Advertisement
ސައުތު އޭޝިއަން ސުޕަކަޕު 2025 ގެ ތަށި ރާއްޖޭގެ ގައުމީ ޓީމުން އުފުއްލާލަނީ-- ފޮޓޯ: ސްރީލަންކާ ފުޓްބޯލް

ގައުމީ ޓީމަށް ރަސްމީކޮށް މަރުހަބާ ކިޔުން މިއަދު ހަވީރު މާލޭގައި

ސައުތް އޭޝިއަން ސުޕަކަޕް 2025 ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ އާއި ގުޅިގެން ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު މާލޭގައި ހަފްލާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ މި ހަފްލާ އޮންނާނީ މިއަދު ހަވީރު 15:45 ގައި ގަލޮޅު ދަނޑުގައެވެ.

Advertisement

ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ މި ހަފްލާއަށް ވީހާވެސް ގިނަ ފަރާތްތަކުން އައުމަށް ކުޅިވަރު ވުޒާރާއިން ވަނީ އެދިފައެވެ.

މިއަދު ހަވީރު އޮންނަ މި އިވެންޓުގައި މުބާރާތުގެ ތައްޓާއެކު ފޮޓޯ ނެގުމާއި، ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އޮންނާނެއެވެ.

ގައުމީޓީމު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ގައުމީ ޓީމަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ދެންނެވުމަށް ވެސް ކުޅިވަރު ވުޒާރާއިން ވަނީ ނިންމާފައެވެ.

ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާފައިވަނީ 4-1 ގެ އެގްރިގޭޓުގެ ނަތީޖާއަކުންނެވެ. ރާއްޖެއާއި ލަންކާ، ދެ ޓީމު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން މިއަދު ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި