ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ދިވެހިރާއްޖޭގައި ސިންގަލް – ޔޫސްޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރަން ގަވާއިދެއް އެކުލަވާލައިފިއެވެ.
މިއީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރާއި ބާރުގެ ދަށުންރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުން މަނާކޮށްފައިވާ ސިންގަލް – ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އެތެރެކުރުން ނުވަތަ ބާޒާރަށް ނެރުން ހުއްޓުވުމާއި، ފިޔަވަޅުއެޅުމަށް ހަދފައިވާ ގަވާއިދެކެވެ. މި ގަވާއިދު ތަންފީޒުކުރާނ،ީ އެންވަޔަރަންމަންޓް މިނިސްޓްރީންނާއި އޮތޯރިޓީންނާއި މޯލްޑިވްސް ކަސްޓަމްސްސަރވިސްއިންނެވެ.
ދިވެހިރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ތިމާވެށްޓަށް ގެއްލުންދޭސިންގަލް – ޔޫސް ޕްލާސްޓިކު 2030 ގެ ނިޔަލަށް މަދުކުރުމަށް ޓަކައި، އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނައް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެތެރޭގައި މިނިސްޓްރީން އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައިޝާއިޢުކުރާނެ ކަަމަށެވެ.
ސިންގަލް – ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ފަރާތްތަކުން މި ގަވާއިދާއެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޓަކައި، ސިންގަލް – ޔޫސް ޕްލާސްޓިކު އުފައްދާ އަދިބާޒާރަށް ނެރޭ ތަންތަން، ބަލައިފާސްކުރުމުގެ އިޚުތިޔާރު، އޮތޯރިޓީއަށް ނުވަތަ އެއޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
ގެޒްޓްގައިވަނީ ގަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު، އެ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާނެ ކަމަށާއި ގަވާއިދާ ޚިލާފުވާ ދެވަނަފަހަރު، އަދި އޭގެ ފަހުން ގަވާއިދާ ޚިލާފުވުންތަކުރާރުކޮށްފި ކަމުގައި ވާ ނަމަ، އެ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، އެތެރެކޮށްފައިވާ އެއްޗެއް ނުވަތައުފައްދައިފައިވާ އެއްޗެއް ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ އަދަދަށްބަލައި، ކޮންމެ އެއްޗަކަށް (150/-) ރުފިޔާއަށް ވުރެބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެ ކަމަށެވެ. އަދި ކުރާ ޖޫރިމަނާގެ ޖުމުލަ އަދަދު (100,000/-) ރުފިޔާއަށް ވުރެ ގިނަވެގެން ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު