Advertisement
ދ. މީދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ފުޓްސަލް މެޗެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ފީފާ ރައީސްގެ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އިންފަންޓީނޯގެ މި ދަތުރުގައި ރައީސް ޑރ. މުއިއްޒު އާއި އިންފަންޓީނޯގެ ހާއްސަ ފުޓްބޯޅަ މެޗެއް އޮންނާނެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކުރި ގޮތުގައި އިންފަންޓީނޯ މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގައި ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

Advertisement

މީގެ އިތުރުން އެފްއޭއެމުން ބުނީ މި ދަތުރުގައި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މި މެޗުގައި ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އާއި އެފްއޭއެމް ރައީސް އަހުމަދު ތޯރިގް

މެޗު އޮންނާނީ މާދަމާ ހަވީރު ގަލޮޅު ދަނޑުގައެވެ. މި މެޗު ބެލުމުގެ ފުރުސަތު ކުޅިވަރަށް ލޯބިކުރާ އެންމެންނަށް ވަނީ ހުޅުވާލައިފައެވެ.

އިންފަންޓީނޯގެ ޝަރަފުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގައި ރާއްޖޭގެ އެކަޑަމީ ތަކާއި ޔޫތު ޓީމުތަކުގެ ހުނަރު ދައްކާލުން އޮންނާނެކަމަށް އެފްއޭއެމްއިން ބުނެއެވެ.

މިއީ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ މަގާމާ އިންފަންޓީނޯ 2015 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ނަވާރަ އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ދަތުރެއް ކުރާއިރު، މި ދަތުރުގައި އިންފަންޓީނޯ އެފްއޭއެމްގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ވެރިންނާއި ރާއްޖޭގެ ކުލަބުތަކާއި ބައްދަލު ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބެއެވެ.

ފީފާގެ ރައީސަކު އެންމެ ފަހުމް ރާއްޖެއަށް ދަތުރެއް ކޮށްފައިވަނީ 2006 ވަނަ އަހަރު އޭރުގެ ފީފާ ރައީސް ސެޕް ބްލެޓާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި