Advertisement

ތިލަފުށިން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ދެ ދުވަސް ފަހުން، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާތަކާ މިއަދު ކުރިން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިދިޔަ ހޯމަ ދުވަހު ގެއްލިފައިވާ ކަމަށް ރިޕޯޓުކުރީ މިއަދު ކަމަށެވެ.

Advertisement

އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމަކު އޭނާ ފެނިފައިވާ ކަމަށާއި، ފެނުނު އިރު އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމާއި އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

އާންމުކޮށް، ގެއްލިގެން ހޯދަން އިއުލާނުކުރާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރެއެވެ. އަދި، އެފަދަ މީހުން ހޯދަން އިއުލާނުކުރާތާ މަދު ވަގުތުކޮޅެއް ތެރޭ އާންމުކޮށް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް