Advertisement

ތޮއްޑޫ މާސްޓާސް އިންޓަނޭޝަނަލް ޓީޓީ މުބާރާތް ރައީސް ފައްޓަވައި ދެއްވައިފި

ޓޭބަލް ޓެނިސްގެ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ވެޓަރަންސް ބައިނަލްއަގްވާމީ މުބާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގައި މިއަދު ފައްޓަވައި ދެއްވައިފިއެވެ.

ޓީޓީގެ ލެޖެންޑް އަދި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހުމަދު ލަތީފު (ސީވީޑް) އިސްކޮށް ހުންނަވައި، އޭނާގެ އާއިލީ ކްލަބް “އިހާ އެކަޑަމީ” އާއި ތޮއްޑޫ ކައުންސިލު ގުޅިގެން ބާއްވާ، ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތަކީ ޓީޓީގެ ވެޓަރަންސް ކެޓަގަރީ އަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ.

Advertisement

އއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު ތޮއްޑު އަށް ވަޑައިގެން އެ މުބާރާތް އިފުތިތާހު ކޮށްދެއްވައި އެ ހަފުލާގައި ވެސް ބައިވެރިވެ ވަޑައިގަތުމަކީ، ސީވީޑް ލަތީފު ވިދާޅުވިގޮތުގައި ރާއްޖޭގެ ޓީޓީ އާއި ދިވެހި ކުޅިވަރަށް އެ މަނިކުފާނު ދެއްވާ އަހަމިއްޔަތުކަން ހާމަވާ ކަމެކެވެ.

އޭނާ ވިދާޅުވީ އެއީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތަށް ހަދަން މަސައްކަތް ކުރައްވާ ކަމަށެވެ.

މި މުބާރާތުގައި 17 ގައުމަކުން 75 ކުޅުންތެރިން ވާދަކުރެ އެވެ. އުމުރުން 35 އަހަރުން ފެށިގެން 75 އަހަރާ ދެމެދު އުމުރުގެ ކުރީގެ ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ.

ލަތީފު ވިދާޅުވިގޮތުގައި، ދުނިޔޭގެ މުބާރާތުގެ ޗެމްޕިއަނުންނާއި ސަރަހައްދީ އަދި ބައްރުތަކުގެ މުބާރާތުގެ އިތުރުން އެކި ގައުމުތަކުގެ ގައުމީ ޗެމްޕިއަންކަން ހޯދި ކުރީގެ ކުޅުންތެރިން މުބާރާތުގައި ބައިވެރިވެއެވެ.

މުބާރާތަށް ސްޕޯޓްސް މިނިސްޓްރީން ދިން އެހީތެރިކަން ލަތީފު ފާހަގަ ކުރެއްވިއެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ތޮއްޑޫ މާސްޓާސް މުބާރާތަކީ ރަށްރަށުގައި ވެސް ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެކަން ހާމަކޮށްދޭ މުބާރާތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް މާލެ ސަރަހައްދުގައި މީގެ ކުރިން ބޭއްވި ނަމަވެސް ރާއްޖޭގެ އަތޮޅުތަކުގައި އެފަދަ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ތޮއްޑޫ ސްކޫލު ހޯލްގައި ކުޅޭ މުބާރާތުގެ މެޗުތަކުގެ ކުޅުން މިއަދު ފަށާނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި