Advertisement

ރީޔޫސަބަލް ފެންފުޅި ސާފު ނުކުރާ ނަމަ ބަލިތަކަށް މަގުފަހިވޭ!

ފެންފުޅުއަކީ އެތައް ގޮތަކުން ދިރިއުޅުމަށް ފަސޭހަ ކޮށްދޭ އެއްޗެކެވެ.

ތިބާ ހައިޑްރޭޓް ކޮށްދިނުމާއި ކަސްރަތު ނުވަތަ ކުލާސްތަކަށް ދާއިރު ފަސޭހައިން ފުރާލުމަށްފަހު ގެންދިއުމަށްތައްޔާރުކުރެވިފައިވާ ޕްލާސްޓިކު ބޭނުންކުރާވަރު މަދުކޮށްދޭ އެއްޗެކެވެ. އާއްމުކޮށް ބޭނުންކުރާ އެއްޗަކަށް ފެންފުޅިވީނަމަވެސް ގިނަފަހަރަށް ފެންފުޅި ދޮވެ ސާފުކޮށްގެން ބޭނުންކުރުމަކީ ގިނަ މީހުންނަށް ފަރުވާކުޑަ ކޮށްލެވޭ ކަމެކެވެއަދި އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވުމަށް މެދުވެރިވާ ކަމެކެވެ.

Advertisement

ތެތް ތަންތަނަކީ ޖަރާސީމު ފަސޭހައިން އާލާވާނެ ތަންތަނެވެއެހެންކަމުން އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރާ ފެންފުޅިތައް ދޮވެ ސާފުކުރުމަކީ ދުވަހީ އާދަ އެއްކަމުގައި ހަދަންޖެހޭ ކަމެކެވެ.

ސާފު ނުކުރެވޭނަމަ ފެންފުޅީގައި ހީވެސް ނުކުރާ މިންވަރަށް ބެކްޓީރިއާ އާލާވެއެވެއެގޮތުން ދިރާސާތަކުން ދައްކާ ގޮތުގައި ދެ ބާވަތެއްގެ ބެކްޓީރިއާއެއް އާލާވެއެވެ.

އެއްބާވަތަކީ އެންޓިބައޮޓިކަށް ރެސިސްޓެންޓް ބެކްޓީރިއާއަކަށްވާއިރު އަނެއްބާވަތަކީ ގޭސްޓްރިކްސް މެދުވެރިކުރުވާ ބެކްޓީރިއާތަކެއް ކަމުގައި ދައްކައެވެއެހެންކަމުން ހަށިގަނޑަށްހަކަތަ ލިއްބައިދިނުމުގައި ފެން ބުއިމަށް ބޭނުންކުރާ ފުޅީގެ ސަބަބުންވެސް މީހާ ބަލިތަކަށް ހުށަހެޅިގެންދެއެވެއެހެންކަމުން އެއްވެސް ފާހަގަކުރެވޭ ކަމަކާއިނުލާ ބަލިވާނަމފަހަރުގައި އެއީ ފެންފުޅިގެ ޒަރިއްޔާއިން ޖަރާސީމަށް ހަށިގަނޑު ހުށަހެޅުމުގެ ސަބަަބުންކަމުގައި ވެދާނެއެވެ.

ގެންގުޅޭ ފެންފުޅި ކޮންމެ ދުވަހަކު އެއްފަހަރު ދޮންނަން ވާނެއެވެއަދި ހަފްތާއެއްގެ ތެރޭގައި މަދުވެގެން އެއްފަހަރު ސެނިޓައިޒް ކުރަންވާނެކަމުގައި ތަޖުރިބާކާރުން ބުނެއެވެޙާއްސަކޮށް ފުޅިއަކީ ފެންނޫން ހަކުރު އެކުލެވިގެންވާ ބުއިންތައް އެޅުމަށް ބޭނުންކުރާ ފުޅިއަކަށް ވާނަމައެވެ.

ތިބާ ގެންގުޅޭ ފެންފުޅި ދޮވުމަށް ސަމާލުނުވެ ފެންއަޅާ ފުޅިއެއްކަމުން އަމިއްލަ ޒާތުގައި ސާފު ވާނެކަމަށް ހީނުކުރާށެވެސަބަބަކީ ދިރާސާކުރާ ފަރާތްތަކުން އާދަވެގެން ރަނގަޅަށް ސާފު ނުކުރެވޭ ފުޅިތަކުގެ އެތެރެ އެއްގޮތް ކުރަނީ ތަށި ދޮވުމަށް ބޭނުންކުރާ ބަދިގޭގެ ސިންކާއެވެ.

އެހެންކަމުން ތިބާ ގޭގައި ގެންގުޅޭ ފުޚިތަކާއި ސުކޫލަށް ފޮނުވާ އިންޓަވަލްފެންފުޅިތައް އާދަވެގެން ކޮންމެ ދުވަހަކުވެސް ދޮވުމަށް އާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް