޮޅު މުބާރާތާއި އަންހެން ފުޓްބޯޅަ މުބާރާތަށްވެސް ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އެހީވާން ނިންމައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ފީފާގެ ވެބްސައިޓުގައެވެ.

Advertisement

އެފްއޭއެމުން ފަށަން އުޅޭ އަތޮޅު ފުޓްބޯޅަ މުބާރާތަށް ދުނިޔޭގެ ފުޓްބޯލަ ޖަމިއްޔާއިން ފީފާއިން ވަނީ 266000 ޑޮލަރު ދޭން ނިންމާފައެވެ. އަދި މީގެ އިތުރުން އަންހެން ފުޓްބޯޅަ މުބާރާތަށްވެސް ފީފާގެ އެހީތެރިކަން ލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އަތޮޅު ތެރޭގެ 49 ޖަމިއްޔާއަކުން ވާދަ ކުރާ މުބާރާތް ފަށަން މިހާރު އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ. މި މުބާރާތުގެ އަތޮޅު ބުރަށް ފަހު ޒޯން ބުރު ކުޅެ އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމެއް ކޮލިފައިވާނެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު އަންހެން ފުޓްބޯޅަ މުބާރާތް ފަށަން އެފްއޭއެމުން މިހާރު ވަނީ ނިންމާފައިވާއިރު، މި މުބާރާތަށް ވެސް ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.

އިންފަންޓީނޯގެ ދަތުރުގައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް ވަނީ މަޝަވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި