Advertisement

ރެސިޕީ: ޗޮކޮލެޓް މޫސް

ޗޮކޮލެޓަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ މީރު އެއްޗެކެވެ. އަދި ޗޮކޮލެޓުން މޫސް ތައްޔާރު ކޮށްލުމުން އަނގަޔަށް ވިރިގެންދާ ކަހަލަ އިހްސާސެއް ކުރެވިގެންދާނެއެވެ.

ބޭނުންވާ ތަކެތި:

4 ބޮޑު ބިސް

Advertisement

6 އައުންސް ޑާކް ޗޮކްލެޓް (ކޮށާފައި)

6 އައުންސް އަންސޯލްޓެޑް ބަޓަރ

1/4 ތަށި އެސްޕްރެސޯ

1/2 ތަށި + 1 މޭޒުމަތީ ސަމުސާ ހަކުރު

1 ސައި ސަމުސާ ވެނިލާ އެސެންސް

ޓޮޕިންގް އަށް ބޭނުންވާ ތަކެތި

1 ތަށި ހެވީ ވިޕިންގ ކްރީމް

1 މޭޒުމަތީ ސަމުސާ ހަކުރު

1/2 ސައި ސަމުސާ ވެނިލާ އެސެންސް

8 ސްޓްރޯބެރީ (ފަޅާފައި)

ތައްޔާރު ކުރާނެ ގޮތް

1) ތައްޓަކަށް ކޮށާފައިވާ ޗޮކްލެޓް، ބަޓަރ، އަދި ކޮފީ އެޅުމަށްފަހު، ހޫނު ފެން އެއްޗަކަށް ލައިގެން ހަލުވަމުން ޗޮކޮލެޓް މެލްޓް ކުރާށެވެ. ޗޮކޮލެޓް މެލްޓް ވުމުން ހޫނު ފެން އެތިން ތަށި ނަގާށެވެ.

2) ބިހުގެ ރީނދޫބައި ވަކިކޮށްލުމަށްފަހު، 1/2 ޖޯޑު ހަކުރާއި 1 ސަމުސާ ވެނިލާ އެސެންސް ތައްޓަކަށް އަޅާލާށެވެ. މި ތަށި ހޫނުފެން އެއްޗަކަށް ލުމަށްފަހު ބިހުގެ ކުލަ ކުލަ އަލިވަންދެން ރަނގަޅަށް ހަލުވަމުންދާށެވެ.

3) ރަނގަޅަށް އެކުވުމުން، ޗޮކޮލެޓް މިކްސްޗަރ އާއި ބިސްމިކްސްޗަރ ސަމުސަލަކުން އެކުލަވާލާށެވެ.

4) ބިހުގެ ހުދުބައި ތަށްޓަކަށް އަޅައި ހޭންޑްމިކްސްސަރުން ފޯމް ގޮތަށް ވަންދެން މިކްސްކުރާށެވެ. މަޑުމަޑުން 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާލުމަށްފަހު، އެކުލަވާލާށެވެ.

5) ދެން ތައްޔާރު ކުރި ބިހުގެ ހުދުބައި ޗޮކޮލެޓް މިކްސްއަށް އަޅަމުން ސަމުސަލަކުން އެއްކުރަމުންދާށެވެ.

6) ތައްޔާރު ކުރި ތަށި ތައްޓަށް އަޅާލުމަށް 2 ގަޑިއިރުވަންދެން ފިނި ކޮށްލާށެވެ.

7) ޓޮޕިންގްސް ތައްޔާރު ކުރުމަށް، ހެވީކްރީމް، ހަކުރު، ވެނީލާ އެސެންސް ތައްޓަކަށް އެޅުމަށްފަހު، ހޭންޑް މިކްސްސަރުން ރަނގަޅަށް ވިޕް ވަންދެން އެކުލަވާލާށެވެ.

8) ވިޕް ކުރި ޓޮޕިންގްސްގެ ސްކޫޕެއް ފިނި ކުރި މޫސް މައްޗަށް އަޅާލާށެވެ. ދެން ސްޓްރޯބެރީ އިން ގާނިޝްކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް

ގޭތެރޭ ގަސް ބެހެއްޓުމަކީ އިންސާނާގެ ދުޅަހެޔޮކަމަށް ވެސް ފައިދާ ހުރި ކަމެއް