Advertisement

އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަކަށް އަރައިފި

ރާއްޖެ އާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަކަށް އަރައިފި އެވެ. ރާއްޖެ އާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަކަށް އަރައިފި އެވެ.

އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ އަރާފައިވަނީ ކ. ހިންމަފުށީ ކައިރި ފަރަށެވެ. އެ ފަރުގައި ވިލާ ނޯޓިކާ މޯލްޑިވްސް އަދި ގިލި ލަންކަންފުށި ވެސް އޮވެ އެވެ.

Advertisement

ވިލާ ނޯޓިކާ ރިސޯޓްގެ ވޯޓާ ވިލާތަކާ ކައިރިން މަނަވަރު ފަރަށް އެރިއިރު، އެމްއެންޑީއެފްއިން ބުނީ މިހާރު އެ އުޅަނދު ފުންކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ތަމްރީނުގައި އިންޑިއާގެ އަސްކަރީ ދެ މަނަވަރުގެ އިތުރުން ދިވެހި ކޯސްޓްގާޑާއި ސްރީ ލަންކާގެ މަނަވަރެއް ވެސް ދަނީ ބައިވެރިވަމުންނެވެ.

ރާއްޖޭގެ ފަރުތަކަށް ބޮޑެތި އުޅަނދުތައް އެރުމުގެ ސަބަބުން މީގެކުރިން ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެފަދަ ހާދިސާތަކާ ގުޅިގެން ބޭރު ގިނަ އުޅަނދުތަކެއް ޖޫރިމަނާ ވެސް ކޮށްފައިވާއިރު އެ ޖޫރިމަނާ ދައުލަތަށް ނުލިބޭ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.

އިންޑިއާގެ މަނަވަރު ފަރަށް އެރި މައްސަލާގައި މިހާތަނަށް ތިމާވެއްޓާ ބެހޭ އިދާރާތަކުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް