Advertisement

ބައިވެރިޔާގެ އިތުބާރު ގެއްލޭ ހައެއްކަ ސަބަބު

ގިނަ ދިރިއުޅުންތައް ރޫޅެނީ ބައިވެރިން އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލޭ ހިސާބުންނެވެ.

އިތުބާރަކީ ދިރިއުޅުމެއްގައި މުހިއްމު އެއް ތަނބެވެ. އިތުބާރުގެ ސަބަބުން ދެމީހުން އެކަކު އަނެކަކަށް އޮންނަ ގަދަރާއި  ލޯބި އިތުރުވެގެން ދެއެވެ. އިތުބާރު ގެއްލިއްޖެ ނަމަ އެ އިތުބާރު އަލުން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

Advertisement

 

އިތުބާރު ގެއްލޭކަމަށް މިފަދަ ކަންކަމާބެހޭ ދިރާސާވެރީން ދެކޭ ހައެއްކަ ކަމަކަށް ބަލައިލަމާ ހިނގާށެވެ.

ދެމީހުންގެ ދެމެދުގައި އެދެވިގެންވާ މިންވަރަށް ވާހަކަ ނުދެކެވުން

ދެމީހުންގެ ދެމެދުގައި ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މެދު ވާހަކަ ނުދެކެވުމަކީ އިތުބާރު ގެއްލެން ދިމާވާ ސަބަބެކެވެ.ގިނަ ފަހަރަށް ދިރިއުޅުމުގެ އެކި އެކި މަސްއޫލިޔަތު ތަކުގައި ޝާމިލްވެ އުޅެން ޖެހުމުގެ ސަބަބުން ދިރިއުޅުމުގެ މި ނުކުތާއަށް ވާހަކަ ނުދެކެވި ދެމީހުންގެ މެދުގައި އޮންނަ އިތުބާރު ގެއްލެން މެދުވެރިވެއެވެ.

ދޮގު ހުވާތައް ކުރުން

ކަންކަން ކޮށްދޭނަމޭ ނުވަތަ މީހާގެ އުޅުން ބަދަލު ކުރާނަމޭ ބުނެ ހުވާ ކުރުމަށް ފަހުވެސް އެ ކަންކަމަށް އިސްކަން ނުދިނުމުގެ ސަބަބުން އިތުބާރު ގެއްލެއެވެ. މީގެ ސަބަބުން ބައިވެރިޔާއަށް ބާކީވުމުގެ އިހުސާސް ކުރެވި އިތުބާރުކުރުމަށް އުދަނގޫވެއެވެ.

އޮޅުވާލާ މަކަރު ހެދުން

އޮޅުވާލާ މަކަރު ހެދުމަކީ ބައިވެރިޔާއަށް ދިމާވާނެ ވަރަށް ހިތް ދަތި ކަމެކެވެ. ދެވަނަ ފަހަރަށް އިތުބާރު ކުރުމަށް އުދަނގޫވެ ޝައްކު ހިތުތެރޭގައި ގިލަންވެރިކަން އަށަގަންނުވާ ކަމެކެވެ.

ކުރީގެ ދިރިއުޅުން

ކުރީގެ ދިރިއުޅުމުގައި އަނިޔާއާއި އޮޅުވާލުމާ ކުރިމަތި ލާން ޖެހިފަވާ ނަމަ އެހެން ފަރާތަކަށް އިތުބާރުކުރުމަކީ ފަސޭހެ ކަމެއް ނޫނެވެ. އެއީ ކުރީގެ ތަޖުރިބާއިން ލިބިފައިވާ، ނުފިލާ ޓްރޯމާގެ ސަބަބުންނެވެ. މިފަދަ މީހެއްގެ އިތުބާރު ހޯދުމަށް ވަރަށް ގިނަ ވަގުތު ނަގާނެއެވެ. އެއީ އެމީހަކީ ނަފްސާނީ ގޮތުން ބަލިކަށި މީހަކަށް ވީތީއެވެ.

ހާލަތްތަށް ދެނެގަންނަ ނޭގުން

ދިމާވާ ކުދި ކުދި ކަންކަމުގައި އެ ހާލަތަތަށް ދެނެގަންނަން ނޭނގި ދެމީހުންގެ މެދުގައި އަރާރުން ވާން ޖެހުމުގެ ސަބަބުންވެސް އިތުބާރު ގެއްލެއެވެ. ދެމީހުންގެ މެދުގައިވާ ގުޅުން ހީނަރުވެ ކުދި ކުދި ކަންތައްތައްވެސް މީގެ ސަބަބުން ބޮޑު ވެގެން ދެއެވެ.

އެކަކު އަނެކެކަށް ތުހުމަތުގެ އިނގިލި ދިއްކުރެވުން

ކުށެއް ކުރެވުމުން އެކަމަށް ހައްލު ހޯދުމުގެ ބަދަލުގައި އެކަކު އަނެކަކަށް ކުރެވިފައިވާ ކުށްތައް ގުނާ އެ ކަންކަމާއި މެދު ދެމީހުންގެ ދޭތެރެގައި ކުރެވޭ ބަހުސްގެ ސަބަބުން ދެމީހުންގެ އިތުބާރުވެސް އެކަކު އަނެކަކަށް ގެއްލިގެންދެއެވެ.

ދިރިއުޅުމުގައި، އިމެއް، ހައްދެއް ހުދޫދެއް ނެތުން

ދިރިއުޅުމުގައި އެއްވެސް އިމެއް ނުގެންގުޅުމުގެ ސަބަބުން ވަރަށް ގިނަ ދިރިއުޅުންތައް ހަލާކުވެއެވެ. ދެމީހުންގެ ދިރިއުޅުމުގެ ތެރެއަށް އެހެން މީހުން ވައްދާ އެހެން މީހުންށް ކަންކަމުގައި ބަސް ބުނުމުގެ ހައްގު ދިނުމުން ދިރިއުޅުން ހަލާކުވެގެން ދެއެވެ. ހާއްސަކޮށް ބޮޑު އާއިލާއެއްގެ ތެރޭގައި ދިރިއުޅޭ ނަމަ މި މައްސަލައާއި ކުރިމަތި ލާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް