Advertisement

ަނެޝަނަލް ޝޫޓިންގ ސްޕޯރޓްސް ޗެމްޕިއަންޝިޕް 2025 ޢާއްމުކޮށް ހުޅުވާލައިފި

ނެޝަނަލް ޝޫޓިންގ ސްޕޯރޓްސް ޗެމްޕިއަންޝިޕް 2025 ، މުބާރާތް ވަބީ ޢާއްމުކޮށް ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިފިއެވެ. މިއީ ޝޫޓިންގ އެސޯސިއޭޝަނުން މިގޮތަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ 2 ވަނަ މުބާރާތެވެ. ނެޝަނަލް ޝޫޓިންގ ސްޕޯރޓްސް 2025 އަކީ ދިވެހިރާއްޖޭގައި ޝޫޓިންގ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާން އެތްލީޓުން ތަމްރީނުކޮށް ކުރިއެރުވުމަށް ބާއްވާ ޤައުމީ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެމްބަރ 2025 ގައި ސޯޝަލް ސެންޓަރ ހަރުގޭގައެވެ.

Advertisement

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

1. ޕްރޮފެޝަނަލް ކެޓަގަރީ  ( ޤައުމީޓީމުގައި ހިމެނޭޝޫޓަރުންނާއި، ކުރިން ޤައުމީޓީމުގައި ހިމެނި ރާއްޖޭންބޭރު މުބާރާތްތަކުގައި ބައިވެރިވެފައިވާ ޝޫޓަރުންގެ އިތުރުން ، އަދި މި       ކެޓަގަރީގައި ޖެހުމަށް ބޭނުންވާ ހުރިހާ ޢުމުރުފުރާއަކަށް)
2. އޯޕަން ކެޓަގަރީ: 12 އަހަރުން މަތީ ހުރިހާ ޢުމުރުފުރާ އަކަށް (ޢާޢްމުކޮށް ހުޅުވާލެވިފައި)
3. ޖޫނިއަރ ކެޓަގަރީ: 16 އަހަރު ފުރި، 31 ޑިސެމްބަރ 2025 އަށް 21 އަހަރު ނުފުރޭ
4. ޔޫތު ކެޓަގަރީ: 12 އަހަރު ފުރި، 31 ޑިސެމްބަރ 2025 އާއި ހަމައަށް 16 އަހަރު ނުފުރޭ

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ  25 އޮގަސްޓް 2025 (މިރޭ) ދުވަހުގެ 23:59 ގެކުރިންނެވެ. މި މުބާރާތް ފެއްޓުމުގެ ކުރިން މުބާރާތުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ފަރިތަ ކުރުމުގެ އިންތިޒާމާއި ކޯޗުންގެ ޚިދުމަތް ހަމަޖެހިގެންދާނެއެވެ. މުބާރާތުގެ ފަރިތަކުރުންތައް ކުރިއަށްދާނެ ގޮތާއި ، ރޭންޖް ބުކިންގ ހައްދާނެ ގޮތުގެ ތަފްޞީލް މުބާރާތުގެ ޤަވާޢިދުގައި ހިމަނާފައިވާނެއެވެ. އޮގޮތުން ވޭތިވެދިޔަ އަހަރު މި އެސޯސިއޭޝަނުން ބޭއްވި ނެޝަނަލް ޝޫޓިންގ ސްޕޯރޓްސް ޗެމްޕިއަންޝިޕް 2024 އަކީވެސް ޢާއްމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަ މުބާރާތެކެވެ.

އެގޮތުން އެ މުބާރާތުގައި ބައިވެރިވުމަށް 400 އަށް ވުރެ ގިނަ ބައިވެރިންވަނީ ކުރިމަތިލާފައެވެ. ނަމަވެސް ޖާގައިގެ ދަތިކަމުން ފުރުޞަތު ދެވިފައިވަނީ  370 މީހުންނަށެވެ. މިފަހަރުގެ މުބާރާތަކީވެސް ޢާއްމުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބިގެންދާނެ މުބާރާތެކެވެ. އެގޮތުން މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ދަނީ މި މުބާރާތައް އެޕްލައިކުރަމުންނެވެ. އެގޮތުން މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތާއި މުބާރާތުގެ ޤަވާޢިދާއި މުބާރަތުގެ އެޕްޕްލިކޭޝަން ފޯރމް އަދި މުބާރާތުގެ އޮފިޝަލް ޓީޝާޓް މި ލިންކު https://shorturl.at/3AVd7 މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި