ބޭނުންވާ ތަކެތި
-
1 ޖޯޑު ކްރީމް ޗީޒް
-
1 ޖޯޑު ސަވާ ކްރީމް
-
1 ސައިސަމުސާ ވެނީލާ އެސެންސް
-
3 ބިސް
-
2 މޭޒުމަތީ ސަމުސާ ބަޓަރު
-
100ގ މާރީ ބިސްކޯދު (މުގުރާފައި، ބޭނުން އެހެން ވައްތަރެއްގެ ބިސްކޯދު ވެސް ރަނގަޅުވާނެ)
ތައްޔާރު ކުރާނެ ގޮތް
މުގުރާފައި ހުރި ބިސްކޯދާއި ބަޓަރުކޮޅު އެއްކޮށްލާށެވެ. އަދި 9 އިންޗި ޓްރޭއެއްގައި ފަތުރާލާށެވެ.
ބޯތައްޓެއްގައި ކްރީމްޗީޒް އާއި ސަވާ ކްރީމް އެއްކޮލާށެވެ. އަދި އޭގެ ތެރެއަށް ހަކުރު އަޅާށެވެ. ރަނގަޅަށް އެއްވުމުން ބިހާއި ވެނީލާ ވެސް އަޅާފައި ކްރީމްއަށް ވަންދެން ވިސްކަކުން މިކްސް ކޮށްލާށެވެ.
ދެން ބިސްކޯދުތައް މައްޗަށް އަޅާލާށެވެ. އަދި ބޮޑު ޓްރޭއަކަށް ފެން އަޅާފައި ކްރީމް އެޅި ޓްރޭ އޭގެ ތެރެއަށް ލާށެވެ. އަވަނުން 25 މިނެޓް ވަންދެން ސްޓީމްކޮށްލާށެވެ



ކިޔުންތެރިންގެ ހިޔާލު