Advertisement

ދޮންކޭލުގެ ފައިދާ ތިޔަ ހީކުރާވަރަށްވުރެ ބޮޑު

 ދޮންކޭލަކީ މީރު އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލު މޭވާއެކެވެ. ދޮންކޭލުގެ ތެރޭގައި އެކި ބާވަތްތަކުގެ ދޮންކެޔޮ ހިމެނެއެވެ. ދޮންކެޔޮ އެންމެ ގިނައިން ހައްދާކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ، އިންޑިޔާގައެވެ. އެގޮތުން އަހަރަކު އެއްތިރީސް މިލިޔަން ޓަނުގެ ދޮންކެޔޮ އިންޑިޔާގައި ހައްދާކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ދޮންކޭލަކީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ އަދި ޕޮޓޭޝިއަމް، ޕްރޮޓީންސް ފައިބަރ ފަދަ މާއްދާތައް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

ދޮންކޭލުން ލިއްބައިދޭ ސިއްޙީ ބައެއް ފައިދާއަށް ބަލާލާއިރު، ދޮންކޭލުގައި ފައިބަރ ހިމެނޭތީ ހަޖަމްކުރުމަށް ފަސޭހަވެގެންދެއެވެ. ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމް، މިނަރަލްސް އަދި އިލެކްޓްރޯލައިޓްސް ގެ ސަބަބުން، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ދޮންކޭލަކީ މެގްނީޒިއަމް ގިނަ މޭވާއަކަށް ވާތީ މަސްލްސް ވަރުގަދަވުމާއި، ކަށިވަރުގަދަކޮށް ދިނުމަށް އެހީތެރިވެދެއެވެ.  ޚާއްސަގޮތެއްގައި ކަސްރަތު ކުރާ މީހުނަށް ދޮންކޭލުން ލިބޭ ފައިދާ އިތުރުވެއެވެ. ސަބަބަކީ، ކަސްރަތުކޮށް ނިންމުމަށްފަހު ޤަވާޢިދުން ދޮންކެޔޮ ކާނަމަ، ހަށިގަނޑުގެ މަސްތައް އިތުރަށް ވަރުގަދަކޮށްދީ އިތުރު ބާރު ލިއްބައިދެއެވެ.

Advertisement

ބަނޑުގައި ވައި ހެދުމުގެ ސަބަބުން ބަނޑު ފުއްޕުމުން ސަލާމަތްކޮށްދިނުމަށްވެސް ދޮންކޭލަކީ ރަނގަޅު މޭވާއެވެ. އަދި ދޮންކެޔޮ ކާނަމަ އަވަސް އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދެއެވެ. މީގެ އިތުރުންވެސް ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމްގެ ސަބަބުން، ކިޑްނީ ސާފުކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކޮންމެއަކަސް ދޮންކޭލަކީ، ގިނަގުނަ ސިއްޙީ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ދޮންކޭލަކީ އަޅުގަނޑުމެންގެތެރޭގައި ވަރަށް ތިޔާގި މޭވާ އަކަށްވާއިރު  ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ދޮންކެޔޮ ހިމަނާލުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް