ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޒާޔާ ފުލުހުންގެ މުވައްސަސާއަށް ހާޒިރުވުމަށް، ސާބިތު ނުހިފޭ ތުހުމަތުތަކެއް ކޮށް ސިޔާސީ ނުފޫޒުން ޗިޓު ފޮނުވީ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ބިރުދައްކަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ، ފާތިމަތު ޒަހިއްޔާ (ޒާޔާ) މާދަމާ ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވާތީއެވެ.
“އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި. ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރު ބޮޑުތަނުން ބަލިވާނޭކަމުގެ ހުރިހާ ޢަލާމާތެއް މިދަނީ ފެންނަމުން. ދައްކާ ބިރަށް ފަސްޖެހުމެއްނެތި ޒާޔާ ކުރިޔަށް ވަޑައިގަންނަވާ! އިންޝާ الله އެމްޑީޕީގެ ކެނޑިޑޭޓުން މި އިންތިޚާބު ކާމިޔާބު ކުރާނީ ފިސާރި ކެރިތިބެ ތަފާތު ބޮޑުކޮށް” ޝާހިދު އިތުރަށް ވިދާޅުވެފައިވެއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޒާޔާ ފުލުހުންގެ މުވައްސަސާއަށް ހާޒިރުވުމަށް، ސާބިތު ނުހިފޭ ތުހުމަތުތަކެއް ކޮށް ސިޔާސީ ނުފޫޒުން ޗިޓު ފޮނުވީ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ސަރުކާރުން… pic.twitter.com/VZLZ8JdYxI
— Abdulla Shahid (@abdulla_shahid) January 27, 2026
ޒާޔާއަށް މިއަދު ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ މާދަމާ މެންދުރުފަހު 2:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ.
“މީގެ އެތައް ދުވަހެއް ކުރީގެ މައްސަލައެއްގައި ބަޔާން ނަގާށޭ ކިޔާފައި ހާޒިރު ކުރަނީ ސީދާ ބިރުދައްކަން، ކައުންސިލް އިންތިހާބަށް ކުރިމަތިލާނެކަން އިއުލާނު ކުރީމާ، އެކަމަށް ނުފޫޒު ފޯރުވަން” ފުލުހަށް ހާޒިރުކުރާތީ ޒާޔާ ބުނެފައިވެއެވެ.
“ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ، ފަހަތަކަށް ނުޖެހޭނަން، އިންޝާالله އިންތިހާބު ވެސް މާތަފާތުކޮށް ކާމިޔާބު ކުރާނަން”
ކާރުން ގެންދަނީ ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރަމުންނެވެ


ކިޔުންތެރިންގެ ހިޔާލު