Advertisement
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުން: މިއަހަރުގެ ޖަލްސާއަށްވެސް ބޮޑު ބައެއް ބަންދުކުރަން ވަނީ ނިންމައިފަ --

ރިޔާސީ ބަޔާން އިއްވާތީ މަޖިލިސް ހިމެނޭ ސަރަހައްދު މާދަމާ އާންމު ދަތުރުފަތުރަށް ބަންދު

މާދަމާއަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމުން، ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭހެން ބޮޑު ސަރަހައްދެއް ބަންދުކުރާނެކަން ފުލުހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލިސް ފެށޭ ޖަލްސާއެވެ.

Advertisement

ފުލުހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭހެން، ހެނދުނު 7:00 އިން ފެށިގެން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ނިމެންދެން ބޮޑުބައެއް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. މާދަމާ ބަންދުކުރާނެ ސަރަހައްދުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެގޮތުން ފުލުހުން އާންމުކުރި މައުލޫމާތުުގައިވާ ގޮތުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބިދޭސީންނަށް ޚިދުމަތްދޭ ސެންޓަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބޮޑުތަކުރުފާނު މަގު، މަޖީދިއްޔާ ސްކޫލުން ފެށިގެން ޗާންދަނީމަގާ ހަމައަށް އަމީރު އަޙްމަދު މަގު، ސަލްޓަން ޕާކާ ހަމައަށް މުޅި މެދުޒިޔާރަތް މަގު ބަންދުވާނެއެވެ.

އެ މަގުތަކާ ގުޅިފައިވާ ބައެއް ސަރަހައްދުތައްވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.

ފުލުހުން ވަނީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ގައުމުގެ ހާލަތު ބަޔާންކުރައްވައި، ކޮށްދެއްވާފައިހުރި ބައެއް ކަންކަމާއި ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް