Advertisement

މީދޫ ކައުންސިލުގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓު ސުހާ ކާމިޔާބުކުރައްވައިފި

ނިމިދިޔަ ލޯކަލް ކައުންސިލު އިލެކްޝަނުގައި އިންތިހާބަށްފަހު ވޯޓު ގުނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ވޯޓު ބާތިލުކުރި ދ.މީދޫ ކައުންސިލު ރައީސްގެ ގޮނޑީގެ އިތުރުބުރުގެ އިންތިހާބު ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރެއްވި ސުހާ އިބްރާހީމް ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިހާބުގައި ސުހާއާ ވާދަކުރެއްވީ މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސްގެ ކެންޑިޑޭޓު މުހައްމަދު ޝާހިދެވެ. ހެނދުނު 8:00 ގައި ފެށި އިންތިހާބުގައި 1،049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މީދޫގައި ދެ ފޮށި އަދި މާލޭގައި ފޮށްޓެއް ބަހައްޓާފައިވެއެވެ.

Advertisement

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ސުހާއަށް 529 ވޯޓު ލިބިވަޑައިގަތެވެ. ޝާހިދަށް ލިބިވަޑައިގެންފައިވަނީ 449 ވޯޓެވެ.

މި އިންތިހާބު ބާއްވަންޖެހުނީ މީގެ ކުރިން ބޭއްވި އިންތިހާބުގައި ޝާހިދަށް 392 ވޯޓު އަދި ސުހާއަށް 393 ވޯޓު ލިބިވަޑައިގެންފައިވަނިކޮށް އެމްޑީއޭއިން އެދިގެން އަލުން ވޯޓު ގުނިއިރު ސުހާއަށް ލިބުނު ދެވޯޓު ބާތިލުކަމަަށް ކަނޑައެޅުމާ ގުޅިގެން ޕީއެންސީއަށް ހުށަހެޅި މައްސަލައެއްގައި ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

ހައިކޯޓުން ނިންމާފައިވަނީ ބާތިލުކަމަަށް ކަނޑައެޅި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. ކޯޓުގެ އެ ނިންމުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 392 ވޯޓެވެ. އެއާއެކު އަލުން ވޯޓު ނެގުމަށް ނިންމީއެވެ.

މިއަަދުގެ އިންތިހާބު ސުހާ ކާމިޔާބުކުރެއްވިއިރު މީގެ ކުރިން ބުރުގައި އެ ރަށު ކައުންސިލުގެ މެންބަރުކަމަށް ހޮވިވަޑައިގެންފައިވާ ހުސައިން ރަޝީދާއި، ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރި ގޮނޑި ކާމިޔާބުކުރެއްވި މިސްކާ އަބްދުއް ރަހްމާނަކީވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އެހެންކަމުން މީދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއްވެސް މިހާރު ކާމިޔާބުވެފައިވަނީ ޕީއެންސީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސިންގަލް-ޔޫސްޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރަން ގަވާއިދެއް

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި