Advertisement

އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީ އަށް ރަން މެޑަލް

މެލޭޝިއާގެ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގެ އޯޕަން ކެޓަގަރީގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ރަން މެޑަލް ހޯދައިފި އެވެ.

ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން މިދިޔަ މެއި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމައި، ރާއްޖެ ސަސްޕެންޑްކުރިކަން އަންގައި، އިއުލާނުކުރީ އެ މަހު 20 ވަނަ ދުވަހު އެވެ.

Advertisement

ބީއޭއެމް ސަސްޕެންޑްކުރިކަން އަންގައި، ބީޑަބްލިއުއެފް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަސްޕެންޝަނުގައި މި އޮތް މުއްދަތުގައި، ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ކުޅުންތެރިން މި ވަގުތު ކުޅެނީ، ބީޑަބްލިއުއެފް ލެވަލް ނޫން މުބާރާތްތަކުގަ އެވެ.

މުބާރާތުގެ ފޯމެޓް އޮތްގޮތުން ކުޅެނީ، 31 ޕޮއިންޓުން ނިމޭ ގޮތަށް އެއް ސެޓަށެެވެ.

އަންހެން ޑަބަލްސް ފައިނަލުގައި ނަބާ އާއި ނަބީ މޮޅުވީ، 31-19 އިން، ސްރީ ލަންކާގެ އަޗިނީ ނިމެޝިކާ އާއި މެލޭޝިއާގެ ނޯރު އައިދާގެ ޕެއާ އަތުންނެވެ.

މެލޭޝިއާ މުބާރާތުގެ މި ކާމިޔާބީއާ އެކު، މިހާތަނަށް، ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓުން، ހަތަރު ރަން މެޑަލާއި، ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު ޕެއާއެވެ.

މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށްދާ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާނީ، ރިވައިވަލްގެ ކޮންޓްރެކްޓްގައި ހުރި، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ހަސަން ޒަޔާން މުހައްމަދު އެވެ. ފިރިހެން ސިންގަލްސްގައި ޒަޔާން އާއި ނިބާލް އަދި ހަސަން ޒަޔާންގެ މެޗުތައް އޮތީ މާދަމާ އެވެ. އަދި، މިކްސް ޑަބަލްސްގައި، ޒަޔާން އާއި ނަބާގެ ޕެއާ އިން ސެމީ ފައިނަލުގައި، ނިބާލް އާއި ނަބީގެ ޕެއާާއާ ކުޅޭ މެޗު ވެސް މާދަމާ އޮންނާނެއެވެ.

މީގެ އިތުރުން ފިރިހެން ޑަބަލްސްގައި، ޒަޔާން އާއި ނިބާލްގެ ޕެއާ އިން ސެމީ ފައިނަލުގައި ކުޅޭ މެޗު ވެސް އޮތީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި