Advertisement

ދެ އިންތިހާބު އެއްކޮށްލާ އިސްލާހާ ބެހޭގޮތުން ޕާޓީތަކާއި އީސީ އާއި އޭޖީއާ ކޮމިޓީން ބައްދަލުކުރަނީ

ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލާ ބެހޭގޮތުން، ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލް (އޭޖީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާ މަޝްވަރާ ކުރުމަށް އެ ބިލް ރިޔާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ތާއީދު ކުރި ހުށަހެޅުން ފާސްކޮށްގެންނެވެ.

Advertisement

ޝުޖާ ވިދާޅުވީ، ރާއްޖެ ހިނގަމުން ދަނީ މަލްޓި ޕާޓީ ސިސްޓަމްގެ ތެރެއިން ކަމަށްވެފައި ގާނޫނު އަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ކުރިއަށްދާ އިރު، އެ އިސްލާހާ ބެހޭގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އިންތިހާބުތައް ބޭއްވުމުގެ ގާނޫނީ ޒިންމާ އަދާކުރަނީ އީސީން ކަމަަށްވާތީ، އެ އިސްލާހުގައި ގާނޫނީ ގޮތުން ހުރި ކަންކަމާ މެދު އީސީއާ މަޝްވަރާ ކުރަން ބޭނުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ އިސްލާހާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ބަހެއް ހޯދުމަށާއި އީސީގެ އިތުރުން އޭޖީ އާ ވަކިވަކިން ކޮމިޓީން ބައްދަލުކުރަން ޝުޖާ ހުށަހެޅުއްވިއެވެ.

އެ ބައްދަލުވުންތައް ބާއްވަން ޝުޖާ ހުށަހެޅުއްވީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަސް ކަމަށްވާ، އަންނަ ހޯމަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ފެށީ، ރައްޔިތުންގެ މަޖިލިސް އަހަރީ ޗުއްޓީގައި އޮއްވައި، މިމަހުގެ ފަސް ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގް ހާއްސަ ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހުއެވެ.

ބިލް ހުށަހެޅި ދުވަހު އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބިލް ބަލައިގަނެ، އިސްލާހު ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.

އެ ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ހުޅުވައިލީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށަން ވާއިރަށް ކޮމިޓީން ބިލްގެ މަސައްކަތް ނިންމުމަށް ޓާގެޓް ކޮށްގެން ކޮމިޓީގެ މިއަދުގެ ބައްދަލުވުން ބޭއްވީ ވެސް ޗުއްޓީގައި އޮވެއެވެ.

މި ބިލްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް