Advertisement

އެމްޑީޕީ އިން ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރަމުންދާ މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް އިހުތިޖާޖު ކޮއްފި

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް އެމްޑީޕީން ޗާންދަނީމަގު-މަޖީދީ މަގު ކަންމަތީގައި އިހުތިޖާޖު ކޮއްފި އެވެ.

މިރޭ ބޭއްވި މި މުޒާހަރާ ފެށިފައި ވަނީ ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތިންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ “މީޑިއާ ބިލް ބޭރުކުރޭ!” އަދި “ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރޭ!” ފަދަ ގޮވާލުންތައް ގޮވަމުން ގުގުމާލާފައެވެ.

Advertisement

މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދުގައި އެއްވެ ނުތިބެވޭނެ ކަމަށް އަންގައި، ފުލުހުން ވަނީ އެއްވުން ރޫޅާލާފައެވެ.

އެހެންނަމަވެސް، މީޑިއާ ބިލާ ދެކޮޅަށް ކުރާ އިއުތިޖާޖުތައް ހުއްޓުމަކަށް ނާންނާނެ ކަމަށް މުޒާހަރާގެ ބައިވެރިން އަޑުހަރުކޮއް ގޮވަމުންދެއެވެ.
މެމްޖޭއޭ (މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭސަން) އިން ވަނީ މާދަމާ ހެނދުނު 08:30 ގައި މީޑިއާ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖްލިސް ކައިރީގައި އިއުތިޖާޖު ކުރުމަށް ނިންމާފައެވެ. މި ބިލަކީ މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާނެ ބިލެއް ކަމަށް ނޫސްވެރިންނާއި އާނމުން ވެސް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މީދޫ ކައުންސިލުގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓު ސުހާ ކާމިޔާބުކުރައްވައިފި

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި