Advertisement

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް

ޝަވަރުމާ އަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް މީރު ޑިޝް އެކެވެ. އެކި މީހުން އެކި ގޮތަށް ޝަވަރުމާ ތައްޔާރުކުރެއެވެ. މިއަދު ހަވާސާ ގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޝަވަރުމާ ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލުމަށް ވަރަށް ކަމުދާނެ ބާވަތެކެވެ.

ބްރެޑް ތައްޔާރުކުރުން

ބޭނުންވާނެ ތަކެތި:

3 ޖޯޑު ފުއް

Advertisement

2 1/2 ސައި ސަމުސާ ލޮނު

1 ސައި ސަމުސާ ބޭކިންގ ޕައުޑަރ

5 މޭޒުމަތީ ސަމުސާ ބަޓަރ (ފިނި ކަނޑުވައި މަޑުކޮށްފައި)

ހޫނު ފެން

ތައްޔާރުކުރާނެ ގޮތް

1) ބޮޑު ތައްޓެއްގައި ފުށާއި، ލޮނާއި ބޭކިންގ ޕައުޑަރ އެކުލަވާލުމަށްފަހު އޭގެ ތެރެއަށް ބަޓަރ އަޅާފައިވެސް ރަނގަޅަށް އެކުލަވާލާށެވެ.

2) ދެން ފެން އަޅައިގެން ރަނގަޅަށް ފުށްގަނޑު މޮޑެލުމަށްފަހު ގުޅަހަދާފައި ވަށްކޮށް ރޮށި ދަމައި އެ ރޮށިތައް ފިހެލާށެވެ.

ކުކުޅު މެރިނޭޓް ކުރުން

ބޭނުންވާ ތަކެތި

500 ގުރާމު ޗިކަން ބްރެސްޓް

2 ސައި ސަމްސާ ލޮނުމެދު ޕޭސްޓް

2 ސައި ސަމުސާ ލޮނު

ބޮޑު ފިޔައެއް (ވަރަށް ތުނިކޮށް ކޮށާފައި)

1 ސައި ސަމްސާ އަސޭމިރުސް

1 ސައި ސަމްސާ ދިރި

1 ސައިސަމުސާ މުގުރި މިރުސް

1/2 ސައި ސަމްސާ ޖިންޖަރ ޕޭސްޓް

1 ލުނބޮލުގެ ހުތް

½ ޖޯޑު އެކްސްޓްރާ ވާޖިން އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

1) ކުކުޅު މަސްގަނޑުގަައި ރަނގަޅަށް ޅިޔަ އަޅާލާށެވެ.

2) ބޮޑު ބޯތަށްޓެއްގައި ތެލާއި ދެންވެސް ހުރި ހުރިހާ ތަކެތި އެކުލަވާލާށެވެ.

3) ދެން އެ މެރިނޭޓް މިކްސްޗަރ ކުކުޅުގައި ރަނގަޅަށް އުނގުޅާލުމަށްފަހު 2 ގަޑިއިރު ނޫނީ އެއަށް ވުރެ ގިނަ އިރުވަންދެންވެސް މެރިނޭޓް ކޮށްލާށެވެ.

4) މެރިނޭޓް ކޮށް ނިމުމުން ތަވައެއްގެ ތެރޭގައި މަޑު ގިނީގައި ކުކުޅުގެ ރޯފިލަންދެން ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި ރަން މުށި އަރަންދެން ފްރައި ކޮށްލާށެވެ.

5) ދެން ހިމަކޮށް ދިގުކޮށް ވާގޮތަށް ކުކުޅު ކޮށާލާށެވެ.

ޝަވަރުމާ ސޯސް ތައްޔާރު ކުރުން

ބޭނުންވާ ތަކެތި

½ ޖޯޑު ޕްލެއިން ޔޯގަޓް

ލުނބޯ ފަޅިއެއްގެ ހުތް

1/2 ސައި ސަމުސާ ލޮނު

1/2 ޖޯޑު އެކްސްޓްރާ ވާޖިން އޮލިވް އޮއިލް

2 ލޮނުމެދު ހިމުންކޮށް ގާނާފައި

1/2 ސައިސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ޗިލީ ޗިކަން ސޯސް

1 ބިސް

3 މޭޒުމަތީ ސަމުސާ ތައުސަންޑް އައިލްސް ސޯސް (ރެމިއާ ބްރޭންޑް ގެ)

ތައްޔާރުކުރާނެ ގޮތް

1) ޔޯގަޓާއި ތެޔޮ ފިޔަވައި ދެން ހުރި ތަކެތި މިކްސަރަށް އަޅައި އެކުލަވައި ލުމަށްފަހު، ތެޔޮ އަޅަމުންވެސް އެކުލަވަމުންދާށެވެ.

2) ތެޔޮ އަޅައި ތައްޓަކަށް އަޅާލުމަށްފަހު ޔޯގަޓްވެސް އެއަށް އަޅައި އެކުލަވައިލާށެވެ.

ޝަވަރުމާ ތައްޔާރުކުރުން

ބޭނުންވާ ތަކެތި

1 ބެލް ޕެޕަރ (ދިގަށް ކޮށްފައި)

ލެޓިއުސް ފަތް

1 ޓޮމާޓޯ (ތުނިކޮށް ކޮށާފައި)

ސްލައިސް ޗީޒް

ތައްޔާރުކުރާނެ ގޮތް

1) ޝަވަރުމާ ރޮށީގައި، ޝަވަރުމާ ސޯސް ރަނގަޅަށް އުނގުޅާލުމަށްފަހު ރޮށީގެ މެދުގައި ލެޓިއުސް ފަތް ބޭއްވުމަށްފަހު އޭގެ މަތީގައި ކުކުޅު ކޮޅެއް އަތުރާލާށެވެ.

2) ދެން ކުކުޅު ކޮޅު މަތީގައި ބެލްޕެޕާރ، ޓޮމާޓޯ، އަތުރާލައި އޭގެ މަތީވެސް ޝަވަރުމާ ސޯސް އުނގުޅާލާށެވެ.

3) އެއަށްފަހު ޗީޒް ފޮއްޗެއް ދެފަޅި ކޮށްލުމަށްފަހު އޭގެ މަތީގައި ރީތިކޮށް ބާއްވާލުމަށްފަހު ރޮށި އޮޅައިލާށެވެ. ހަރުކޮށްލައިފައި ބޭއްވުމަށް ދެކޮޅަށް ދެ ޓޫތު ޕިކްވެސް ޖަހައިލެވިދާނެއެވެ.

4) ދެން ޗީޒް ވިރެންދެން އަވަނުން ފިހެލާށެވެ. ޝަވަރުމާ އެހުރީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ގޭތެރޭ ގަސް ބެހެއްޓުމަކީ އިންސާނާގެ ދުޅަހެޔޮކަމަށް ވެސް ފައިދާ ހުރި ކަމެއް