Advertisement

20 ރުފިޔާގެ އައު ނޫޓުތަކެއް އެމްއެމްއޭ އިން ރާއްޖެ ގެނެސްފި

“ރަން ދިހަފަހެއް” ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، 20 ރުފިޔާގެ އައު ނޫޓުތަކެއް ގެނައުމަށް ނިންމީ މިހާރު ދައުރުވަމުންދާ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެންނެވެ.

Advertisement

މިގޮތުން ގެނައި އައު ސްޓޮކް އެމްއެމްއޭއާ ހަވާލުކޮށްފައިވަނީ މިއަދުއެވެ.

20 ރުފިޔާގެ ނޫޓަކީ ދިވެހިރާއްޖޭގައި އާންމު މުއާމަލާތްތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ނޫޓެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅުވެސް އެމްއެމްއޭ އިން ވަނީ 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އެ ނޫޓުގެ އައު ސްޓޮކެއްވެސް ރާއްޖެ ގެނެސްފައެވެ.

“ރަން ދިހަފަހެއް” ސީރީޒްގެ ނޫޓުތަކަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން ނެރެފައިވާ، ސަލާމަތީ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމެނޭ ޕޮލިމަރ ނޫޓުތަކެކެވެ.

އަދި މި ރަން ދިހަފަހެއް ނޫޓް ސީރީޒް ފަރުމާކުރެވިފައިވަނީ، ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށްވެސް ރުފިޔާގެ އަދަދު ދެނެގަނެވޭނެ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި